އަރިއަތޮޅު އުތުރުބުރީ ބޮޑުފޮޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިކައުންސިލާއި އެމް.އައި.ޓީ އާ ގުޅިގެން ހިންގުމަށް ހަމަޖެހިފައިވާ ނެޝަނަލް ސެޓްފިކެޓް III އިން ރެފްރިޖެރޭޝަން އެންޑް އެއަރ ކޮންޑިޝަނިންގ މެކޭނިކްސް ކޯހާއި ގުޅޭ .

ޢިއުލާން

މިކައުންސިލާއި އެމް.އައި.ޓީ އާ ގުޅިގެން ހިންގުމަށް ހަމަޖެހިފައިވާ ނެޝަނަލް ސެޓްފިކެޓް IIIއިން ރެފްރިޖެރޭޝަން އެންޑް އެއަރ ކޮންޑިޝަނިންގ މެކޭނިކްސް ކޯހާއި ގުޅޭ .

            މިކައުންސިލާއި އެމް.އައި.ޓީ އާއި ގުޅިގެން، މިއަހަރުގެ (2022) އޯގަސްޓް މަހުގެ ތެރޭގައި ނެޝަނަލް ސެޓްފިކެޓް III

އިން ރެފްރިޖެރޭޝަން އެންޑް އެއަރ ކޮންޑިޝަނިންގ މެކޭނިކްސް ކޯސް ކުރިޔަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

ކޯހަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 4 އޯގަސްޓް 2022 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން ތިރީގައި މިދަންނަވާ ލިޔެކިޔުންތައް ކައުންސިލަށް ހުށައެޅުއްވުމަށް ދަންނަވަމެވެ.

  • އެމް.އައި.ޓީ ސްޓޫޑެންޓް އެޕްލިކޭޝަން ފޯމް (ކައުންސިލްގެ ކައުންޓަރުން ފޯމް ލިބިވަޑައިގަންނަވާނެ)
  • އައިޑީ ކާޑު ކޮޕީ
  • ސްކޫލް ލީވިންގ ސެޓްފިކެޓް
  • ޖީސީ އޯލެވެލް / އޭލެވެލް ފުރިހަމަކޮށްފައިވާނަމަ ، ސެޓްފިކެޓްތައް
  • މަތީ ތައުލީމް ހާސިލް ކުރައްވާފައިވާނަމަ ، ސެޓްފިކެޓް

              ކޯހާއި ގުޅޭ މައުލޫމާތު ތިރީގައި ބަޔާން ކުރެވިފައި އެވަނީއެވެ.

ކޯހުގެ މުއްދަތު

 4 މަސް ދުވަސް

ކޯސް ފީ

-/2،000 (ދެހާސް ރުފިޔާ)

             

              ކޯހާއި ގުޅޭ ގޮތުން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވެލައްވާ ފަރާތްތަކުން ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ 11:00 – 14:00 އަށް ، ނަންބަރު 6660656 ފޯނަށް (އާއިޝަތު ލިއުސާ / އ.ކައުންސިލް އެގްޒެކެޓިވް) ގުޅުއްވައިގެން މައުލޫމާތު ސާފު ކުރެވޭނެ ވާހަކަ ދަންނަވަމެވެ.

              20 ޖުލައި 2022

 

20 ޖުލައި 2022
ހޯދާ