މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ހއ. ވަށަފަރު ޞިއްޙީ މަރުކަޒުގެ އެކްސްޓެންޝަން ޢިމާރާތުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި ނަންބަރު: (IUL)23-AP/23/2022/235 (17 މެއި 2022) އިޢުލާނަށް އަންދާސީ ހިސާބު ހުށަހަޅާފައިވާ ފަރާތްތަކުގެ އަގުތައް ބޮޑުވާތީ މިއިޢުލާން ބާތިލް ކޮށް އަލުން މިމަސައްކަތުގެ ސްކޯޕް އިތުރުކޮށް މިމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

      ހއ. ވަށަފަރު ޞިއްޙީ މަރުކަޒުގެ އެކްސްޓެންޝަން ޢިމާރާތުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި ނަންބަރު: (IUL)23-AP/23/2022/235  (17 މެއި 2022) އިޢުލާނަށް އަންދާސީ ހިސާބު ހުށަހަޅާފައިވާ ފަރާތްތަކުގެ އަގުތައް ބޮޑުވާތީ މިއިޢުލާން ބާތިލް ކޮށް އަލުން މިމަސައްކަތުގެ ސްކޯޕް އިތުރުކޮށް މިމަސައްކަތް ކޮށްދޭނެ ފަރާތެއް  ހޯދުމަށް ބޭނުން ވެއްޖެއެވެ.

     މިކަމަށް ޝައުޤުވެރިވާ ފަރާތްތައް 20 ޖުލައި 2022 ވާ ބުދަ ދުވަހުން ފެށިގެން 03 އޮގަސްޓް 2022 ވާ ބުދަ ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން [email protected] އަށް ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރުމަށްފަހު އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. މިއިއުލާނާއި ގުޅޭ މައުލޫމާތު ކަރުދާސް އެޓޭޗްމަންޓްގައި ގެޒެޓް ކުރެވިފައިވާނެއެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 10 އޮގަސްޓް 2022 ވާ ބުދަ ދުވަހުގެ ހެނދުނު 10:00 ގައި މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) ގައެވެ.

މިއިއުލާނާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 04 އޮގަސްޓް  2022 ވާ ބުދަ ދުވަހު ހެނދުނު 11:00 ކުރިން [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ. އަދި ރެޖިސްޓަރ ކުރައްވާފައިނުވާ ފަރާތްތަކާއި  އަންދާސީ ހިސާބު ހުށަހަޅަން ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ.

                         21 ޛުލްޙިއްޖާ  1443

20 ޖުލައި 2022
ހޯދާ