މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ހެލްތް ޕްރޮޓެކްޝަން އެޖެންސީއަށް ކޮންސަލްޓަންސީ މަސައްކަތެއް ހިންގުމަށް ޝައުގުވެރިވާ ފަރާތްތަކަށް

އިޢުލާން

ކޯވިޑް-19 އަދި ވެކްސިންގެ މަސައްކަތްތައް ކުރުމަށްޓަކައި ތަފާތު ގިނަ ވެބް އެޕްލިކޭޝަން އަދި ޑޭޓާ ބޭސްތައް ވަނީ ތައްޔާރުކުރެވިފައެވެ. މި ކޮންސަލްޓަންސީގެ ބޭނުމަކީ ހެދިފައިވާ ޕްލެޓްޕޯމްތައް އިތުރަށް ހަރުދަނާކުރުމެވެ. އެއީ މިމަސައްކަތްކުރާ މުވައްޒަފުންނާއި މިޕްލެޓްފޯމުތައް ބޭނުންކުރާ އާއްމުންނަށް ފަސޭހަކޮށްދިނުމުގެ ގޮތުންނެވެ. މީގެތެރޭގައި ކޯވިޑް-19 ވެކްސިންނަށް ހެދިފައިވާ ޕްލެޓްފޯމްތައް ވެސް ހިމެނެއެވެ.

ޝައުގުވެރިވާ ފަރާތްތަކުން ޕްރޮޕޯސަލް (ބަޖެޓާއެކު) 26 ޖުލައި 2022 ވާ އަންގާރަ ދުވަހުގެ މެންދުރު 12:00ގެ ކުރިން އެޗް ޕީ އޭ އަށް ހުށަހަޅައިދެއްވުންއެދެމެވެ. އީމެއިލް މެދުވެރިކޮށް ހުށަހަޅުއްވާނަމަ [email protected] އަށް އީމެއިލް ކޮށްދެއްވުންއެދެމެވެ.

 ނޯޓް: ޕްރޮޕޯސަލް ފޮނުވާ ފަރާތަކީ އަމިއްލަ ފަރާތެއްނަމަ ސީވީ، އެޓެސްޓްކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އަދި ދިވެއްސެއްނަމަ އައިޑީ ކާޑުގެ ކޮޕީ ނުވަތަ ބިދޭސީއެއްނަމަ ޕާސްޕޯޓުގެ ކޮޕީ  ހުށައަޅަން ވާނެވެ. އަދި ޕްރޮޕޯސަލް ފޮނުވާ ފަރާތަކީ ކޮމްޕެނީއެއްނަމަ ކޮމްޕެނީގެ ރަޖިސްޓްރޭޝަން ކޮޕީ އާއި ޖީ.އެސް.ޓީއަށް ރަޖިސްޓާރ ކޮއްފައިވާނަމަ ޖީ.އެސް.ޓީ ރަޖިސްޓްރޭޝަން ކޮޕީ ހުށައަޅަންވާނެވެ.

އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ 3014485 އަށް ގުޅާދެއްވުންއެދެމެވެ.

06 ޖުލައި 2022
ހޯދާ