ދިވެހިރާއްޖެ
ހުޅުމާލެ ހޮސްޕިޓަލުގެ މައި ސްލައިޑް ޑޯ ސިސްޓަމަށް ދިމާވެފައިވާ މައްސަލަބަލައި،ދެ ދޮރުގެ އޮޓޯމެޓިކް ސްލައިޑް ޑޯ ސިސްޓަމް ރަނގަޅުކޮށްދޭނެ ފަރާތެއް ހޯދުން
ނަންބަރު: TENDER/HMH/2022/019-R1
ހުޅުމާލެ ހޮސްޕިޓަލުގެ މައި ސްލައިޑް ޑޯ ސިސްޓަމަށް ދިމާވެފައިވާ މައްސަލަބަލައި، ދެ ދޮރުގެ އޮޓޯމެޓިކް ސްލައިޑް ޑޯ ސިސްޓަމް ރަނގަޅުކޮށްދޭނެ ފަރާތެއް ހޯދަމަށް ކުރި ނަންބަރު TENDER/HMH/2022/019 އިއުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީ ހިސާބު ހުށަހަޅާފައި ނުވާތީ، އަލުން އެފުރުސަތު ހުޅުވާލަމެވެ.
މައުލޫމާތު ދިނުން ރެޖިސްޓްރޭޝަން: |
ބިޑުގައި ބައިވެރިވާ ފަރާތްތައް ރަޖިސްޓްރީ ކުރުމަށް ބޭއްވޭ ޕްރީބިޑް ބައްދަލުވުން 24 ޖުލައި 2022 ވާ އާދީއްތަ ދުވަހުގެ 10:00 ގައި ހޮސްޕިޓަލުގެ ވައްލަ މީޓިންގް ރޫމުގައި އޮންނާނެއެވެ. ޕްރީބިޑް ބައްދަލުވުމަށް ގަޑިއަށް ހާޒިރުނުވާ ފަރާތްތަކަށް މި ބީލަމުގައި ބައިވެރި ނުވެވޭނެއެވެ. މަޢުލޫމާތު ސާފުކުރަން އޮންނަ ގަޑިއަށް ހާޒިރުނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ވާހަކަދަންނަވަމެވެ. |
އަންދާސީ ހިސާބު ހުށަހެޅުން: |
31 ޖުލައި 2022 ވާ އާދިއްތަ ދުވަހުގެ ހެނދުނު 10:00 ގައި ބިޑު ހުށަހެޅުން ހުޅުމާލެ ހޮސްޕިޓަލް ގެ ވައްލަ މީޓިންގ ރޫމުގައި އޮންނާނެއެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބިޑުތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ. އަންދާސީ ހިސާބު ހުށަހެޅުމަށް ކަނޑައެޅިފައިވާ ސުންގަޑިއަށްފަހު އަންދާސީ ހިސާބު ބަލައިނުގަނެވޭނެވާހަކަ ދެންނެވީމެވެ. އަންދާސީ ހިސާބު ހުށަހަޅާނީ މިހޮސްޕިޓަލުންދޭ މައުލޫމާތު ޝީޓާއި އެއްގޮތަށެވެ. |
މިއިއުލާނާއި ގުޅޭގޮތުން އެއްވެސް އިތުރު މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެ ވަޑައިގަންނަވާނަމަ 28 ޖުލައި 2022 ވާ އަންގާރަ ދުވަހުގެ 12:00ގެ ކުރިން [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ.
އިތުރު މަޢުލޫމާތު ހޯދެވުމަށް ގުޅުއްވާނީ:
ފޯން: 3350152 / 3350113
އީ-މެއިލް: [email protected]