ދިވެހިރާއްޖެ
އަންދާސީހިސާބުބޭނުންވެއްޖެ
މި މިނިސްޓްރީގެ ދަށުން ހިނގަމުންދާ މޯލްޑިވްސް ނެޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސްގެ ފަރާތުން އިންތިޒާމު ކޮށްގެން ހދ.ކުޅުދުއްފުށި، ލ.ގަން އަދި ޏ.ފުވައްމުލަކުގައި ސްޕޯޓްސް ފޮރ އޯލް ޕްރޮގްރާމް ހިންގައިދޭނެ ފަރާތެއް ހޯދުމަށް ކުރި ނަންބަރު: IUL)141-MNIS-A/141/1/2014/262)ފ(7 ސެޕްޓެންބަރު 2014) އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީހިސާބު ހުށަހަޅާފައިނުވާތީ އެ އިޢުލާން ބާޠިލުކޮށް، އަލުން އިޢުލާން ކުރަމެވެ.
ވީމާ، މި ޕްރޮގްރާމް ހިންގުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް މިފުރުޞަތު އަލުން ހުޅުވާލަމެވެ.
| 
 
  | 
 ތަން  | 
 ދުވަސް  | 
 ތާރީޚު  | 
 ގަޑި  | 
| 
 މަޢުލޫމާތު ސާފުކުރުން  | 
 ދިވެހި ރާއްޖޭގެ ކުޅިވަރު ކުރިއަރުވާ މަރުކަޒު (ހެންވޭރު ބޯޅަގޭގެ 3 ވަނަ ފަންގިފިލާއަށް)  | 
 އާދީއްތަ  | 
 12 އޮކްޓޫބަރު 2014  | 
 11:00 
  | 
| 
 އަންދާސީހިސާބު ހުށަހެޅުން  | 
 މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް (ވެލާނާގޭގެ 3 ވަނަ ފަންގިފިލާއަށް)  | 
 ބުރާސްފަތި  | 
 16 އޮކްޓޫބަރު 2014  | 
 11:00  | 
މަޢުލޫމާތު ސާފުކުރައްވަން ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކަށް ފަހުން މަޢުލޫމާތު ނޭރުވޭނޭ ވާހަކަ ދެންނެވީމެވެ.
6 ޛުލްޙިއްޖާ 1435
