މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
'ބްލޫ ޕްރިސްކްރިޕްޝަން ފޯރ ކޮންޓްރޯލް ޑްރަގްސް' ގެ ފޮތް ޗާޕުކޮށް ވިއްކާނެ ފަރާތެއް ހޯދުމަށް

"ބްލޫ ޕްރިސްކްރިޕްޝަން ފޯރ ކޮންޓްރޯލް ޑްރަގްސް" ގެ ފޮތް ޗާޕުކޮށް ވިއްކާނެ ފަރާތެއް ހޯދުމަށް ކުރެވުނު އިޢުލާން ނަންބަރު IUL)23-AP/1/2014/187) އާ ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީހިސާބު ހުށަހަޅާފައިނުވާތީ އެއިޢުލާން ބާޠިލުކޮށް، "ބްލޫ ޕްރިސްކްރިޕްޝަން ފޯރ ކޮންޓްރޯލް ޑްރަގްސް" ގެ ފޮތް ޗާޕުކޮށް ވިއްކާނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާންކުރަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 13 އޮކްޓޫބަރު 2014 ދުވަހުގެ ހެނދުނު 11:00 އަށް މިނިސްޓްރީ އޮފް ހެލްތު (ރޯޝަނީ ބިލްޑިންގ) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 16 އޮކްޓޫބަރު 2014 ދުވަހުގެ ހެނދުނު 11:00 އަށް މިނިސްޓްރީ އޮފް ހެލްތު (ރޯޝަނީ ބިލްޑިންގ) އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި މަޢުލޫމާތު ފުރިހަމަ ނުވާ އަންދާސީހިސާބު ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ.

06 ޛުލްޙިއްޖާ 1435

30 ސެޕްޓެންބަރު 2014
ހޯދާ