މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް - މިނިސްޓްރީ އޮފް ހެލްތް

އިޢުލާން

މި މިނިސްޓްރީގެ ނަންބަރ (IUL)23-HRD(LR)/23/2022/259 އިއުލާނަށް އެކަށީގެންވާވަރަށް ކެޑިޑޭޓުން ކުރިމަތި ލައްވާފައި ނުވާތީ،

އަލުން މިމަގާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވައިލަމެވެ.

މަޤާމު

 ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް

މަޤާމުގެ ނަންބަރު

 J-338144

ބޭނުންވާ އަދަދު

 01 (އެކެއް)

މަޤާމުގެ ގިންތި

 ދާއިމީ

މަޤާމުގެ ރޭންކް

 އީ.އެކްސް 3

މަޤާމުގެ ކްލެސިފިކޭޝަން

 ޓެކްނިކަލް ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް

ޑިވިޝަން/ ސެކްޝަން

ހެލްތު އިންފޮމޭޝަން މެނޭޖްމަންޓް އެންޑް ރިސަރޗް ޑިވިޜަން 

ވަޒީފާ އަދާކުރަންޖެހޭ ތަން

 މިނިސްޓްރީ އޮފް ހެލްތު

މުސާރަ

 -/11،065 ރުފިޔާ    

ސަރވިސް އެލަވަންސް

 -/2000 ރުފިޔާ

އެހެނިހެން އެލަވަންސް

  1. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  2. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާއާއި އެހެނިހެން އިނާޔަތްތައް
  3. ޓެކްނިކަލް ކޯ ގެ ޝަރުތު ފުރިހަމަވާ ފަރާތެއްނަމަ ޓެކްނިކަލް ކޯ އެލަވަންސްގެ ގޮތުގައި މުސާރައިގެ %28 އަދި ޓެކްނިކަލް ކޯ އަށް ޝަރުތުފުރިހަމަނުވާ ފަރާތެއްނަމަ ސަޕޯޓިންގ ކޯ އެލަވަންސް 2 ގެ ގޮތުގައި މަހަކު -/1300 ރުފިޔާ (ޓެކްނިކަލް ކޯ ދާއިރާ: ހެލްތު އިކޮނޮމިކްސް، ހެލްތް އިންފޮމޭޝަން މެނޭޖްމަންޓް، ހެލްތް ރިސަރޗް، ހެލްތު ސްޓެޓިސްޓިކްސް)

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

  1. ޞިއްޙީ ތަފާސްހިސާބުގެ މަސައްކަތާއި ޞިއްޙީ ދިރާސާތައްކުރުމުގެ މަސައްކަތް އަދި ހެލްތު އިންފޮރމޭޝަން އާއި ގުޅުންހުރި ސެކްޓަރގެ ޕްރޮޖެކްޓް / ޕްރޮގްރާމްތައް ރާވާ ހިންގުމުގެ މަސައްކަތް ވިލަރެސްކޮށް މަސައްކަތް މުވައްޒަފުންނާއި ހަވާލުކޮށް ނިންމާތޯ ބެލުން.
  2. ޑިވިޝަންގެ މުއައްޒަފުންނަށް މަސައްކަތްތައް ހަވާލުކޮށް، މަސައްކަތްތައް ހިނގާ ނުހިނގާގޮތް ބަލާ މުއައްޒަފުންގެ މަސައްކަތްތައް ކުރުމުގައި މަގުދައްކައިދީ އެހީތެރިވެދިނުން.
  3. ޑިވިޜަނުން ކުރަމުންގެންދާ މަސައްކަތްތައް ފައިލްކުރުމާ އެރެކޯޑްތައް ބެލެހެއްޓޭނެ ނިޒާމެއް ރާވާ މުއައްޒަފުންލައްވާ އެކަންކަން ގަވާއިދުން ކުރުވާ، ރެކޯޑްތައް ބެލެހެއްޓުން.
  4. ޞިއްޙީތަފާސް ހިސާބު ގެ ހަރުދަނާ ނިޒާމެއް ސިއްހީ ދާއިރާގައި ގާއިމް ކުރުމުގެ މަސައްކަތްތައް މުވައްޒަފުންނާއި ހަވާލުކޮށް ހިނގާ ނުހިނގާގޮތް ބެލުން.
  5. ނެޝަނަލް ހެލްތް އެކައުންޓްސް އަދި ހެލްތު ފައިނޭންސް އާއި ގުޅޭޤައުމީ ފެންވަރެއްގައި ކުރެވޭޞިއްޙީޚަރަދުތައް ރިވިއުކުރުމަށް މުއައްޒަފުންނާއި ހަވާލުކޮށް ޕޮލިސީ ލެވެލްއާއި ޙިއްސާކުރުން.
  6. ނެޝަނަލް ހެލްތު އެކައުންޓްސްއަށާއި މައިކްރޯ އަދި މެކްރޯ ލެވެލްގެ ހެލްތު އިކޮނޮމިކްސް އަށް ބޭނުންވާ ސިއްޙަތަށް ކުރާ ހޭދައިގެ  މަޢުލޫމާތުތައް އެއްކޮށް ރިޕޯރޓްތައް ތައްޔާރުކުރުމުގެ މަސައްކަތް ވިލަރެސްކުރުން.
  7. ހެލްތު އިކޮނޮމިކްސް ސެކްޝަނުން އެއްކުރާ މަޢުލޫމާތުތައް މިނިސްޓްރީގެ ޕޮލިސީ ލެވެލްގެ ބޭފުޅުންނާއި އެހެން ސެކްޝަންތަކާއި އަދި އޮފީސްތަކާއި ޙިއްސާކޮށް، ބައިނަލް އަޤުވާމީ ޖަމިއްޔާ ޖަމާޢަތްތަކަށާއި ރާއްޖޭގެ ކަމާބެހޭ ފަރާތްތަކަށް ފޮނުވަންޖެހޭ ލިޔެކިޔުންތައް ތައްޔާރުކޮށް ބެލެހެއްޓުމުގެ މަސައްކަތްތައް މުވައްޒަފުންނާއި ހަވާލުކޮށް ހިނގާ ނުހިނގާގޮތް ބެލުން.
  8. ޞިއްޙީ ދާއިރާގައި ދިރާސާ ކުރަން ބޭނުންވާ ދާއިރާތަކާއި މަޢުލޫތައް ފާހަގަކޮށް، ގަވާއިދުން އާންމުކުރުމުގެ މަސައްކަތް މުވައްޒަފުންނާއި ހަވާލުކޮށް ހިނގާ ނުހިނގާގޮތް ބެލުން.
  9. ޞިއްޙީ ދާއިރާއާއި ގުޅޭ ރިސަރޗްތައް ކުރުމުގެ ސިޔާސަތުތަކާއި މިންގަނޑުތައް އެކުލަވާލައި ކުރެވޭ ދިރާސާތައް ވިލަރެސްކޮށް މޮނިޓަރކޮށް ބޭނުންކުރާ ފަރާތްތަކަށް ލިބޭނެ އިންތިޒާމް ހަމަޖެއްސުން.
  10. ސިއްޙީ ދާއިރާގައި ދިރާސާކުރުމަށް ކަނޑައެޅިފައިވާ ދާއިރާތަކާއި މައުލޫތަކުގެ މައްޗަށް ރިސާރޗް ހެދުމަށް އެހީތެރިވެދިނުމާއި، ވިލަރެސްކުރުން.
  11. ނެޝަނަލް ހެލްތު ރިސާރޗް ކައުންސިލް އަދި ނެޝަނަލް ހެލްތު  އިންފޮރމޭޝަން ސްޓިއަރިންގ ކޮމެޓީގެ ސެކްރެޓްރިއޭޓްގެ މަސައްކަތްކުރާ މުވައްޒަފުންގެ މަސައްކަތް މޮނިޓަރކޮށް ކައުންސިލް/ކޮމިޓީގެ މަސައްކަތް ވިލަރެސް ކުރުން.
  12. އެއްކުރެވޭ ތަފާސް ހިސާބުތަކުގެ ފެންވަރާ ސްޓޭންޑަޑްތައް ހިފަހައްޓަން ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  13. ރާއްޖޭގެ ޞިއްޙީހާލަތު އޮތްގޮތް ހާމަކޮށްދިނުމަށް ތަފާސް ހިސާބުތައް އެނެލައިޒްކުރުމާއި ރިޕޯރޓްތައް ތައްޔާރުކޮށް ޝާއިއު ކުރުމުގެ މަސައްކަތް ކޯރޑިނޭޓްކޮށް މޮނިޓަރ ކުރުން.
  14. އެއްކުރެވޭ ތަފާސްހިސާބުތައް ބޭނުންކޮށްގެން ރާއްޖޭގެ ޞިއްޙީ ހާލަތު ދައްކުވައިދޭ ކުރުރިޕޯޓް/ޕްރޮފައިލް/އިންފޮގްރަފިކްސް ތައްޔާރު ކުރުމުގެ މަސައްކަތް މުވައްޒަފުންނާއި ހަވާލުކޮށް ހިނގާ ނުހިނގާގޮތް ބެލުން.
  15. ޞިއްޙީ ދާއިރާގެ ތަފާސްހިސާބުގެ ކޮލިޓީ ކޮންޓްރޯލްކޮށް، ކޮލިޓީ ދެމެހެއްޓުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ވިލަރެސްކުރުން.
  16. ޞިއްޙީ ދާއިރާއިންނާއި އެހެނިހެން ފަރާތްތަކުން ފޮނުވާ ސްޓެޓިސްޓިކްސްތައް ޗެކްކޮށް ވެލިޑޭޓް ކުރުމުގެ މަސައްކަތް މުވައްޒަފުންނާއި ހަވާލުކޮށް ހިނގާ ނުހިނގާގޮތް ބެލުން.
  17. ކޮންމެ އަހަރަކު އެއްފަހަރު ނެރެވޭ ހެލްތު ރިސަރޗް ބުލެޓިންގ/ހެލްތު ސްޓެޓިސްޓިކްސް ރިޕޯރޓް/ނެޝަނަލް ހެލްތު އެކައުންޓްސް  އަދި  އެހެނިހެން ޕަބްލިކޭޝަންސްގެ މަސައްކަތްތައް މުވައްޒަފުންނާއި ހަވާލުކޮށް ހިނގާ ނުހިނގާގޮތް ބެލުން.
  18. ރާއްޖޭގައި އިންޓެގްރޭޓެޑް ހެލްތް އިންފޮރމޭޝަން ސިސްޓަމެއް ޤާއިމު ކުރުމަށް މުވައްޒަފުންނާއި ހަވާލުކޮށް ހިނގާ ނުހިނގާގޮތް ބެލުން.
  19. ދިވެހިރާއްޖޭގެ ޞިއްޙީ ދާއިރާގައި ބޭނުންކުރެވޭ އެންމެހާ ހެލްތު އިންފޮރމޭޝަން ސިސްޓަމްތަކާއި، ސޮފްޓްވެއަރތައް ނޭޝަނަލް ހެލްތު އިންފޯމޭޝަން ސިސްޓަމްއާ ގުޅުވާލުމުގެ އެންމެހާ މަސައްކަތްތައް ވިލަރެސްކޮށް، މަސައްކަތްތައް މުވައްޒަފުންނާއި ހަވާލުކޮށް ހިނގާ ނުހިނގާގޮތް ބެލުން.
  20. ރާއްޖޭގައި ބޭނުން ކުރެވޭ ސޮފްޓްވެއަރތަކުގެ ޑޭޓާބޭސްއެއް އެކުލަވާލުމާއި، ބެލެހެއްޓުމަށް ކުރަންޖެހޭ މަސައްކަތްތައް މުވައްޒަފުންނާއި ހަވާލުކޮށް ހިނގާ ނުހިނގާގޮތް ބެލުން.

 

މަޤާމުގެ ޝަރުތުތައް

  1. މަގާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 6 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

 2. މަގާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ       ލެވެލް 9 އިން ފެށިގެން މަތީގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތުގެ           ދާއިރާއެއްގައި މަދުވެގެން 4 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ތަޢުލީމީ ރޮނގުތައް:

  • ބަޔޯއިންފޯމެޓިކްސް
  • ކޮމިއުނިޓީ ހެލްތު
  • ޑާޓާ ސައިންސް
  • ގްލޯބަލް ހެލްތު ޕޮލިސީ
  • ހެލްތު އިކޮނޮމިކްސް
  • ހެލްތު ފައިނޭންސް
  • ހެލްތު އިންފޮމެޓިކްސް
  • ހެލްތް އިންފޮމޭޝަން މެނޭޖްމަންޓް
  • ހެލްތު ޕޮލިސީ
  • ހެލްތް ރިސަރޗް
  • ހެލްތު ސައިންސް
  • ހެލްތް ސަރވިސް އެޑްމިނިސްޓްރޭޝަން
  • ހެލްތް ސަރވިސް މެނޭޖްމަންޓް
  • ހެލްތު ސްޓެޓިސްޓިކްސް
  • އިންޓަރނޭޝަނަލް ހެލްތު
  • އިންޓަނޭޝަނަލް ރިލޭޝަންސް
  • ޕޮލިސީ ސްޓަޑިޒް
  • ޕްރައިމަރީ ހެލްތުކެއަރ
  • ޕްރޮޖެކްޓު މެނޭޖުމަންޓު
  • ޕަބްލިކް ހެލްތު
  • ޕަބްލިކް ޕޮލިސީ

މަޤާމުގެ ޕްރިފަރޑް ޑިސިޕްލިން: ނެތް

މަޤާމުގެ ކޯ ޑިސިޕްލިން:

  • ހެލްތު އިކޮނޮމިކްސް
  • ހެލްތް އިންފޮމޭޝަން މެނޭޖްމަންޓް
  • ހެލްތް ރިސަރޗް
  • ހެލްތު ސްޓެޓިސްޓިކްސް

ގުޅޭ ވަޒީފާގެ ދާއިރާ

  • ހެލްތު ސާވިސަސް

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.) https://www.csc.gov.mv/download/2021/84/1e148c34-bc04-4150-9537-29309c104aa7.docx
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ. (މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީ އަދި އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް ފިޔަވައި، ދިވެހިރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒުތަކުން ދޫކުރާ ކޯސް ފުރިހަމަކުރިކަމުގެ ލިޔުން (ކޯސް ކޮމްޕްލީޝަން ލެޓަރ) ބަލައިގަނެވޭނީ، ލިޔުމުގައި މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން "ބެޗް ވެލިޑޭޓް" ކޮށް ދަރިވަރުންނަށް ސަނަދު ދިނުމުގެ ހުއްދަ އެ މަރުކަޒަކަށް ދީފައިވާ ހުއްދަ ނަންބަރު ހިމަނާފައިވާ ނަމައެވެ.)

    6. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

  (ބ)   ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

އަސާސީ ޝަރުޠު ހަމަވުން

30

އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު

5

ކޯ ނުވަތަ ޕްރިޕަރޑް ޑިސިޕްލިންއާ ގުޅޭ ސަނަދަށް ދެވޭ ޕޮއިންޓް

5

އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ

5

އެސެސްމަންޓް (އިމްތިޙާނު ނުވަތަ ޕްރެކްޓިކަލް)

15

ޕްރެޒެންޓޭޝަން

10

އިންޓަރވިއު

30

މަޤާމަށް އެދެންވީގޮތާއި ސުންގަޑި

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި މެއިލްކުރައްވާނީ 19 ޖުލައި 2022 ވަނަ ދުވަހުގެ 13:30 ގެ ކުރިން [email protected]  އަށެވެ.

 އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ނޯޓް: އެޕްލިކޭޝަން ފޯމާއިއެކު ހުރިހާ ޑޮކިއުމަންޓެއް އެއް ފައިލްއަކަށް ޕީ.ޑީ.އެފް ކުރުމަށް ފަހު، ފައިލުގައި އެޕްލިކޭޝަން ހުށަހަޅާ ފަރާތުގެ ނަމާއި މަޤާމު ނަންބަރު ޖެހުމަށް ދަންނަވަމެވެ.

ޝޯޓް ލިސްޓް ކުރުން

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިންޓަރވިއު އާއި ޕްރެޒެންޓޭޝަން    (އިމްތިޙާނު/ ޕްރެކްޓިކަލް) އޮންނާނެ ތަނާއި، މުއްދަތު:

މިމަގާމަށް މީހަކު ހޮވުމަށް ބޭއްވޭ އެސެސްމެންޓް(އިމްތިޙާނު ނުވަތަ ޕްރެކްޓިކަލް)، އިންޓަރވިއު އަދި ޕްރެޒެންޝަން އޮންނާނީ، 2022 ޖޫލައި/ އޮގަސްޓް މަހު މިނިސްޓްރީ އޮފް ހެލްތުން ކަނޑައަޅާތަނެއް ގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ މުއްދަތުގައި ޕްރެޒެންޓޭޝަން، އެސެސްމެންޓް (އިމްތިޙާނު ނުވަތަ ޕްރެކްޓިކަލް)، އިންޓަރވިއު އަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ވަޒީފާއަށް ކުރިމަތިލީ

ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ޝީޓް) އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި " ވާޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމް) އާންމުކޮށް ފެންނާނެހެން މި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓް އާންމު ކުރާދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް [email protected] އަށް ހުށަހަޅަންވާނެއެވެ.

އިތުރު މަޢުލޫމާތު

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3014423 ނަންބަރު ފޯނަށެވެ. އަދި އީ-މެއިލް ކުރައްވާނީ [email protected]  އަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް > "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.

 

 

06 ޖުލައި 2022
ހޯދާ