ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
އެސިސްޓަންޓް ޕްރޮފެސަރ (އެޑިޔުކޭޝަން، ސައިކޮލޮޖީ، ސޯޝޮލޮޖީ)

މަޤާމް :އެސިސްޓަންޓް ޕްރޮފެސަރ (އެޑިޔުކޭޝަން، ސައިކޮލޮޖީ، ސޯޝޮލޮޖީ)
ބޭނުންވާ އަދަދު :1

މަޤާމު:

އެސިސްޓަންޓް ޕްރޮފެސަރ

ބޭނުންވާ އަދަދު:

1

ދާއިރާ:

އެޑިޔުކޭޝަން، ސައިކޮލޮޖީ، ސޯޝޮލޮޖީ

އޮފީސް:

ރިސަރޗް ޑިވެލޮޕްމަންޓް އޮފީސް / ކ. މާލެ

ގްރޭޑް:

8

ސްޕައިން ޕޮއިންޓް:

46

މުސާރަ:

މަހަކު 15,246.00 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު 6,534.00 ރުފިޔާ

އިނާޔަޔްތައް:

އިތުރުގަޑީގައި މަސައްކަތްކުރާނަމަ، އިތުރުގަޑީގެ ފައިސާ ހަމަޖެހިފައި އޮންނަ އުސޫލުން ދެވޭނެއެވެ.

މަގާމުގެ ޝަރުތު:

އެމް.އެން.ކިއު.އެފް ލެވެލް 10 ގެ ސަނަދެއް ގުޅޭ ދާއިރާއިން ހާސިލުކޮށްފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

  • (ޔުނިވަރސިޓގެ ރިސާރޗް ކުރިއެރުވަމަށްޓަކައި ފެކަލްޓީ އަދިސެންޓަރުތަކާއި ގުޅިގެން މަސައްކަތްކުރުން.
  • ޔުނިވަރސިޓީގެ ރިސަރޗް ޑެވެލޮޕަމެންޓް އޮފީހުން ކުރެވޭ ޢިލްމީ ދިރާސާތަކާއި ހޯދުންތަކުގެ އިންޓެގްރިޓީ އާއިފެންވަރުބަލަހައްޓައި އެކަންދެމެހެއްޓޭނެ މިންގަނޑުތައް އެކުލަވާލުން
  • ޔުނިވަރސިޓީގެ ރިސަރޗާއި ހޯދުންތަކުގެ ބޭނުންތެރިކަމާއި ފައިދާ ޤައުމަށާއި ޔުނިވަރސިޓީއަށް އިތުރުކުރަމަށްޓަކައި، ޔުނިވަރސިޓީގެ ރިސާރޗް ސްޓެރެޖީ ތަރައްޤީކޮށް ތަންފީޒުކުރުން
  • ފިކްރީގޮތުންނާއި ސްޓްރެޖިކްގޮތުން ރިސާރޗް ޑިވެލޮޕްމަންޓް އޮފީހުގެގެ ތަރައްޤީއަށް މިހާރާއި ކުރިއަށް ކުރެވިދާނޭ ކަންތައްތައް ރާވައި އެކަންކަމުގައި އިސްނެގުން.
  • ރިސާރޗް ޑެވެލޮޕަމެންޓް އޮފީހުގެ މަސައްކަތާ ގުޅޭ ތަންތަނާއި މީހުންނާއި އެއްބާރުލުމުގެ ގުޅުންތައް ޤާއިމްކޮށް ތަރައްޤީކުރުމާއި ރިސަރޗް ޑިވެލޮޕްމަންޓް އޮފީހުގެ އެކި ފޯރަމްތަކާއި ޖަލްސާތަކާއި އެހެން އެއްވުންތަކުގައި ތަމްސީލުކުރުން.
  • ލިބިފައިވާ ބަޖެޓާއި ސްޓްރެޓެޖިކް ޕްލޭން އާއި އެއްގޮތަށް ރިސާރޗް ޑިވެލޮޕްމަންޓް އޮފީހުގެ ދުވަހީ މަސައްކަތްތައް ޑައިރެކްޓަރ އޮފް ރިސާރޗްގެ ލަފާގެ މަތިން ކުރުން.
  • ޔުނިވަރސިޓީގެ ސެންޓަރުތަކަށް މަންފާވާނޭގޮތަށް، ޕްރޮޖެކްޓްތައް އެކުލަވާލައި، ޕްރޮޖެކްޓަކަށް ބިޑްކޮށް، ހިންގުން.
  • ޔުނިވަރސިޓީގެރިސާރޗް ޑެެވެލޮޕަމެންޓް އޮފީހުގެ މަސައްކަތާއި އިދާރީހިންގުން ވަޒަން ކުރުމުގައި އިސްރޯލެއް އަދާކުރުން.
  • ޤައުމަށް ފައިދާ ހުރި ރިސާރޗް ޕްރޮގްރާމްތަކާއި ޕޮރްޖެކްޓްތައް އެކުލަވާލުން.
  • ރިސާރޗް ޑެވެލޮޕަމެންޓް އޮފީހުގެ  ރިސާރޗް ޕްރޮގްރާމްތަކާއި ޕްރޮޖެކްޓްތައް މެނޭޖް ކުރުން.
  • އެކިބާވަތުގެ ރިސާރޗް ކުރުން.
  • ދަރިވަރުން ސްޕަރވައިޒްކުރުމާއި ކިޔަވައިދިނުން.
  • ޖާރނަލްތަކާއި މޮނޮގްރާފް ތަކާއި އޮކޭޝަނަލް ޕޭޕަރުތައް ޖަރނަލްތަކުގައި އަދި އިންޓަރނެޓްގައި ޝާއިޢުކުރުން.
  • ރިސާރޗް ޑެވެލޮޕަމެންޓް އޮފީހުގެ ހިންގުމަށް ބޭނުންވާ ފަންޑު ހޯދުމުގެ ޕްލޭންތައް އެކުލަވާލާ ފަންޑު ހޯދުން.
  • ރިސާރޗް ޑެވެލޮޕަމެންޓް އޮފީހުގެ މަޤްޞަދުތައް ޕްރޮމޯޓް ކުރުމާއި ސެންޓަރުން ކުރާ ކަންތައްތައް އިސްތިހާރު ކުރުން.
  • އަންނަނިވި ކަންތައްތައް ހިމެނޭ ގޮތަށް ރިސާރޗް ޑެވެލޮޕަމެންޓް އޮފީހުގެ އައުޓްރީޗް ސްޓްރެޓެޖީ ކުރިއަރުވައި ބެލެހެއްޓުން: މީހުންނާ ބައްދަލުކޮށް ވާހަކަ ދެއްކުން،  ޓޯކިން ޕޮއިންޓްތައް، ބްރީފިންގ ތަކާއި ޕްރެޒެންޓޭޝަން ތައް، މީޑިއާ މުޢާމަލާތްތައް، ޚާއްޞަ ޕަބްލިކޭޝަންތަކަށް މަޒުމޫނުތަކާއި ޖާރނަލް ތަކުގައި ޝާއިޢު ކުރާ ޕޭޕަރުތައް
  • ރިސާރޗް ޑެވެލޮޕަމެންޓް އޮފީސްއެކި ފޯރަމްތަކާއި ޖަލްސާތަކުގައި ތަމްސީލު ކުރުން.
  • ޔުނިވަރސިޓީގެ ރިސާރޗް ޑެވެލޮޕަމެންޓް އޮފީހުގެ ސިޔާސަތުތައް ތައް ތަންފީޒުކުރުން.
  • ޕޯސްޓްގްރެޖުއޭޓް ދަރިވަރުންނަށް ދޭންވާ އެހީތައް ރާވައު ހިންގުން
  • ނޯޓް: މަތީގައި ދެންނެވިފައިވާ ކަންކަމުގެ ތަޖުރިބާހުރި ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.

އެޕްލިކޭޝަން ފޮނުވަންވީ ތާރީޚް:

11 އޮގަސްޓް 2022 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެ ކުރިން ތިރީގައިވާ ފޯމް ލިންކް މެދުވެރިކޮށް އޮންލައިންކޮށް.

https://tinyurl.com/MNUHR-2022-219

 

އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:

  • ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު، ޔުނިވަރސިޓީގެ އިދާރީ މަރުކަޒުގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ. އަދި ތިރިގައި މިވާ ޔުނިވަރސިޓީގެ ވެބްސައިޓުގެ ލިންކުން ޑައުންލޯޑް ކުރެވެންވެސް ހުންނާނެއެވެ.)

http://bit.do/JobApplicationForm-for-Locals-English

http://bit.do/JobApplicationForm-for-Locals-Dhivehi

  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަނުވާ) ސާފު ކޮޕީ.
  • ވަޒީފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާ ކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތާއި، ވަޒީފާ އަދާކުރެއްވި މުއްދަތުގެ ފެށުނު ތާރީޚް އަދި ވަޒީފާއިން ވަކިވި ތާރީޚް އެނގޭނެފަދަ ލިޔުމެއް.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާ މެދު ދެކޭ ގޮތުގެ ލިޔުމެއް.
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (ރާއްޖެއިން ބޭރުގެ ސެޓިފިކެޓެއްނަމަ އެކްރިޑިޓް ކޮށްފައިވާ ސަނަދު)
  • ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އެޓެސްޓްކޮށްފައި ނުވާނަމަ ވެރިފައިކުރުމަށް ޔުނިވަރސިޓީއިން އެދުމުން އޮރިޖިނަލްތައް ކޮޕީ ވެރިފައިކުރުމަށް ހުށަހަޅަންވާނެއެވެ.
  • ރާއްޖެއިން ބޭރުގެ ކޮލެޖް/ޔުނިވަރސިޓީއެއްގެ ކޯހެއް ފުރިހަމަކޮށް ސެޓިފިކެޓް ލިބިފައިނުވާނަމަ، ކޯސް ފުރިހަމަކޮށްފައިވާކަމުގެ ލިޔުމާއެކު އެމް.ކިއޫ.އޭގެ ކޮލިފިކޭޝަން  އެސެސްމެންޓް ރިޕޯޓެއް ހުށަހަޅަންވާނެއެވެ.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)

ނޯޓް:

 

  • އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
  • އިޢުލާނުގައި ބަޔާންކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަންޖެހޭނެއެވެ.
  • އިންޓަރވިޔު ކުރެވޭނީ އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠުހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
  • މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަވިއުކޮށް ނިމުމަށްފަހުގައެވެ.
  • ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ތަޢުލީމީ ސެޓުފިކެޓު އެކްރިޑެޓް ކުރެވިފައިނުވިޔަސް ބަލައިގަންނާނެއެވެ.
  • ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކޯހެއް ފުރިހަމަ ކޮށްފައިވާފަރާތްތައް ތަޢުލީމީ ސެޓުފިކެޓު ނުލިބެނީސް ޔުނިވަރސިޓީގެ ވަޒީފާއަކަށް ކުރިމަތިލާނަމަ، ކޯހުން ފާސްވިކަމުގެ ލިޔުމަކަށް ހުށަހަޅަންވާނީ، ރެޖިސްޓްރާރ އޮފީހުގެ ލިޔުމެކެވެ.

 

 އިތުރު މަޢުލޫމާތު:

  • މި މަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސް ދުވަސް ބެލޭނީ، ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ. މިމުއްދަތުގެ ތެރޭގައި، މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށް ބަލައި، އެއްވެސް ނޯޓިހެއް ދިނުމަކާނުލައި ވަޒީފާގެ އެއްބަސްވުން އުވާލައި، މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ.
  • މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ  3345136 ނަމްބަރު ފޯނަށެވެ.
04 އޮގަސްޓް 2022
ހޯދާ