މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
މިފްކޯ ހެޑް އޮފީހުގެ މެއިން ގޭޓް ބެހެއްޓުމާއި ސެކިއުރިޓީ ހަޓެއް ހެދުން އަދި ބެރިއަރ ގޭޓެއް ބެހެއްޓުމުގެ މަސައްކަތް

އިޢުލާން ނަންބަރު:134-PROC/I/2022/55

އިޢުލާން

25 ޖުލައި 2022

 

މިފްކޯ ހެޑް އޮފީހުގެ މެއިން ގޭޓް ބެހެއްޓުމާއި ސެކިއުރިޓީ ހަޓެއް ހެދުން އަދި ބެރިއަރ ގޭޓެއް ބެހެއްޓުމުގެ މަސައްކަތް

މިއީ، މިފްކޯ ހެޑްއޮފީސް (ބްލޮކް 389) ގޯތީގެ އިރު ދެކުނު ކަންމަތީގައި ހަދާ މެއިން ގޭޓް ބެހެއްޓުމުގެ މަސައްކަތާއި، ސެކިއުރިޓީ ހަޓެއް ހެދުމުގެ މަސައްކަތް އަދި ސެކިއުރިޓީ ހަޓާއި އިންވެގެން ބެރިއަރ ގޭޓެއް ހެދުމުގެ މަސައްކަތަށް، ބޭނުންވާ މައިގަނޑު ތަކެތި ދިނުމުން، މަސައްކަތް ކުރާ ފަރާތުގެ އަމިއްލަ ސާމާނުގައި މަސައްކަތް ކުރުމަށް އަގު ހުށަހެޅުމަށް ހުޅުވާލެވޭ ފުރުޞަތެކެވެ. މި މަަސައްކަތްކުރާނީ މިފްކޯއިން ކަނޑައަޅާފައިވާ އިންޖިނޭރެއްގެ ބެލުމުގެދަށުން އޭނާގެ ޙާޟިރުގައެވެ.

 ބިޑް ކުރިއަށްދާނެގޮތުގެ ތަފްޞީލް

 ތާރީޙް

 ވަގުތު

 ބިޑްގައި ބައިވެރިވުމަށް ރަޖިސްޓްރީ   ކުރުން

 އީމެއިލް މެދުވެރިކޮށް

 [email protected]

04 އޮގަސްޓް 2022

 

 މެންދުރު 12:00ގެ ކުރިން

 މައުލޫމާތު ސެޝަން

 މިފްކޯ ހެޑްއޮފީސް

04 އޮގަސްޓް 2022

 މެންދުރުފަހު 02:00 ގައި

 މަޢުލޫމާތު ކަރުދާސް

 ރެޖިސްޓްރީ ކުރުމަށް ބޭނުން ކުރި   އީމެއިލްއަށް

04 އޮގަސްޓް 2022

 މެންދުރުފަހު  04:00ގެ ކުރިން

 އަންދާސީ ހިސާބު ހުށަހެޅުން

 އީމެއިލް މެދުވެރިކޮށް

 [email protected]

09 އޮގަސްޓް 2022

 މެންދުރު 01.00ގެ ކުރިން

 ބިޑް ހުޅުވުން

 އަނދާސީ ހިސާބު ހުށަހެޅި ފަރާތްތަކުގެ   ހާޒިރުގައި މައިކްރޯސޮފްޓް ޓީމްސް   މެދުވެރިކޮށް

09 އޮގަސްޓް 2022

 

 މެންދުރުފަހު  02:00ގައި

 

 

 ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މަތީގައި ބަޔާންކުރެވިފައިވާ ތާވަލާއިއެއްގޮތަށް ރަޖިސްޓްރީ ކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. ބިޑްގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރެއްވުމަށް ތިރީގައިވާ ހުރިހާ މައުލޫމާތެއް ފުރިހަމަ ކުރެއްވުމަށްފަހު އީ-މެއިލް ކުރައްވާނީ [email protected] އަށެވެ.

- އިޢުލާން ނަންބަރު

- ކުންފުނީގެ ނަން

- ކުންފުނި ރެޖިސްޓްރޭޝަން ނަމްބަރު / އަމިއްލަ ފަރުދެއްނަމަ އައިޑީ ކާޑު ނަމްބަރު

- ނަމާއި ފޯނު ނަންބަރު

މަތީގައިވާ މައުލޫމާތު ފުރިހަމަކުރެއްވުމަށްފަހު ފޮނުވާ އީމެއިލް ތަކަށް "ރެޖިސްޓްރޭޝަން ކޮންފޮމޭޝަން" އެއްގެ ގޮތުން މި ކުންފުނިން އީމެލް ކުރާނެ ވާހަކަދެއްނެވީމެވެ.

ނޯޓް:  ބިޑަށް އަންދާސީ ހިސާބު ހުށައަޅުއްވަން ވާނީ ހަމައެކަނި  [email protected]  އީމެއިލް އަށެވެ. މިނޫން އީމެއިލް އަކަށް އެޑްރެސްކުރާ ނުވަތަ ސީސީ ކޮށްފައިވާ އަންދާސީ ހިސާބު ބަލައިނުގަތުމުގެ އިހުތިޔާރު މިކުންފުންޏަށް ލިބިގެންވެއެވެ. ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކުގެ އަންދާސީ ހިސާބާއި ހަމަޖެހިފައިވާ ގަޑީގެ ފަހުން ހުށަހެޅޭ އަންދާސީ ހިސާބުތައް އަދި މި އިޢުލާނާ ގުޅިގެން ދޫކުރެވޭ މަޢުލޫމާތު ކަރުދާހުގައި ބަޔާންކޮށްފައިވާ ލިޔުންތައް ހުށަނާޅާ އަންދާސީ ހިސާބުތައް ބާތިލްވާނެ ވާހަކަ މައުލޫމާތަށްޓަކައި ދެންނެވީމެވެ. އަދި ކޮންމެ ވަގުތެއްގައި ވެސް އަންދާސީ ހިސާބުތައް ބާޠިލް ކުރުމުގެ ފުރިހަމަ އިޚްތިޔާރު މި ކުންފުންޏަށް ލިބިގެންވެއެވެ. މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފު ކުރެއްވުމަށް އީމެއިލް ކުރައްވާނީ  [email protected] އަށެވެ.

25 ޖުލައި 2022
ހޯދާ