މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މަޤާމް :ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް، އެންޓަރޕްރައިސް ސިސްޓަމްސް (DG1)
ބޭނުންވާ އަދަދު :1
މަޤާމް :ޑެޕިއުޓީ މެނޭޖަރ، އެންޓަރޕްރައިސް ޑޭޓާ (މެނޭޖަރ، M1)
ބޭނުންވާ އަދަދު :1

މި އޮތޯރިޓީގެ ނަންބަރު (IUL)220-HMS/1/2022/58 (07 ޖުލައި 2022) އިއުލާނަށް އެކަށީގެންވާ ވަރަށް ކެންޑިޑޭޓުން ކުރިމަތިލާފައިނުވާތީ، އަލުން އެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލަމެވެ.

މަގާމު:

ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް، އެންޓަރޕްރައިސް ސިސްޓަމްސް (DG1)

އަދަދު:

1

ވަޒީފާ އަދާކުރަންޖެހޭ ޑިޕާޓްމަންޓް/ޑިވިޜަން/ސެކްޝަން:

އެންޓަރޕްރައިސް ސިސްޓަމްސް ޑިޕާޓްމަންޓް

އަސާސީ މުސާރަ:

މަހަކު 15,250/- ރުފިޔާ

އިތުރު އިނާޔަތްތައް:

ނޮން-ޕްރެކްޓިސިންގ އެލަވަންސް: މަހަކު 8,525/- ރުފިޔާ

ލިވިންގ އެލަވަންސް: މަހަކު 6,200/- ރުފިޔާ

ސަރވިސް އެލަވަންސް: ގަވާއިދުގައިވާ ގޮތުގެ މަތިން ދުވާލަކަށް225/- ރުފިޔާގެ ރޭޓުން

އެކްސްޓެންޑަޑް ޓައިމް އެލަވަންސް: ގަވާއިދުގައިވާ ގޮތުގެ މަތިން ދުވާލަކަށް 110/- ރުފިޔާގެ ރޭޓުން

މަގާމުގައި އަދާކުރަންޖެހޭ މައިގަނޑު މަސްއޫލިއްޔަތު:

-     އެންޓަރޕްރައިސް ސިސްޓަމްސް ޑިޕާޓްމަންޓްގެ މަސައްކަތައް ހިންގައި ބެލެހެއްޓުން

-     އައު ޓެކްނޮލޮޖީތައް ދިރާސާކޮށް ސޮފްޓްވެއަރ ޑިވެލޮޕްމަންޓް ލައިފްސައިކްލްގައި އެތަކެތި ހިމަނާނެ ގޮތްތައް ދެނެގަތުމާއި، ޑިވެލޮޕަރގެ ޢިލްމު ކުރިއެރުވުމަށް ބޭނުންވާ ތަމްރީނުތައް ދެނެގަނެ، އެ ތަމްރީނުތައް ހިންގުން

-     މީރާގެ ޑޭޓާ އެކައުންޓެބިލިޓީ އަދި ޑޭޓާ ގަވަރނަންސް ސްޓްރެޓެޖީ ކަނޑައަޅައި ތަންފީޒުކުރުން

-     މީރާގެ ޑިޕާޓްމަންޓްތަކާއި އެހެނިހެން އިދާރާތަކުން ފޮނުވާ އައިޓީއާއި ގުޅުންހުރި ކަންކަމަށް އައިޓީ ސަޕޯޓް ފޯރުކޮށްދިނުން

ޝަރުޠު:

- އައި.ޓީ އާ ގުޅުންހުރި ދާއިރާއަކުން މާސްޓަރސް ޑިގްރީ ހާސިލްކޮށްފައިވުމާއެކު މެނޭޖީރިއަލް ލެވެލް މަގާމުގައި 3 އަހަރު ހިމެނޭ ގޮތަށް މަސައްކަތާ ގުޅުންހުރި ދާއިރާއެއްގައި ޖުމްލަ 5 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ،

- އައި.ޓީ އާ ގުޅުންހުރި ދާއިރާއަކުން މާސްޓަރސް ޑިގްރީ ހާސިލްކޮށްފައިވުމާއެކު މީރާގެ ޑެޕިއުޓީ ޑިރެކްޓަރ ލެވެލް މަގާމުގައި 2 އަހަރު ހިމެނޭ ގޮތަށް މީރާގައި ޖުމްލަ 3 އަހަރު ޚިދުމަތްކޮށްފައިވުން އަދި މީރާގައި ފާއިތުވެދިޔަ 4 ކުއާޓަރުގެ އެވްރެޖް ޕަރފޯމަންސް އެޕްރައިޒަލްއިން ދަށްވެގެން 75% ލިބިފައިވުން ނުވަތަ،

- އައި.ޓީ އާ ގުޅުންހުރި ދާއިރާއަކުން ބެޗްލަރސް ޑިގްރީ ހާސިލްކޮށްފައިވުމާއެކު މީރާގެ ޑެޕިއުޓީ ޑިރެކްޓަރ ލެވެލް މަގާމުގައި 3 އަހަރު ހިމެނޭ ގޮތަށް މީރާގައި ޖުމްލަ 4 އަހަރު ޚިދުމަތްކޮށްފައިވުން އަދި މީރާގައި ފާއިތުވެދިޔަ 4 ކުއާޓަރުގެ އެވްރެޖް ޕަރފޯމަންސް އެޕްރައިޒަލްއިން ދަށްވެގެން 75% ލިބިފައިވުން

މަގާމު:

ޑެޕިއުޓީ މެނޭޖަރ، އެންޓަރޕްރައިސް ޑޭޓާ (މެނޭޖަރ، M1)

އަދަދު:

1

ވަޒީފާ އަދާކުރަންޖެހޭ ޑިޕާޓްމަންޓް/ޑިވިޜަން/ސެކްޝަން:

އެންޓަރޕްރައިސް ސިސްޓަމްސް ޑިޕާޓްމަންޓް / އެންޓަރޕްރައިސް ޑޭޓާ ސެކްޝަން

އަސާސީ މުސާރަ:

މަހަކު 10,000/- ރުފިޔާ

އިތުރު އިނާޔަތްތައް:

ނޮން-ޕްރެކްޓިސިންގ އެލަވަންސް: މަހަކު 6,200/- ރުފިޔާ

ލިވިންގ އެލަވަންސް: މަހަކު 4,650/- ރުފިޔާ

ސަރވިސް އެލަވަންސް: ގަވާއިދުގައިވާ ގޮތުގެ މަތިން ދުވާލަކަށް175/- ރުފިޔާގެ ރޭޓުން

އެކްސްޓެންޑަޑް ޓައިމް އެލަވަންސް: ގަވާއިދުގައިވާ ގޮތުގެ މަތިން ދުވާލަކަށް 80/- ރުފިޔާގެ ރޭޓުން

މަގާމުގައި އަދާކުރަންޖެހޭ މައިގަނޑު މަސްއޫލިއްޔަތު:

ސިސްޓަމްތަކުން ނެގޭ ޑޭޓާގެ އިތުބާރު އިތުރުކުރުމަށްޓަކައި ޑޭޓާކޮލިޓީ އަދި ހެލްތް މެޓްރިކްސްއަށް އިންސައިޓް ފޯރުކޮށްދީގެން ޑޭޓާ ކޮލިޓީ ކޮންޓްރޯލް ކުރުން. ޕްރޮޑަކްޝަން މާހައުލުގައި ހުރި ޑޭޓާކޮލިޓީ އާއި އިންޓެގްރިޓީ ގެ މައްސަލަތައް ކުރިއާލާ ދެނެގަނެވި، މައްސަލަތަކުގެ މަސްދަރު ރަނގަޅު ކުރުމަށް ސިސްޓަމަށް ބަދަލުތަކެއް ގެނައުމަށް ކަމާބެހޭ ފަރާތްތަކަށް އެންގުން. އަދި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅެންދެން ޑޭޓާގެ މައްސަލަތައް ޓްރެކްކޮށް އޭގެ ފޮލޯއަޕް ހެދުމާއި، ލިބެންހުރި ޑޭޓާގެ މައްޗަށް ބިނާކޮށް ޑޭޓާ މޮޑެލްތައް ތައްޔާރުކޮށް، އެކި ކަންކަން ނިންމުމުގައި މިހާރަށްވުރެ ރަނގަޅަށް އިންސައިޓްތައް ފޯރުކޮށްދިނުމަށް މެޝިން ލަރނިންގ އެލްގޮރިދަމްތައް ހެދުމާއި ތަންފީޒުކުރުމާއި، އޯގަނައިޒޭޝަނަށް ބޭނުންވާ ތަފާތު އެޕްލިކޭޝަންތައް ދެނެގަނެ، ރިކުއަރމަންޓް އެނަލިސިސް ހެދުން.

ޝަރުޠު:

އައި.ޓީ އާ ގުޅުންހުރި ދާއިރާއަކުން މާސްޓަރސް ޑިގްރީ ހާސިލްކޮށްފައިވުމާއެކު މަސައްކަތާ ގުޅުންހުރި ދާއިރާއެއްގައި މަސައްކަތްކޮށް 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ،

- އައި.ޓީ އާ ގުޅުންހުރި ދާއިރާއަކުން ބެޗްލަރސް ޑިގްރީ ހާސިލްކޮށްފައިވުމާއެކު މަސައްކަތާ ގުޅުންހުރި ދާއިރާއެއްގައި މަސައްކަތްކޮށް 3 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ،

- އައި.ޓީ އާ ގުޅުންހުރި ދާއިރާއަކުން އެޑްވާންސް ޑިޕްލޮމާ ހާސިލްކޮށްފައިވުމާއެކު މީރާގެ އައި.ޓީ ޑިޕާޓްމަންޓްގެ ސީނިއަރ އޮފިސަރ ލެވެލް މަގާމުގައި    4 އަހަރު ޚިދުމަތްކޮށްފައިވުން އަދި މީރާގައި ފާއިތުވެދިޔަ 4 ކުއާޓަރުގެ އެވްރެޖް ޕަރފޯމަންސް އެޕްރައިޒަލްއިން ދަށްވެގެން 75% ލިބިފައިވުން.

 

އެހެނިހެން ޝަރުތުތައް

  1. މި އޮތޯރިޓީގައި އަދާކުރާ ވަޒީފާ ފިޔަވާ އިތުރު އެހެން އެއްވެސް ވަޒީފާއެއް އަދާނުކުރުމާއި އަދި މި އޮތޯރިޓީގައި އަދާކުރާ ވަޒީފާއާއި މަސްލަހަތު ފުށުއަރާފަދަ އެއްވެސް އަމިއްލަ މަސައްކަތެއް ނުކުރުން.
  2. ސަރުކާރުގެ ނުވަތަ އަމިއްލަ އެއްވެސް ކުންފުންޏެއްގައި އިސްކޮށް ޙަރަކާތްތެރިނުވުން އަދި އެފަދަ ކުންފުންޏެއްގެ ބޯޑެއްގެ ޑިރެކްޓަރެއް ކަމުގައި ނުވުން.
  3. ސަރުކާރު ޙިއްސާވާ ނުވަތަ އަމިއްލަ އެއްވެސް ކުންފުންޏެއްގެ މެޖޯރިޓީ ޝެއަރހޯލްޑަރެއް ކަމުގައި ނުވުން.
  4. އަމިއްލަ ނަމުގައި އެއްވެސް ވިޔަފާރިއެއްކުރާ މީހަކު ކަމުގައި ނުވުން.
  5. ވަޒީފާއަށް ކުރިމަތިލާ މީހާއާ މި އޮތޯރިޓީގެ އެއްވެސް މުވައްޒަފަކާ ޢާއިލީގޮތުން ގާތްގުޅުމެއް ހުރި ފަރާތެއް ކަމުގައި ނުވުން.

މި މަގާމުތަކަށް ޝައުގުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން އެޕްލިކޭޝަން ފޯމާއެކު ތިރީގައި މިވާ މަޢުލޫމާތު ހުށަހަޅުއްވަންވާނެއެވެ.

  1. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ ޓްރާންސްކްރިޕްޓާއެކު
  2. ސާނަވީ އަދި މަތީ ސާނަވީ ތަޢުލީމް ނިންމި ކަމުގެ ލިޔުންތަކުގެ (ސްކޫލް ލީވިންގ ސެޓްފިކެޓް) ކޮޕީ
  3. ވަޒީފާއެއްގައި އުޅޭ ނުވަތަ އުޅެފައިވާ މީހެއްނަމަ އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް
  4. ކަރިކިއުލަމް ވިޓާ (ސީވީ)
  5. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  6. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓެވި އިސްމުވައްޒަފަކު ނުވަތަ ސުޕަވައިޒަރަކު، އެ ފަރާތެއްގެ މަސައްކަތާމެދު ދެކޭގޮތުގެ ލިޔުމެއް (ރެކަމެންޑޭޝަން ލެޓަރ (އޮޕްޝަނަލް))

ނޯޓް:

- މަތީގައިވާ މަގާމުތަކުގެ އިންޓަރވިއުއަށް ދައުވަތު ދެވޭނީ ޝަރުތު ހަމަވާ އަދި ތައުލީމީ ގޮތުން އެންމެ މަތިން މާކްސް ލިބިފައިވާ ފަރާތްތަކުގެ ތެރެއިން ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.

- މި މަގާމުތަކަށް މީހުން ހޮވޭނީ ތަޢުލީމީ ފެންވަރަށާއި މަސައްކަތާގުޅޭ ތަޖުރިބާއަށާއި އަދި އިންޓަވިއުއަށް ބަލާ އެންމެ މަތިން މާކްސް ލިބޭ ފަރާތެއްގެ މައްސަލަ ބަލާ ފޯމު ފުރުމަށްފަހު ވޭތުވެދިޔަ 5 އަހަރު ދުވަހު އެއްވެސް ކުށުގެ ރިކޯޑެއް ނުވާނަމައެވެ.

 

މި މަގާމުތަކަށް ޝައުގުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 18 އޮގަސްޓު 2022 ގެ 16:00 ކުރިން މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީގެ ވަޒީފާއަށް އެދޭ ފޯމާއެކު ތިރީގައިވާ އީމެއިލް އެޑްރެހަށް އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ. ފޯމު މި އޮތޯރިޓީގެ ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ.

 

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ، އަމީނީ މަގު، މާލެ، ދިވެހިރާއްޖެ

ހޮޓްލައިން: 1415

އީމެއިލް: [email protected]   ވެބްސައިޓް: www.mira.gov.mv

ނޯޓް: އީމެއިލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހަޅާ ފަރާތްތަކުން، އެޕްލިކޭޝަން މި އޮތޯރިޓީއަށް ލިބުނުކަން ކަށަވަރުކުރުމަކީ އެޕްލިކޭޝަން ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ.

07 އޮގަސްޓް 2022
ހޯދާ