އަރިއަތޮޅު އުތުރުބުރީ ހިމަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އއ.ހިމަންދޫ ގިރާ ސަރަޙައްދު ހިމާޔަތް ކުރުމާއި ގުޅޭ

އިޢުލާން

ހިމަންދޫ ގިރާ ސަރަޙައްދު ހިމާޔަތް ކުރުމާއި ގުޅޭ

 

 

 

 

 

ގިރާ ސަރަޙައްދު ހިމާޔަތް ކުރުމާއި ގުޅޭ

 

ހިމަންދޫ ހުޅަނގު ދެކުނު ފަރާތުން ގިރަމުންދާ ސަރަޙައްދުގައި ޖިއޯ ބޭގްޖަހައި ވެލި އަޅައި ގިރަމުންދާ ސަރަޙައްދު ހިމާޔަތް ކޮށްދޭނޭ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.  

ވީމާ މިކަމަށް ސަޢުގުވެރިވާ ފަރާތްތަކުން މި އިޢުލާނާއި އެކުގައިވާ މަޢުލޫމާތު ތަކާއި އެއްގޮތައް 2 އޮގަސްޓް 2022 ވާ އަންގާރަ ދުވަހުގެ 13:00 އަށް ހިމަންދޫ ކައުންސިލް އިދާރާއަށް ބިޑް ހުށަހެޅުމަށް ދަންނަވަމެވެ.  

 

  1. ބިޑް ރަޖިސްޓްރޭޝަން

2022 އޮގަސްޓް 01 ވާ ހޯމަ ދުވަހުގެ 13:00ގެ ކުރިން ބިޑް ރަޖިސްޓްރީކުރަންވާނެއެވެ. ބިޑް ރަޖިސްޓްރީ ކުރައްވާނީ މިކައުންސިލްގެ [email protected] އަށް ތިރީގައި މިދަންނަވާ މަޢުލޫމާތު މެއިލްކޮށްގެންނެވެ. ބިޑް ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކުގެ ބިޑް ބަލައިނުގަންނާނެ ވާހަކަ ދަންނަވަމެވެ.

 

  1. ވިޔަފާރީގެ ނަން
  2. ވިޔަފާރި ރަޖިސްޓްރީ ނަންބަރު
  3. ވެރިފަރާތުގެ ނަން
  4. ވެރިފަރާތާއި ގުޅޭނެ ނަންބަރު
  5. އީމެއިލް އެޑްރެސް

 

5         އަގު ހުށަހަޅަންވީ ގޮތް:

  1. އަގު ހުށަހަޅަންވާނީ ދިވެހި ރުފިޔާއިންނެވެ.
  2. އަންދާސީ ހިސާބު ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ.
  3. ސިޓީއުރައިގައި ބަންދުކުރެވިފައިވާ ލިޔެކިޔުން ފިޔަވާ އެހެން ލިޔުމެއް ފަހުން ބަލައެއް ނުގަނެވޭނެއެވެ. އަދި ބަންދުކުރެވިފައިވާ ސިޓީއުރައިގެ ބޭރުގައި އިޢުލާން ނަންބަރު އަދި ތިރީގައިވާގޮތަށް އެޑްރެސްކުރެވިފައި އޮންނަންވާނެއެވެ.

" ހިމަންދޫ ގިރާ ސަރަޙައްދު ހިމާޔަތް ކުރުން"

އަރިއަތޮޅު އުތުރުބުރީ ހިމަންދޫ ކައުންސިލްގެ އިދާރާ

އއ.ހިމަންދޫ/ ދިވެހިރާއްޖެ

 

  1. 6.       ހުށަހަޅަން ޖެހޭ ލިޔެކިޔުންތައް:
  2. ވިޔަފާރީގެ މުއްދަތު ހަމަނުވާ ރަޖިސްޓްރީގެ ކޮޕީ
  3. ވިޔަފާރީގެ ޕްރޮފައިލް ( މަޢުލޫމާތު ފޯމް ) މި އިޢުލާނާއި އެކު އެޓޭޗް ކުރެވިފައިވާ
  4. އަންދާސީ ހިސާބު ހުށަހަޅާ ފޯމް ( މި އިޢުލާނާއި އެކު އެޓޭޗް ކުރެވިފައިވާ )
  5. ބީ އޯ ކިއު ( އިޢުލާނާއި އެކު އެއްކަރުދާސް ކުރެވިފައިވާ ފޯމް )

 

  1. 7.      ޕޮއިންޓް ދެވޭގޮތުގެ ތަފްސީލު:

ޕޮއިންޓް ދިނުމުގައި ބަލާ މިންގަނޑު ތަކަކީ:

-          އަގު %80

-          މުއްދަތު

-     ތަޖުރިބާ % 10

  1. އަންދާސީހިސާބު އިވެލުއޭޓް ކުރާއިރު އަގުގެ ބެންޗްމާރކްގެ ގޮތުގައި ބަލާނީ އެންމެ ކުޑަ އަގަށެވެ.
  2. އަންދާސީހިސާބު އިވެލުއޭޓް ކުރާއިރު މުއްދަތުގެ ބެންޗްމާރކްގެ ގޮތުގައި ބަލާނީ އެންމެ ކުރު މުއްދަތެވެ.
  3. އަންދާސީ ހިސާބު އިވެލުވޭޓްކުރުމުގައި އެންމެ ދިގު ވޮރަންޓީ މުއްދަތު، ވޮރަންޓީގެ ބެންޗްމާކުގެ ގޮތުގައި ބަލާނެއެވެ.
  4. ބިޑް އިވެލުއޭޓް ކުރާނީ މިއިދާރާގެ ބިޑް އިވެލުއޭޝަން ކޮމިޓީންނެވެ.
  5. ބިޑް އިވެލުއޭޝަން ކޮމިޓީން އިވެލުއޭޓްކުރުމަށް ފަހު، ބިޑުތައް ކާމިޔާބު ކުރެވުނު ފަރާތަށާއި ނުކުރެވުނު ފަރާތްތަކަށް އެންގޭނެއެވެ.
  6. 1.      އިތުރު މަޢުލޫމާތު ސާފުކުރުން
  7. މި މަޝްރޫޢާއި ބެހޭގޮތޮން މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 2022 އޮގަސްޓް 01 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން ތިރީގައި ދަންނަވާފައިވާ ނަންބަރަށެވެ.

ފޯން ނަމްބަރ : 7948087

  1. ވިޔަފާރީގެ ވެރިފަރާތް ފިޔަވައި އެހެން ފަރާތެއް ބީލަން ހުށަހެޅުމަށް ވަޑައިގަންނަވާނަމަ ބަދަލުގައި ވަޑައިގަންނަވާ ފަރާތެއްކަން އަންގައިދޭ ލިޔުން ގެންނަވަންވާނެއެވެ.
  2. މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތަކާއި ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ހުށަހަޅާފައިނުވާ އަންދާސީ ހިސާބުތައް ބާޠިލުކުރެވޭނެއެވެ.

މިހެންވެ މިކަންއާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

19 ޖުލައި 2022
ހޯދާ