ދިވެހިރާއްޖެ
ގދ.ގައްދޫ އިން ވިޔަފާރި މަރުކަޒެއް ހިންގުމަށް ބިން ކުއްޔަށްދިނުން
ގދ.ގައްދޫ ދެކުނު ބަނދަރު ސަރަޙައްދު މަސްވެރިންގެ ހިޔާގެ ގޮތުގައި ހަދަންފެއްޓިފައިވާ ޢިމާރާތް ހުރި ބިން އެބިމުގެ އުތުރު (ޝާރިއުލްއަމީން މަގާއިގުޅޭ) ކަންމައްޗާއި ހަމައަށް ވިޔަފާރި ބޭނުންތަކަށް ތަރައްޤީކޮށް މަސްވެރިންނާއި ބަނދަރު ބޭނުންކުރާ ފަރާތްތަކަށް މަންފާ ކުރާނެ ގޮތަކަށް 15 އަހަރުގެ މުއްދަތަށް ކުއްޔަށް ދިނުމަށް މިކައުންސިލުން ބޭނުންވެއެވެ.
ވީމާ، މިބިމުގައި ވިޔަފާރި މަޒުކަޒެއް ތަރައްޤީކޮށް ހިންގުމަށް ޝައުގުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން ގދ.ގައްދޫ ކައުންސިލް އިދާރާއަށް ވަޑައިގެން ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
| 1 | އަގު ހުށަހެޅުމުގެ ސުންގަޑި އާއި ހުށަހަޅާނެ ގޮތް | 
 | 
| 2 | އަންދާސީ ހިސާބު ހުށަހަޅާއިރު ހުށަހަޅަން ޖެހޭ ލިޔުންތައް | ބީލަން ހުށަހަޅާ ފޯމް، މައުލޫމާތު ޝީޓްގައި ބަޔާންކޮށްފައިވާ ލިޔުންތައް. 
 | 
މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.
 
                    