އަރިއަތޮޅު އުތުރުބުރީ މާޅޮހު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިކައުންސިލަށް މުނިސިޕަލް މަސައްކަތުމީހުން ހޯދުން:

                                                        ނަންބަރު:  (IUL)345/345/2022/60

                              އިޢުލާން

  • މިކައުންސިލަށް މުނިސިޕަލް މަސައްކަތުމީހުން ހޯދުން:

 

މަޤާމް:

މުނިސިޕަލް މަސައްކަތު

ބޭނުންވާ އަދަދު:

1 (އެކެއް)         

މަޤާމުގެ ގިންތި (މުއްދަތު):

ވަގުތީ (މީލާދީ 1 އަހަރު ދުވަހުގެ މުއްދަތަށް)

ސެކްޝަން:

ވޭސްޓް މެނޭޖްމަންޓް

ރަސްމީ މަސައްކަތު ވަގުތު:

ހަފްތާއަކު 6 ދުވަހު، ދުވާލަކު 7 ގަޑިއިރު

މުސާރަ:

-/4010

ޑިއުޓީ އަށް ނިކުންނަ ކޮންމެ ދުވަހަކަށް:

-/115 ރުފިޔާ

އިތުރުގަޑީ ފައިސާ:

ކަނޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެ.

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ކައުންސިލުން ކުރިއަށް ގެންދާ ކުނި ބެލެހެއްޓުމާބެހޭ މަސައްކަތްކުރުން.
  2. ކައުންސިލުން އަންގާ ގޮތެއްގެ މަތިން ބީޗް ކަހާ ސާފުކުރުން.
  3. ކައުންސިލުން ކުރިއަށްގެންދާ މުނިސިޕަލް މަސައްކަތްތައް ކުރުން.
  4. މީގެ އިތުރުންވެސް ކައުންސިލުން ކުރިއަށް ގެންދާ އެހެނިހެން މަސައްކަތް ކުރުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންކަން

  1. އިންޓަވިއު

އިންޓަވިއުއާއި ޕްރެކްޓިކަލްސް އޮންނާނެ ތަނާއި، މުއްދަތު

މި މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަވިއު، 04 އޮގަސްޓް 2022 އާއި 13 އޮގަސްޓް 2022  އާއި ދެމެދު އއ.މާޅޮހު ކައުންސިލްގެ އިދާރާގައި އޮންނާނެއެވެ.

މަޤާމުގެ ޝަރުޠު:

އަސާސީ ތަޢުލީމުގެ ފެންވަރު ހުރުމާއެކު ޢުމުރުން 18 އަހަރާ 55 އަހަރާ ދެމެދުގެ މީހަކު ކަމުގައި ވުމާއި، ގިނަ ވަގުތު މަސައްކަތުގައި އުޅެވޭފަދަ ޞިއްޙަތެއްގައި ހުރި މީހަކު ކަމުގައިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑްގެ ކޮޕީ.
  2. ވަޒީފާ އަށް އެދި ހުށައަޅާ ފޯމް.

މަޤާމަށް އެދެންވީ ގޮތާއި

ސުންގަޑި

މި މަޤާމަށް އެދޭ ފަރާތްތަކުން އއ.މާޅޮހު ކައުންސިލްގެ ވަޒީފާއަށް އެދޭ ފޯމް ފުރިހަމަކުރެއްވުމަށްފަހު 04 އޮގަސްޓް 2022 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން އއ.މާޅޮހު ކައުންސިލްގެ އިދާރާއަށް ހުށަހެޅުން އެދެމެވެ. ވަޒީފާއަށް އެދޭ ފޯމް އއ.މާޅޮހު ކައުންސިލްގެ އިދާރާއިން ލިބެން ހުންނާނެއެވެ.

އިތުރު މަޢުލޫމާތު

މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން މި ކައުންސިލްގެ ނަންބަރު 6660059 އަށް ގުޅުއްވުން އެދެމެވެ. އީމެއިލް ކުރާނީ [email protected]   އަށެވެ.

24 ޖުލައި 2022
ހޯދާ