ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަން
ދިވެހިރާއްޖެ
ސީނިއަރ ލީގަލް ކައުންސެލް

 

ނަންބަރު: (IUL)462-ADHR/1/2022/18

 

 

ވަޒީފާގެ ފުރުޞަތު

މަޤާމް:

ސީނިއަރ ލީގަލް ކައުންސެލް

ކްލެސިފިކޭޝަން:

ޑިރެކްޓަރ ޖެނެރަލް (އީ.އެކްސް-5)

ބޭނުންވާ އަދަދު:

01

މަސައްކަތް ކުރަންޖެހޭ ތަން:

ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން / ކ. މާލެ

އަސާސީ މުސާރަ:

16,100.00 ރުފިޔާ

ލިވިންގ އެލަވަންސް:

4,000.00 ރުފިޔާ

ނޮންޕްރެކްޓިސް އެލަވަންސް:

އަސާސީ މުސާރައިގެ %45 (7,245.00 ރުފިޔާ)

ރަސްމީ ގަޑި:

ހެނދުނު 8:00 އިން މެންދުރުފަހު 14:00 އަށް

ކޮމިޝަނުގެ މުވައްޒަފުންނަށް ލިބިދެވޭ އެހެނިހެން އިނާޔަތްތައް:

 

  • ޤާނޫނު ނަންބަރު 2008/2 (ވަޒީފާއާ ބެހޭ ޤާނޫނު) ގައި ބަޔާންކޮށްފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ހަމަޖައްސައި ދެވޭނެއެވެ.

މަޤާމުގެ މައިގަނޑު މަސައްކަތް

1- ކޮމިޝަނުގެ އިދާރާއަށް ބޭނުންވާ ޤާނޫނީ ލަފާދިނުމާއި ކޮމިޝަނުގެ ޤާނޫނާއި ޤަވާއިދުތަކާއި އުޞޫލުތަކާއި އެސްއޯޕީތައް އެކުލަވާލުމާއި ރިވިއުކުރުމުގެ މަސައްކަތްތައް ރާވައި، ހިންގާ ބެލެހެއްޓުން.

2- ހެދިފައިވާ އަދި އަލަށް އެކުލަވާލެވޭ ޤާނޫނުތަކާއި ގަވާއިދުތަކާއި އިދާރީ އުޞޫލުތައް ރިވިއުކުރުމަށްފަހު ކޮމިޝަނަށް ލާޒިމްކުރާ ކަންކަން ފާހަގަކޮށް، އެކަންކަން ތަންފީޒު ކުރުމުގެ ގޮތުން ކުރަންޖެހޭ ކަންކަން ކޮމިޝަނުގެ ސަމާލުކަމަށްގެނައުމާއެކު ކޮމިޝަނުން ނިންމާ ނިންމުންތަކާ އެއްގޮތަށް އެ މަސައްކަތްތައް ހިންގައި ބެލެހެއްޓުން.

3- ކޮމިޝަނުން ދައުވާ ކުރާ އަދި ކޮމިޝަނަށް ދައުވާ ރައްދުވާ މައްސަލަތަކުގައި ޓްރައިބިއުނަލްތަކާއި ކޯޓުތަކުގައި ކޮމިޝަން ތަމްސީލު ކުރުމަށްޓަކައި ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން

4- ޤާނޫނީ ގޮތުން ކޮމިޝަން ތަމްސީލު ކުރަންޖެހޭ ޙާލަތްތަކުގައި ކޮމިޝަން ތަމްސީލު ކުރުމަށް ކުރަންޖެހޭ އެންމެހާ ކަންތައްތައް ކުރުން.

5- ކޮމިޝަނުގެ ފަރާތުން ޝަރީޢަތަށް ފޮނުވާ މައްސަލަތަކަށް ބޭނުންވާ ލިޔެކިޔުންތައް ތައްޔާރުކުރުމާއި ޝަރީޢަތުގެ މަޖިލީހުގައި ކޮމިޝަން ތަމްސީލު ކުރަންޖެހޭ ހާލަތްތަކުގައި އެކަން ކުރުން.

6- ކޮމިޝަނަށް ހުށަހެޅޭ ޝަކުވާތައް ބަލައިގަނެ ރަޖިސްޓްރީ ކުރުމާއި، ޝަކުވާތައް ވަޒަންކުރުމާއި އެ ޝަކުވާތައް ތަޙްޤީޤު ކުރާނެތޯ ނުވަތަ ނުބަލާ ދޫކޮށްލާނީތޯ ކަނޑައެޅުމަށް ކޮމިޝަންގެ ބައްދަލުވުމަކަށް ހުށަހަޅައި ބައްދަލުވުމުން ނިންމާ ގޮތެއްގެ މަތިން އިދާރީ ގޮތުން ކުރަންޖެހޭ މަސައްކަތްތައް ހިނގާގޮތް މޮނިޓަރ ކުރުމާއި ކޭސް މެނޭޖްމަންޓް ޔުނިޓްގެ އެންމެހާ މަސައްކަތްތައް ހިންގައި ބެލެހެއްޓުން.

7- އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ މަސައްކަތްތަކާ ގުޅުންހުރި ކޮމިޝަނުގެ ނިންމުންތައް ތަންފީޒު ކުރުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން

8- ކޮމިޝަނުގެ އިންވެސްޓިގޭޝަން އެންޑް ލީގަލް ޑިޕާރޓްމަންޓްގެ އެންމެހައި މަސައްކަތްތައް ރާވާ ހިންގުން.

9- ޑިޕާޓްމަންޓްގެ އެކްޓިވިޓީ ޕްލޭން ތައްޔާރުކޮށް، މަސައްކަތްތައް މުވައްޒަފުންނާ ހަވާލުކޮށް، ހަރަކާތްތަކުގެ ޓައިމްލައިން ކަނޑައަޅާ ޕްލޭނާ އެއްގޮތަށް މަސައްކަތްތައް ކުރިއަށް ގެންދިއުން. ގެންދާކަން ކަށަވަރުކުރުން.

10- ޑިޕާޓްމަންޓްގެ މުވައްޒަފުންގެ މަސައްކަތްތައ ރިވިއުކޮށް، މަސައްކަތްތައް ކުރިއަށް ގެންދިއުމުގައި ދޭންޖެހޭ ލަފާއާއި އިރުޝާދު ދިނުން.

11- ކުރިއަށް އޮތް އަހަރަށް ޑިޕާޓްމަންޓްގެ އެކްޓިވިޓީ ޕްލޭން ތައްޔާރުކުރުން

12- ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ސީދާ ރިޕޯޓް ކުރަންޖެހޭ މުވައްޒަފުންގެ މަސައްކަތުގެ ޓާގެޓްތައް ކަނޑައަޅައި މަސައްކަތުގެ ފެންވަރުބެލުމާއި ޑިޕާޓްމަންޓްގައި ހިމެނޭ އެހެނިހެން މުވައްޒަފުންގެ މަސައްކަތުގެ ޓާގެޓްތައް ކަނޑައަޅާތޯ ބަލައި މަސައްކަތުގެ ފެންވަރުބަލަމުން ގެންދާކަން ކަށަވަރުކުރުން.

13- ކޮމިޝަނުގެ މަސައްކަތްތަކާ ގުޅިގެން ދައުލަތުގެ އިދާރާތަކަށް މަޢުލޫމާތު ދޭންޖެހޭ ޙާލަތްތަކުގައި ކޮމިޝަނުގެ ލަފަޔާއެކު މަޢުލޫމާތު ދިނުމާއި، އެފަދަ ބައްދަލުވުންތަކަށް ހާޟިރުވެ ޤާނޫނާއި ޤަވާއިދާ ގުޅޭ ކަންކަމުގައި ޖަވާބުދާރީވާންޖެހޭ ހާލަތްތަކުގައި ޖަވާބުދާރީވުމާއި ބޭނުންވާ ލަފާދިނުން

14- ކޮމިޝަނުގެ ބައްދަލުވުންތަކުގައި ބައިވެރިވެ ޤާނޫނީ ލަފާދިނުން

15- ކޮމިޝަނުގެ މުވައްޒަފުން ޤާނޫނާއި ޤަވައިދުތަކަށް އަހުލުވެރި ކުރުމަށް ބޭއްވޭ ޕްރޮގްރާމްތަކުގައި އަމަލީ ގޮތުން ބައިވެރިވެ މަޢުލޫމާތާއި ލަފާ ދިނުން.

16- ކޮމިޝަނުގެ ޤަވައިދުގައި ހުންނަ ކަންތައްތައް އިތުރަށް ސާފުކުރުމަށް ނުވަތަ ޤަވާއިދާގުޅޭ ވަކިކަމެއްގައި އަމަލުކުރާނެގޮތުގެ ލަފައަކަށްއެދި އެކިފަރާތްތަކުން ހުށަހަޅާ މައްސަލަތަކަށް ހަމަޖެހިފައިވާ އުސޫލުން ޖަވާބުދިނުމުގައި ބޭނުންވާ ލަފާދިނުން

17- ކޮމިޝަނުން އެކި ފަރާތްތަކާއެކު ހަދާ އެއްބަސްވުންތަކާއި އެމް.އޯ.ޔޫތައް ޤާނޫނީ ހަމަތަކާއި އެއްގޮތަށް އެކުލަވާލުމުގެ މަސައްކަތް ކުރުން.

18- ކޮމިޝަނަށް ހުށަހެޅޭ މައްސަލަތަކުގެ ތެރެއިން އިންވެސްޓިގޭޝަން ސެކްޝަނުން ޤާނޫނީ އަދި ޓެކްނިކަލް ލަފާ ބޭނުންވާ މައްސަލަތަކަށް ޓެކްނިކަލް އަދި ޤާނޫނީ ލަފާދިނުން.

19- އިންވެސްޓިގޭޝަން ސެކްޝަނުން ތައްޔާރުކުރާ ތަޙްޤީޤު ރިޕޯޓުތަކަށް ބޭނުންވާ ލަފާދިނުން.

20- މީޑިއާ ވަސީލަތްތައް މެދުވެރިކޮށް ކޮމިޝަނުގެ ޤާނޫނާއި، ޤަވާއިދު އަދި އުޞޫލުތަކަށް ޢާންމުން ހޭލުންތެރި ކުރުވުމާއި މީޑިއާތަކަށް ކޮމިޝަނުގެ ލަފާގެ މަތިން ޖަވާބުދާރީވުން.

21- ޑިޕާޓްމަންޓްގެ އެޗް.އޯ.ޑީގެ ހައިސިއްޔަތުން ބައިވެރިވާންޖެހޭ ކޮމިޓީތަކާއި ބައްދަލުވުންތަކުގައި ގަވާއިދުން ބައިވެރިވެ ކުރުމަށް ކަނޑައަޅާ ކަންކަން ކަނޑައެޅިފައިވާ މުއްދަތުގެތެރޭގައި ކުރުން.

22- މަސައްކަތްތައް ފަސޭހަކަމާއެކީ ކުރިއަށް ގެންދިއުމަށް ޑިޕާޓްމަންޓްގެ މުވައްޒަފުންނަށް ބޭނުންވާ ދޭންޖެހޭ ލަފާޔާއި އިރުޝާދު ދިނުން.  

މަޤާމުގެ އަސާސީ ޝަރުޠު:

  1. ޤާނޫނީ ރޮނގުން ނުވަތަ ޤާނޫނާއި ޝަރީޢާގެ ރޮނގުން މޯލްޑިވްސް ނެޝަނަލް ކޮލިފިކޭޝަންސް ފްރޭމްވޯރކްގެ ލެވެލް 9 ގެ ސަނަދެއް ހާސިލު ކޮށްފައިވުމާއެކު، ޤާނޫނީ ރޮނގުން ނުވަތަ ޤާނޫނާއި ޝަރީޢާގެ ރޮނގުން މޯލްޑިވްސް ނެޝަނަލް ކޮލިފިކޭޝަންސް ފްރޭމްވޯރކްގެ ލެވަލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަސައްކަތާގުޅުން ހުރި ދާއިރާއަކުން 5 އަހަރު ދުވަހުގެ އަމަލީ ތަޖުރިބާ ލިބިފައިވުން އަދި ދިވެހިރާއްޖޭގެ ހައިކޯޓްގައި ވަކާލާތު ކުރުމުގެ ހުއްދަ ލިބިފައިވުން ނުވަތަ
  2. ޤާނޫނީ ރޮނގުން ނުވަތަ ޤާނޫނާއި ޝަރީޢާގެ ރޮނގުން މޯލްޑިވްސް ނެޝަނަލް ކޮލިފިކޭޝަންސް ފްރޭމްވޯރކްގެ ލެވެލް 7  ނުވަތަ 8 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަސައްކަތާގުޅުން ހުރި ދާއިރާއަކުން 7 އަހަރު ދުވަހުގެ އަމަލީ ތަޖުރިބާ ލިބިފައިވުން އަދި ދިވެހިރާއްޖޭގެ ހައިކޯޓްގައި ވަކާލާތު ކުރުމުގެ ހުއްދަ ލިބިފައިވުން.

ގުޅޭ ތައުލީމީ ދާއިރާތައް:

  • ޤާނޫނު
  • ޝަރީޢަތާ ޤާނޫނު

މަގާމަށް މީހަކު ހޮވުމުގައި ބަލާނެ އިތުރުކަންތައްތައް:

  1. އުމުރުން 55 އަހަރު ވެފައި ނުވުން
  2. އިސްލާމްދީނުގައި ހައްދެއް ކަނޑައަޅާފައިވާ ކުށެއް ކުރިކަން ނުވަތަ ވައްކަމާއި، މަކަރާއި، ޙީލަތް ހެދުމާއި، ޚިޔާނާތާއި ރިޝްވަތު ފަދަ ބޮޑު ކުށެއް ކުރިކަން ވޭތުވެދިޔަ 5 (ފަހެއް) އަހަރު ދުވަހުގެ ތެރޭގައި ޝަރީޢަތަށް ސާބިތު ވެފައިވާ މީހަކު ކަމުގައި ނުވުން. އަދި
  3. މި ކޮމިޝަނުގައި އެމީހެއްގެ މަންމަ، ބައްޕަ، ދަރިއެއް ، އެއްބަނޑު އެއްބަފާ މީހެއް، އެއްބަނޑު މީހެއް ނުވަތަ އެއްބަފާ މީހެއް، އަނތްބެއް ނުވަތަ ފިރިއަކު ނެތުން.
  4. ދިވެހިބަހާއި އިނގިރޭސި ބަހުން ފަރިތަކަމާއިއެކު ވާހަކަ ދައްކަން ދަންނަ މީހެއްކަމުގައިވުން.
  5. މަސައްކަތުގައި ގިނަ ވަގުތު ހޭދަކުރެވޭނެ މީހަކުކަމުގައިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަކޮށްފައިވާ ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުގެ ވަޒީފާއަށް އެދޭ ފޯމް. (މި ފޯމު ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުގެ ވެބްސައިޓުން ޑައުންލޯޑްކުރެވެން ހުންނާނެއެވެ. https://nic.gov.mv/dhi))
  2. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ. (ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ގޮތަށް(
  3. މަޤާމަށް އެދޭފަރާތުގެ ވަނަވަރު (ސީވީ). (ގުޅޭނެ ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  4. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

     (ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

     (ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ. (އަދި ކޯސް ފުރިހަމަކުރިކަމުގެ ލިޔުން ހުށަހަޅާ ނަމަ، ފުރިހަމަކޮށްފައިވާ ކޯހުގެ ފެންވަރު ބަޔާންކޮށް އެ އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓް ހުށަހަޅަން ވާންވާނެއެވެ.)           5. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

   (ހ)   ދައުލަތުގެ އަދި ސިވިލް ސަރވިސްގެ އިދާރާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި ވަޒީފާގެ މަސްއޫލިއްޔަތު ނުވަތަ ވާޖިބުތައް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

   (ށ)   ދިވެހިރާއްޖޭގައި ހިންގާ ރިޒޯޓުތަކާއި އެ ރިޒޯޓުތަކުގެ މައި އޮފީހުން ދޫކޮށްފައި ހުންނަ ތަޖުރިބާ އަންގައިދޭ ލިޔުންތަކާއި، މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖްގައި ލިސްޓުކޮށްފައިވާ އަމިއްލަ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައި ވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި ވަޒީފާގެ މަސްއޫލިއްޔަތު ނުވަތަ ވާޖިބުތައް ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން.

   (ނ)  އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި ވަޒީފާގެ މަސްއޫލިއްޔަތުތަކާއި، މުވައްޒަފުންގެ އަދަދު ބަޔާންކޮށް، އެ ތަނަކުން ދޫކޮށްފައިވާ ލިޔުން. (އަމިއްލަ ކުންފުނި ނުވަތަ އިދާރާތަކުގެ ތަޖުރިބާގެ ލިޔުންތަކަށް ޕޮއިންޓް ދޭނީ އެ ތަނެއްގައި މަސައްކަތްކުރާ މުވައްޒަފުންގެ އަދަދު 10 އަށްވުރެ މަދުނުވާނަމައެވެ.)

  (ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްޢިއްޔާ ނުވަތަ ޖަމާޢަތެއްގައި މަސައްކަތްކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި ވަޒީފާގެ މަސްއޫލިއްޔަތުތަކާއި، މުވައްޒަފުންގެ އަދަދު ބަޔާންކޮށް، އެ ތަނަކުން ދޫކޮށްފައިވާ ލިޔުން.

 6. ދިވެހިރާއްޖޭގެ ހައިކޯޓްގައި ޤާނޫނީ ވަކީލެއްގެ ހައިސިއްޔަތުން ވަކާލާތު ކުރުމުގެ ވަކާލާތުކުރުމުގެ ހުއްދަ.

މަގާމަށް  ކުރިމަތިލާ ފަރާތްތަކަށް ޕޮއިންޓްދޭނެ މިންގަނޑު:

  1. އަސާސީ ޝަރުތު ހަމަވުން: 30 ޕޮއިންޓް
  2. އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ: 10 ޕޮއިންޓް
  3. އިމްތިހާނު ނުވަތަ ޕްރެކްޓިކަލް : 20 ޕޮއިންޓް
  4. އިންޓަރވިއު: 40 ޕޮއިންޓް

ޝޯޓްލިސްޓް ކުރުން

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ވަޒީފާއާގުޅޭ މަސައްކަތުގެ ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓް ލިބޭ 10 ފަރާތް ޝޯޓުލިސްޓް ކުރެވޭނެއެވެ.

އިންޓަރވިއު، ޕްރެޒެންޓޭޝަން އަދި އިމްތިޙާނު އޮންނާނެ ތަނާއި، މުއްދަތު:

މި މަގާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއުއާއި ޕްރެޒެންޓޭޝަން އަދި އިމްތިޙާނު އޮންނާނީ 2022 އޮގަސްޓް 14 އާ 2022 އޮގަސްޓް 25 އާ ދެމެދު ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަންގައެވެ. ވުމާއެކު، އެ މުއްދަތުގައި އިންޓްރވިއުއާއި އިމްތިޙާނަށް ތައްޔާރުވެގެން ތިބުމަށްވެސް ދަންނަވަމެވެ.

މަގާމަށް އެދެންވީ ގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2022 އޮގަސްޓު 8 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން، ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުގެ އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް ([email protected]) މެދުވެރިކޮށް ބަލައި ގަނެވޭނެއެވެ. އީމެއިލް މެދުވެރިކޮށް ފޮނުވާ އެޕްލިކޭޝަން ފޯމާއި ލިޔެކިޔުންތައް ބަލައިގަނެވޭނީ ކަނޑައަޅާފައިވާ ސުންގަޑީގެ ނިޔަލަށް ހުށަހަޅާފައި ވާނަމައެވެ.  ސުންގަޑީގެ ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ނޯޓް:

މި ކޮމިޝަނުގެ ނަންބަރު: (IUL)462/1/2022/14 (26 ޖޫން 2022) އިޢުލާނާއި ގުޅިގެން ސީނިއަރ ލީގަލް ކައުންސެލް މަޤާމަށް ކުރިމަތިލައްވާފައިވާ ފަރާތްތަކުން ހުށަހަޅާފައިވާ ހުށަހެޅުންތައް ބާޠިލުނުކޮށް ކުރިޔަށް ގެންދެވޭނެ ކަމުގައި ދެންނެވީމެވެ. އަދި އެ އިޢުލާނާ ގުޅިގެން އާ އެޕްލިކޭޝަން ނުވަތަ އިތުރު ލިޔުމެއް ހުށަހަޅުއްވަން ބޭނުންވާނަމަ އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ހުށަހެޅުއްވުމުގެ ފުރުސަތު އޮންނާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 3001343 ނަންބަރު ފޯނާއެވެ. މިކޮމިޝަނުގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަނުކުރުމުގެ މިންގަނޑުތަކާއި އުޞޫލު އަދި ކޮމިޝަނުގެ ވަޒީފާއަށް އެދޭ ފޯމު ކޮމިޝަނުގެ ވެބްސައިޓްhttps://nic.gov.mv/dhi/) ) އިން ލިބެން ހުންނާނެއެވެ. 

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ނަންބަރު 3001343 ފޯނާ ގުޅުއްވުން އެދެމެވެ.

        2 މުޙައްރަމް 1444

31 ޖުލައި 2022
ހޯދާ