މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ވ.ކެޔޮދޫ ގައި އިމާރާތް ކުރުމަށް ހަމަޖެހިފައިވާ އައު ޞިއްހީ މަރުކަޒު ޑިޒައިންކޮށް ކުރެހުން ތަކާއި، ބިލް އޮފް ކުއަންޓިޓީ ތައްޔާރު ކުރުން

                      އިޢުލާން

ވ.ކެޔޮދޫ ގައި އިމާރާތް ކުރުމަށް ހަމަޖެހިފައިވާ އައު ޞިއްހީ މަރުކަޒު ޑިޒައިންކޮށް ކުރެހުން ތަކާއި، ބިލް އޮފް ކުއަންޓިޓީ ތައްޔާރު ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި ނަންބަރު: (IUL)23-AP/23/2022/254 (25 މޭ 2022) އިޢުލާނަށް އަންދާސީ ހިސާބު ހުށަހަޅުއްވާފައިވާ ފަރާތުގެ އަގު ބޮޑުވާތީ އެއިޢުލާން ބާތިލް ކޮށް މިމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިއުލާނު ކުރަމެވެ.

މިކަމަށް ޝައުޤުވެރިވާ ފަރާތްތައް 25 ޖުލައި 2022 ވާ ހޯމަ ދުވަހުން ފެށިގެން 08 އޮގަސްޓް 2022 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން [email protected] އަށް ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރުމަށްފަހު އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. މިއިއުލާނާއި ގުޅޭ މައުލޫމާތު ކަރުދާސް އެޓޭޗްމަންޓްގައި ގެޒެޓް ކުރެވިފައިވާނެއެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 14 އޮގަސްޓް 2022 ވާ އާދިއްތަ ދުވަހުގެ ހެނދުނު 10:00 ގައި މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) ގައެވެ.

މިއިއުލާނާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 09 އޮގަސްޓް 2022 ވާ އަންގާރަ ދުވަހު ހެނދުނު 11:00 ކުރިން [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ. އަދި ރެޖިސްޓަރ ކުރައްވާފައިނުވާ ފަރާތްތަކާއި އަންދާސީ ހިސާބު ހުށަހަޅަން ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ.

                         26 ޛުލްޙިއްޖާ  1443

25 ޖުލައި 2022
ހޯދާ