ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ސީނިއަރ އޮފިސަރ

ވަޒީފާގެ ފުރުޞަތު

މަޤާމް:

ސީނިއަރ އޮފިސަރ

ވަޒީފާގެ ދާއިރާ:

ހިއުމަން ރިސޯސަސް އެންޑް ޓްރެއިނިންގ ޑިޕާޓްމަންޓް

ބޭނުންވާ ޢަދަދު:

03

އަސާސީ މުސާރަ އާއި އެހެނިހެން އެލަވަންސް:

-/8,000ރ އާއި -/16,000ރ ދެމެދު (އަސާސީ މުސާރަ އަދި އެހެނިހެން އެލަވަންސް ހިމެނޭނެހެން)

 ފެންވަރު ނުވަތަ ޝަރުޠު:

  • ހިއުމަންރިސޯސަސް ދާއިރާއިން އެޑްވާންސް ޑިޕްލޮމާ ހާސިލްކޮށްފައިވުން

ނުވަތަ؛

  • ހިއުމަންރިސޯސަސް ދާއިރާއިން ޑިޕްލޮމާ ހާސިލްކޮށްފައިވުމާއި އެކު މަސައްކަތާއި ގުޅުން ހުރި ދާއިރާއަކުން މަދުވެގެން 03 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

ދާއިރާގެ މައިގަޑު މަސައްކަތް:

  • މުވައްޒަފުންނާއި ގުޅުންހުރި އެކި ކަންތައްތައް ހަރުދަނާކުރުމައްޓަކައި ހެދިފައިވާ ޕޮލިސީތައް ރިވައިސްކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  • މުވައްޒަފުންނާއި ގުޅުން ހުރި ކަންކަމުގެ މައުލޫމާތު ޕްރެޒެންޓޭޝަން ތައްޔާރު ކުރުމާއި ހަދަންޖެހޭ މައުލޫމާތު ކަރުދާސް ތައްޔާރުރުން.
  • މުވައްޒަފުންގެ ޚިދުމަތުގެ ފެންވަރު ބެލުމަށް ފުރިހަމަކުރާ ފޯމްތައް ޗެކުކޮށް ބެލެހެއްޓުމާއި، އިވެލުއޭޝަން ރިޕޯޓް ތައްޔާރުކުރުން.
  • މުވައްޒަފުންނަށް ދެވޭ ޓްރެއިނިންތައް ހިންގުމައްޓަކައި ކުރަންޖެހޭ އިދާރީ މަސައްކަތްތައް ކުރުމާއި ބެލެހެއްޓުން.
  • ކުންފުނީގެ ވަޒީފާތަކަށް ނަގާ މުވައްޒަފުންގެ ރިކޯޑްތައް ބެލެހެއްޓުމާއި ރެކްރޫޓްމަންޓް އާއި ގުޅުން ހުރި މަސައްކަތްތައް.

ވަޒީފާއަށް ހުށަހެޅުމުގެ މުއްދަތުހަމަވާ ތާރީޚް:

17 ޖުލައި 2022 ވަނަ ދުވަހުގެ 15:00 ގެ ކުރިން

ސުންގަޑި:

މި މަޤާމްތަކަށް އެދޭ ފަރާތްތަކުން، ވަޒީފާއަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު، ތިރީގައިވާ ލިޔުންތަކާއެކު، މި ކުންފުނީގެ ހެޑް އޮފީހުގެ ރިސެޕްޝަނަށް ނުވަތަ [email protected]  އަށް 17 ޖުލައި 2022 ވަނަ ދުވަހުގެ 15:00 ގެ ކުރިން ހުށަހެޅުން އެދެމެވެ.

އިންޓަވިއު:

އިންޓަވިއުކުރެވޭނީ ޝޯޓްލިސްޓްކުރެވޭ ފަރާތްތަކާއެވެ.

ހުށަހަޅަން ޖެހޭ ލިޔުން:

  1. ވަޒީފާ އަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު މިކުންފުނީގެ އިންފޮމޭޝަން ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މިކުންފުނީގެ www.stelco.com.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ.)
  2. ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ
  3. އެހެން ތަނެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އެތަނެއްގައި ވަޒީފާ އަދާކޮށްފައިވާ ކަމުގެ ލިޔުން
  4. ދިވެހި ރައްޔިތެއްކަން އަންގާދޭ ކާޑުގެ ކޮޕީ

އިތުރު މަޢުލޫމާތު:

  • މިވަޒީފާތަކަށް ހޮވޭ ފަރާތްތަކަށް އަސާސީ މުސާރައިގެ އިތުރުން ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ އާއި ވަޒީފާ އަށް ނުކުންނަ ކޮންމެ ދުވަހަކަށް ދެވޭ އެލަވަންސް ދެވޭނެއެވެ.
  • ވަޒީފާއަށް ހޮވުމުގައި ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރަށާއި މަސައްކަތުގެ ދާއިރާއިން ތަޖުރިބާ ހުރި ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
  • މިމަޤާމް އަށް ޝަރުތު ހަމަވާ ފަރާތެއް ނުލިބިއްޖެނަމަ، ވަޒީފާއަށް އެދިފައިވާ ފަރާތްތަކުގެ ތެރެއިން، އެފަރާތްތައް ހުށަހަޅާފައިވާ ލިޔެކިއުންތަކާއި، ތަޖުރިބާ އަދި އިންޓަވިއުއަށް ބެލުމަށްފަހު، އެންމެ އެކަށީގެންވާ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތު ހަމަޖެއްސުމުގެ އިޚްތިޔާރު މިކުންފުންޏަށް ލިބިގެންވެއެވެ.

                06 ޛުލްހިއްޖާ 1443

                05 ޖުލައި   2022

05 ޖުލައި 2022
ހޯދާ