| 
 މަޤާމުގެ ޝަރުޠު: 
  
 | 
- މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން ނުވަތަ،
 
- މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 2 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު މަޤާމުގެ މަސައްކަތާ ގުޅޭދާއިރާއެއްގައި 6 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ
 
- މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 3  އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ
 
- ވަކިވަކި ދާއިރާތަކުގެ އޮނިގަނޑުތަކުގައި އެ ދާއިރާއަކުން ޖީ.އެސް. 3 ރޭންކަށް ކަނޑައަޅާ ތަމްރީނެއް ހާސިލުކޮށްފައިވުން، ނުވަތަ
 
- މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ޙައްޤްވާ މާކުހެއް ލިބެމުން ދިޔުމާއިއެކު، ޖީ.އެސް 2 ރޭންކުގެ ޝަރުޠު ފުރިހަމަވެ، އެ ރޭންކްގައި މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި މަދުވެގެން 3 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ
 
- މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، ޖީ.އެސް 3 ރޭންކް ނުވަތަ އެއަށްވުރެ މަތީ ރޭންކަކާ އެއް ފެންވެންވަރުގެ މަޤާމެއްގައި، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 3 އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން، ނުވަތަ މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގެ  އެފެންވަރުގެ މަޤާމެއްގައި މަސައްކަތް ކުރަމުންދާ މީހެއްކަމުގައިވުން.
 
  | 
| 
 މަޤާމުގެ މަސްއޫލިއްޔަތު: 
 | 
- ރަސްމީ ދުވަސްތަކުގައި އޮފީސް ހުޅުވާ ލެއްޕުން އަދި ނުރަސްމީގަޑީގައި އޮފީސް ހުޅުވަން ޖެހިއްޖެނަމަ ވެރިޔާގެ ހުއްދަ އާއިއެކު އޮފީސް ހުޅުވާ ލެއްޕުން.
 
- މަސައްކަތު މީހުން، ޕިއޯން އަދި ވޮޗަރުންގެ މަސައްކަތްކުރާގޮތް ބަލާ އެމީހުން ކުރަންޖެހޭ މަސައްކަތްތައް ދުވަހުން ދުވަހައް ދެއްކުން.
 
- ކިޔަވައި ދިނުމަށް ބޭނުންކުރާ މެޝިނަރީތަކާއި ލައިބްރަރީގައިވާ ތަކެތި ފިޔަވައި އެހެނިހެން ތަކެތީގެ އިންވެންޓްރީ ބެލެހެއްޓުން.
 
- އޮފީހައް ބޭނުންވާ ތަކެތި ސްޓޮކަށް އޯޑަރުކޮށް ސްޓޮކް ގަވާއިދާއި އެއްގޮތަށް ބެލެހެއްޓުން.
 
- މަރުކަޒުން ބާއްވާ ޖަލްސާ، ސެމިނަރ ފަދަ ކަންކަމުގައި ހަރަކަތް ތެރިވުން.
 
- މުވައްޒަފުންގެ ވަޒީފާ ބަޔާންތަކާއި ހާޒިރީ ރިޕޯޓްތައް ބެލެހެއްޓުމާއި އަދި މުވައްޒަފުންނާއި ބެހޭ ރިކޯޑްތަށް ބެލެހެއްޓުން.
 
- މަރުކަޒަށް އަންނަ ސިޓީތަކަށް ޖަވާބު ދިނުމާއި މަރުކަޒުން ފޮނުވަންޖެހޭ ސިޓީތަށް ތައްޔާރުކޮށް ފޮނުވުން.
 
- ސެންޓަރ ފޮރ މެރިޓައިމް ސްޓަޑީސް ކުރިއެރުމަށްޓަކައި ހިންގާ އެކިއެކި ޕްރޮގްރާމްތައް ހިންގުމަށް އެހީތެރިވެދިނުން.
 
- ސެންޓަރ ފޮރ މެރިޓައިމް ސްޓަޑީސްގެ ލަނޑު ދަނޑި ހާސިލްކުރުމަށް އެއްބާރުލުމާއެކު މަސައްކަތްކުރުން.
 
  | 
| 
 އުޖޫރައާއި ޢިނާޔަތްތައް: 
 | 
 އިތުރުގަޑީ ގައި މަސައްކަތް ކުރާނަމަ އިތުރުގަޑީގެ ފައިސާ ހަމަޖެހިފައިވާ އުޞޫލުން ދެވޭނެއެވެ. 
 | 
| 
 ސިޓީއާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް: 
 | 
- މުއްދަތު ހަމަނުވާ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފު ކޮޕީ (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)
 
- ވަޒީފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާ ކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)
 
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓެވި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާ މެދު ދެކޭ ގޮތުގެ ލިޔުމެއް.
 
- ލިބިފައިވާ ތަޢްލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (އެކްރިޑިޓް ކޮށްފައިވާ ސަނަދާއި އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަސްލު)
 
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)
 
 
ނޯޓް: 
- އިޢުލާންގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާންގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
 
- އިޢުލާނުގައި ބަޔާންކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަންޖެހޭނެއެވެ.
 
- އިޢުލާންގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ފުރިހަމަ ނުވާ އެޕްލިކޭޝަންތައް ބާޠިލް ވާނެއެވެ.
 
- އިންޓަރވިޔު ކުރެވޭނީ އިޢުލާންގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠު ހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
 
- މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓި ފޮނުވޭނީ އިންޓަރވިޔުކޮށް ނިމުމަށްފަހުގައެވެ.
 
 
 | 
| 
 ސިޓީ ފޮނުވަންވީ ތާރީޚު:    
 | 
 13 އޮކްޓޫބަރު 2014 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެ ކުރިން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ/އިދާރީ މަރުކަޒަށް 
 | 
| 
 އިތުރު މަޢުލޫމާތު: 
 | 
- މަޢްލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3345409 ނަންބަރު ފޯނާއެވެ.
 
- މިމަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސް ދުވަސް ބެލެވޭނީ ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ. މިމުއްދަތުގެ ތެރޭގައި މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށްބަލައި، ވަޒީފާގެ އެއްބަސްވުން އެއްވެސް ނޯޓިހެއް ދިނުމަކާނުލައި، އުވާލާމުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ.
 
 
 |