މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް
ދިވެހިރާއްޖެ
6 އެއަރކަންޑިޝަން ސަޕްލައިކޮށްދީ، ހަރުކޮށްދޭނެ ފަރާތެއް ހޯދަން

އަންދާސީހިސާބު ބޭނުންވެއްޖެ.

މިސަރވިސް އަށް 6 އެއަރކަންޑިޝަން (މިސަރވިސްއަށާއި މިސަރވިސްގެ ދަށުން ގދ. ކާޑެއްދޫ ރީޖަނަލް އެއަރޕޯޓްގައި ހުންނަ ކާޑެއްދޫ މެޓް އޮފީހަށާއި ލ. ކައްދޫ ރީޖަނަލް ވެދަރ ސަރވިސްގައި ހުންނަ ކައްދޫ މެޓް އޮފީހަށް އަދި ސ.ގަން ރީޖަނަލް ވެދަރ ސަރވިސްއަށް) ސަޕްލައިކޮށްދީ އަދި އެއޮފީހަކުން ދައްކާ ތަނެއްގައި އެއަރކަންޑިޝަންތައް ހަރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރެވުނު ދެވަނަ ނަންބަރު MMS-A/2014/22 އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީހިސާބު ހުށަހަޅުއްވާފައިނުވާތީ، އެ އިޢުލާން ބާޠިލުކޮށް އަލުން އިޢުލާން ކުރީމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2014 އޮކްޓޫބަރު 16 ވާ ބުރާސްފަތި ދުވަހުގެ 10:30 އަށް ހުޅުލޭގައި (އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓްގައި) ހުންނަ މިސަރވިސް (މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2014 އޮކްޓޫބަރު 23 ވާ ބުރާސްފަތި ދުވަހުގެ 10:30 އަށް މިސަރވިސްއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި، ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބުތައް ބަލައެއް ނުގަނެވޭނެއެވެ.

08 ޛުލްޙިއްޖާ 1435

02 އޮކްޓޫބަރު 2014
ހޯދާ