ޢިމާދުއްދީން ސްކޫލް
                    
ދިވެހިރާއްޖެ
            ދިވެހިރާއްޖެ
ހަތާލެބް ހިންގައިދޭނެ ފަރާތެއް ބޭނުންވެއްޖެ
                                - މިސްކޫލްގައި ގާއިމްކުރެވިފައިވާ "ހަތާ ލެބް" ހިންގައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާތީ، ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝައުޤުވެރިވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތަކާއި އަދި ސްކޫލުން ބަލާނެ ކަންތައްތައް ތިރީގައި މިވަނީއެވެ.
 - ޝަރުތު:
 
- މިނިސްޓްރީ އޮފް އެޑިޔުކޭޝަންގައި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތެއްކަމުގައިވުން އަދި ބިޑް ހުށައަޅާއިރު ކިޔަވައިދިނުމުގެ ހުއްދަ ދީފައިވާ ތަންތަނަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ދޫކޮށްފައިވާ ރަޖިސްޓްރީގެ ކޮޕީ ހުށަހަޅަން ވާނެއެވެ.
 - ކިޔަވައިދިނުމަށް ހުށައަޅާ ޕްރޮގްރާމް/ސިލަބަސް ބިޑާއިއެކު ހުށައަޅަންވާނެއެވެ.
 - ހުށައަޅާ ޕްރޮގްރާމް/ސިލަބަސް ކިޔަވައިދިނުމަށް ނެޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަނުން ދީފައިވާ ހުއްދަ ބިޑާއިއެކު ހުށައަޅަންވާނެއެވެ.
 - ހަތާލެބް ކުއްޔަށް ދެވޭނީ ފަސްއަހަރުގެ މުއްދަތަށެވެ. މިމުއްދަތުގެ ތެރޭގައި މަސައްކަތް ކުރިއަށް ގެންދެވޭގޮތާއި ފެންވަރު ވަޒަންކުރުމުގެގޮތުން 2 ރިވިއުއެއް ކުރިއަށް ގެންދެވޭނެއެވެ.
 - މިމަސައްކަތާ ހަވާލުވާ ފަރާތުން ސްކޫލްގެ ސަރވަރގެ ޓެކްނިކަލް ކަންކަން ބަލަހައްޓައިދޭންވާނެއެވެ.
 - ހަތާލެބްގެ ކުލީގެ ގޮތުގައި ކޮންމެ މަހަކު ސްކޫލަށް ދެވޭނެ އަދަދު ބިޑް ހުށައަޅާއިރު ހިމެނިފައި އޮންނަންވާނެއެވެ.
 - ސްކޫލަށް ބޭނުންވާ ސޮފްޓްވެއަރ ތައްޔާރުކޮށްދިނުމާއި އައި.ސީ.ޓީ ގެ ދާއިރާއިން ފަންނީ ލަފާދިނުމާއި ދިމާވާ މައްސަލަތައް ހައްލުކޮށްދޭންވާނެއެވެ.
 
- މި ޕްރޮޖެކްޓަށް ބީލަން ހުށަހެޅޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ގިންތިއަކުން ގިންތިއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ދިވެހި ވިޔަފާރިތަކަށެވެ. މިބީލަމަށް ކުރިމަތިލާ ފާރަތްތަކުގައި ހުންނަންޖެހޭ އިތުރު ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
 - މިބީލަމާގުޅޭ މައުލޫމާތު ދިނުން އޮންނާނީ 09 އޯގަސްޓް 2022 ވަނަ ދުވަހުގެ ހެނދުނު 11.30 ގައި އިމާދުއްދީން ސްކޫލްގައެވެ. ބީލަން ހުށައެޅޭނީ މައުލޫމަތު ދިނުމުގެ ސެޝަންއަށް ވަޑައިގެން ރަޖިސްޓްރީ ކުރައްވާ ފަރާތްތަކަށެވެ.
 - ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 17 އޯގަސްޓް 2022ވަނަދުވަހުގެ ހެނދުނު 10.00 ގައި ޢިމާދުއްދީން ސުކޫލުގައެވެ.
 - މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 16 އޯގަސްޓް 2022ވަނަދުވަހުގެ 14.00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް އީމެއިލް މެދުވެރިކޮށް ފޮނުއްވުން އެދެމެވެ.
 - މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.
 - އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
 
ޢިމާދުއްދީން ސްކޫލް
ރެހެންދި ހިނގުން، މާލެ، ދިވެހިރާއްޖެ
ފޯން: , 33157633315759
އީ-މެއިލް: [email protected]
             07 އޮގަސްޓް 2022
            
        
                    ހޯދާ  
                
                