ދިވެހިރާއްޖެ
ތ. ހިރިލަންދޫ ކައުންސިލް އިދާރާގެ ގުދަން އިމާރާތް ކުރަން ބޭނުންވެއްޖެއެވެ. މިމަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން ބިޑް ހުށައެޅުމަށް އާންމުކޮށް ފުރުސަތު ހުޅުވާލަމެވެ.
މިމަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން 19 ޖުލައި 2022 ވާ އަންގާރަ ދުވަހުން ފެށިގެން 2 އޮގަސްޓް 2022 ވާ އަންގާރާ ދުވަހުގެ 11:00 ގެ ނިޔަލަށް ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ ރަސްމީ ގަޑީގައި މިކައުންސިލަށް ދުރުވެ ނުވަތަ [email protected] މެއިލްއަށް، ބިޑްރަޖިސްޓަރީ ކުރުމަށް އެދޭ ފޯމު ފުރިހަމަކޮށް ހުށައަޅައިގެން ރަޖިސްޓްރީކުރައްވައި، ބީލަން ކަރުދާސް ބައްލަވައިގަތުން އެދެމެވެ. ބީލަން ކަރުދާހުގެ އަގަކީ -/50ރ އެވެ. ރެޖިސްޓްރީވުމަށް އެދޭ ފޯމް މިއިދާރާއިންނާއި ދިވެހި ސަރުކާރުގެ ގެޒެޓުން ލިބެން ހުންނާނެއެވެ. މިމަސައްކަތައް ބީލަން ހުށައެޅުމުގެ ފުރުސަތު ލިބޭނީ ރަޖިސްޓްރީވެ، ބީލަން ކަރުދާސް ބައްލަވައިގަންނަވާ ފަރާތްތަކަށް އެކަންޏެވެ. މިއިދާރާގެ ނަންބަރ (IUL)389/389/2022/17 އިޢުލާނާއި ގުޅިގެން ބިޑް ފޮތް ބައްލަވައިގެންފައިވާ ފަރާތްތަކުން އަލުން ބިޑް ފޮތް ބައްލަވައިގަންނަވަން ފައިސާދައްކާކަށް ޖެހިވަޑައި ނުގަންނަވާނެއެވެ. މި ބީލަމާއި ގުޅިގެން ބާއްވާ ޕްރީ-ބިޑް މީޓިންގ އާއި ބިޑްހުށައެޅުމަށް ބާއްވާ ބައްދަލުވުން ހަމަޖެހިފައިވާގޮތް ތިރިގައިވާ ތާވަލްގައި އެވަނީއެވެ.
| 
 
  | 
 ތަން  | 
 ތާރީހް  | 
 ދުވަސް  | 
 ގަޑި  | 
| 
 ޕްރީ-ބިޑް މީޓިންގ  | 
 ތ.ހިރިލަންދޫ ކައުންސިލް އިދާރާ  | 
 03 އޮގަސްޓް 2022  | 
 ބުދަ  | 
 13:30  | 
| 
 ބިޑް ހުށައެޅުން  | 
 ތ.ހިރިލަންދޫ ކައުންސިލް އިދާރާ  | 
 07 އޮގަސްޓް 2022  | 
 އާދިއްތަ  | 
 11:00  | 
ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރަމެވެ.
