ހައްދުންމަތީ ގަމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރައްޔިތުންނާއި ބައްދަލުކުރުން

އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު 2010/7 ގެ 107 ވަނަ މާއްދާ ގައިވާ ގޮތުގެ މަތިން ޖުލައިމަހު ކައުންސިލުން ބާއްވާ ރައްޔިތުންނާއި ބައްދަލުކުރުން 30 ޖުލައި 2022 ވާ ހޮނިހިރު ދުވަހުގެރޭ 20:30 ގައި އިހައްދޫ ސްކޫލު ހޯލުގައި އޮންނާނެއެވެ. މިބައްދަލުވުމުގައި 2022 ވަނައަހަރުގެ ކައުންސިލުގެ ފުރަތަމަ ހަމަސްދުވަހުގެ ރިޕޯޓާއި ، 2023 ވަނަ  އަހަރަށް ލަފާކުރާ ބަޖެޓާ، 2023 ވަނަ އަހަރު ކައުންސިލްގެ މަސައްކަތު ތާވަލު ރައްޔިތުންނާއި ހިއްސާކުރެވޭނެއެވެ.  މިބައްދަލުވުމުގައި ރައްޔިޔުތުންނާއި ހިއްސާކުރެވޭ ރިޕޯޓް،ބަޖެޓް އަދި މަސައްކަތު ތާވަލު ބައްދަލުވުން ބޭއްވުމުގެ 07 ދުވަސް ކުރިން www.gan.gov.mv  ގައި ޝާޢިއު ކުރެވިފައި ހުންނާނެއެވެ.

ވީމާ، މިބައްދަލުވުމަށް ވަޑައިގެންދެއްވުންއެދި ގަމުގައި ދިރިއުޅޭ އެންމެހައި ރައްޔިތުންނަށް ދަޢުވަތު އަރުވަމެވެ. 

23 ޖުލައި 2022
ހޯދާ