މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް
ދިވެހިރާއްޖެ
ކުޅުދުއްފުށީ ސިޓީގައި ބޭއްވުމަށް ހަމަޖެހިފައިވާ އިމާމުންނާއި، ޚަތީބުންނަށް ބާއްވާ ވޯކްޝޮޕްގެ ރިފްރެޝްމެންޓް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުން

ކުޅުދުއްފުށީ ސިޓީގައި ބޭއްވުމަށް ހަމަޖެހިފައިވާ އިމާމުންނާއި، ޚަތީބުންނަށް ބާއްވާ ވޯކްޝޮޕްގެ ރިފްރެޝްމެންޓް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުން

ކުޅުދުއްފުށީ ސިޓީގައި ބޭއްވުމަށް ހަމަޖެހިފައިވާ އިމާމުންނާއި، ޚަތީބުން އަދި މުދިމުންނަށް ބާއްވާ ތަމްރީނު ޕްރޮގްރަމުގެ ރިފްރެޝްމެންޓް ތައްޔާރުކޮށްދޭނެ ފަރާތެއް  ހޯދަން ބޭނުންވެއެވެ.

ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހެޅުމަށް ރަޖިސްޓަރ ކުރައްވާ، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު މިނިސްޓްރީއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް ބިޑަށް ރަޖިސްޓަރ ކުރައްވާ ހުރިހާ ބޭފުޅުންނަށް މެއިލް މެދުވެރިކޮށް ފޮނުވޭނެވެ.

ބީލަމުގައި ބައިވެރިވެލައްވަން އެދޭ ފަރާތްތަކުން 2022 އޮގަސްޓް 04 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން މި މިނިސްޓްރީގެ މެއިލް  [email protected]  މެދުވެރިކޮށް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ.

ރަޖިސްޓަރ ކުރަން ފޮނުވާ މެއިލްގައި ހިމަނަންޖެހޭ މަޢުލޫމާތު:

-          އިޢުލާން ނަންބަރު (މެއިލްގެ ސަބްޖެކްޓްގައި ލިޔުމަށް)

-          ކުންފުނީގެ ނަން

-          ގުޅޭނެ ފޯނު ނަންބަރު

-          އީމެއިލް އެޑްރެސް

-          މެއިލް ފޮނުވާ ފަރާތުގެ ނަން

އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 2022 އޮގަސްޓް 11 ވާ ބުރާސްފަތި ދުވަހުގެ 10:00 ގައެވެ. އަންދާސީ ހިސާބު ހުށަހެޅުމަށް ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ.

އިތުރު މަޢުލޫމާތު ބޭނުންފުޅުވާ ފަރާތްތަކުން 2022 އޮގަސްޓް 07 ވާ އާދީއްތަ ދުވަހުގެ 14:00 ކުރިން [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ. ނުވަތަ 3020230  3020239, ނަންބަރާ ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

 

02 އޮގަސްޓް 2022

02 އޮގަސްޓް 2022
ހޯދާ