ދިވެހިރާއްޖެ
ރާއްޖޭގެ 5 ސަރަހައްދެއްގައި އެޅުމަށް ހަމަޖެހިފައިވާ 1500 ހައުސިންގް ޔުނިޓްގެ މަޝްރޫއުގެ ރެސިޑެންޓް އިންޖިނިއަރގެ ޚިދުމަތްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ދެވޭ ދަޢުވަތު
ސަރުކާރުގެ ބޯހިޔާވެހިކަމުގެ ޕްރޮގްރާމުގެދަށުން ރާއްޖޭގެ 5 ސަރަހައްދެއްގައި ވަނީ 1500 ހައުސިންގ ޔުނިޓް އަޅަންނިންމާފައެވެ. މި މަޝްރޫއުއަށް ވަނީ ރެސިޑެންޓް އިންޖިނިއާރގެ ހިދުމަތްދޭނެ 4 ފަރާތެއް ހޯދަން ބޭނުންވެފައެވެ. އަދި ކޮންމެ ރެސިޑެންޓް އިންޖިނިއަރަކާއިއެކު މަސައްކަތްކުރާނެ ޑިޕްލޮމާ ލެވެލްގެ ޓެކްނީޝަނަކާއި މަސައްކަތުގައި އެހީތެރިވާނެ އެސިސްޓަންޓެއް ހިމެނޭ ޓީމެއް ހޯދުމަށް ބޭނުންވެއެވެ. ވީމާ މިހިދުމަތް ދިނުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެފުރުސަތު މިމިނިސްޓްރީގެ ފަރާތުން ހުޅުވާލަމެވެ.
ރެސިޑެންޓް އިންޖިނިއަރުން ކަނޑައަޅާ ސަރަހައްދުތަކުގެ ތަފުސީލު
| 
 ސަރަހައްދު  | 
 ސްޓޭޝަންވެގެން ހުންނަންޖެހޭ ރަށް  | 
 ހައުސިންގ ޔުނިޓްތައް އިމާރާތްކުރެވޭ ރަށްތައް  | 
 އިންޖިނިއަރ  | 
 ޓެކްނީޝަން އަދި އެސިސްޓަންޓް  | 
| 
 1  | 
 ސ.ހިތަދޫ  | 
 ސ. ހިތަދޫ އަދި ސ.ހުޅުމީދޫ  | 
 1  | 
 1  | 
| 
 2  | 
 ޏ.ފުއައްމުލަކު  | 
 ޏ. ފުއައްމުލަކު  | 
 1  | 
 1  | 
| 
 3  | 
 ގދ.ތިނަދޫ  | 
 ގދ.ތިނަދޫ، ގދ.މަޑަވެލި، ގދ.ހޯޑެއްދޫ، ގދ.ގައްދޫ އަދި ގއ.ވިލިނގިލި  | 
 1  | 
 2  | 
| 
 4  | 
 ހުޅުމާލެ  | 
 ހުޅުމާލެ  | 
 1  | 
 1  | 
މިމަސައްކަތަށް ހޮވޭ ފަރާތުގެ މަސައްކަތުގެ ތެރޭގައި ތިރީގައި މިވާ މައިގަނޑު މަސައްކަތްތައް ހިމެނެއެވެ.
- ސައިޓްގެ ތަފުސީލު ސޮއިލް އިންވެސްޓިގޭޝަންއެއް ހެދުން.
 - ޑީޓެއިލް ޑިޒައިން ގައިވާ އިނޖިނިއަރިންގ އިމްޕްލިކޭޝަންސް އާއި ކޮންންސްޓްރަކްޓިބިލިޓީ ދެނެގަތުން.
 - މަސައްކަތަށް ބޭނުންވާ ކޮންސްޓްރަކްޝަން ޑީޓެއިލް މުޠާލިޔާކުރުން.
 - މި މަޝްރޫއުގެ ބޭނުންވާ ޝެޑިއުލް މުޠާލިޔާކޮށް އަދި ކޮސްޓް އިމްޕެކްޓް އެސެސްމަންޓް ތައްޔާރުކުރުން.
 - މަޝްރޫއުގެ މަސައްކަތްތައް ދުވަހުންދުވަހަށް ހިނގާގޮތް ބަލާ ރިޕޯޓް ތައްޔާރުކުރުން.
 - މަޝްރޫއުގެ ހުރިހާ ކޮންސްޓްރަކްޝަން މަރުހަލާ ނިމެންދެން ސުޕަރވައިޒްކޮށް ބެލެހެއްޓުން.
 
މިމަޝްރޫއުގެ މަސައްކަތަށް ވަކިފަރާތެއް ހޮވުމުގައި ޢަމަލުކުރެވޭނީ ވޯލްޑް ބޭންކުގެ ކޮންސަލްޓަންޓުން ހޮވުމަށާއި ވަޒީފާ ހަމަޖެއްސުމަށް ކަނޑައަޅާފައިވާ އުޞޫލުތައް، (ޖަނަވަރީ 2011)އާ އެއްގޮތަށެވެ. މި މަޝްރޫއަކީ ވޯލްޑް ބޭންކުގެ ފަންޑެއްގައި ހިންގޭ މަޝްރޫޢެއް ނޫން ކަމުގައި ދަންނަވެމެވެ.
ވީމާ މިކަމަށް ޝައުޤުވެރިވާ އިންޖިނިއަރުން 12 އޮކްޓޫބަރު 2014 ވާ އާދިއްތަ ދުވަހުގެ 14:00 ގެކުރިން، "އެކްސްޕްރެޝަން އޮފް އިންޓްރަސްޓް" އާއި ،މަސައްކަތް ކުރުމުގެ ހުނަރާއި ޤާބިލުކަން ސާބިތުކޮށްދޭ ކުންފުނީގެ/ފަރުދެއްގެ ޕްރޮފައިލާއި، ކުރިން ރާއްޖެފަދަ މާހައުލެއްގައި ނުވަތަ އެހެނިހެން ތަންތާނގައި ކޮށްފައިވާ މިފަދަ މަސައްކަތްތަކުގެ ތަފްސީލްއާއި، މިފަދަ މަސައްކަތްތަކެއް ކުރިއަށް ގެންދިޔުމަށް އެކަށީގެންވާ ފަންނީ މީހުން ކުންފުނީގައި ހިމެނޭކަން އަންގައިދިނުމުގެ ގޮތުން ހުށަހަޅާ ފަރާތްތަކާއި އެފަދަ ފަރާތްތަކުގެ ޤާބިލުކަން އަންގައިދޭ ވަނަވަރާއި އެހެނިހެން ތަފުސީލުތަކާއި، އަދި މިނޫންވެސް މިފަދަ މަސައްކަތެއް ކުރިއަށްގެންދިޔުމުގެ ޤާބިލުކަން ހުރިކަން ދައްކުވައިދޭ ލިޔެކިޔުންތައް މިމިނިސްޓްރީއަށް ހުށައެޅުއްވުން އެދެމެވެ. މަސައްކަތުގެ ޓާރމްސް އޮފް ރިފަރެންސް މި މިނިސްޓްރީގެ ވެބްސައިޓުން ޑައުންލޯޑް ކުރެވެން ހުންނާނެ ވާހަކަ ދެންނެވީމެވެ.
