ދިވެހިރާއްޖެ
| އީ-ސަރވިސް ރޯލްއައުޓް ޕްރޮޖެކްޓަށް އީ-ސަރވިސް ސަޕޯޓް ޓެކްނީޝަނުން މީހުން ބޭނުންވެއްޖެ | 
ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޯލޮޖީގެ ބެލުމުގެ ދަށުން އީ-ސަރވިސް ރޯލްއައުޓް ޕްރޮޖެކްޓްގައި މަސައްކަތް ކުރާނެ ހީވާގި، ޤާބިލް، މަސައްކަތައް ޝައުޤުވެރިކަންހުރި މީހުން ހޯދަން ބޭނުންވެއެވެ.
| ބޭނުންވާ އަދަދު: | 06 (ހައެއް) | 
| މަސައްކަތުގެ މުއްދަތު: | 6 މަސްދުވަސް (މަސައްކަތުގެ ފެންވަރު ބެލުމަށް ފަހު މުއްދަތު އިތުރު ކުރެވޭނެ) | 
| މަސައްކަތުގެ ވަގުތު: | ބަންދުނޫން ކޮންމެ ދުވަހަކު ހެދުނު 08:00 މެންދުރުފަހު 03:00 (އޮފީހުން ބޭނުންވެއްޖެ ހާލަތެއްގައި ހަވީރު 05:00 ޖަހަންދެން މަސައްކަތް ކުރެވެންވާނެއެވެ.) | 
| އުޖޫރަ: | އަސާސީ މުސާރަ -/4,465 ރުފިޔާ ސަރވިސް އެލަވަންސް 3,062/75 ރުފިޔާ | 
| ފެންވަރު/ޝަރުޠު | ޖީ.ސީ.އީ އޯ ލެވެލް ގެ 3 (ތިން) މައްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވާ ވުމާއި، އިންފޮމޭޝަން ޓެކްނޯލޮޖީ ދާއިރާގެ އަސާސީ ތައުލީމު ލިބިފައިވުން (މިމަސައްކަތައް ބޭނުންވާ ފެންވަރާއި ޝަރުޠުގެ އިތުރު ތަފްސީލު އަދި "ޓާމްސް އޮފް ރިފަރެންސް" މިއޮފީހުގެ ވެބްސައިޓް (www.ncit.gov.mv) އިން ލިބެން ހުންނާނެއެވެ.) | 
| މައިގަނޑު މަސައްކަތްތައް: | 
 | 
| ހުށަހަޅަންޖެހޭ ލިޔެކިއުންތައް: 
 | 
 | 
ހުށަހަޅަންޖެހޭ ތާރީޚު: މި މަސައްކަތައް ޝައުޤުވެރިވެލައްވާ ބޭފުޅުން 15 އޮކްޓޫބަރު 2014 ވާ ބުދަ ދުވަހުގެ 15:00 ގެ ކުރިން މަތީގައި ބަޔާންކުރެވިފައިވާ ލިޔެކިއުންތަކާއި އެކު ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޯލޮޖީއަށް ހުށަހެޅުއްވުން އެދެމެވެ.
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 4000 334 (960) މި ނަންބަރަށެވެ.
އޮފީހުގެ މަޢުލޫމާތު:
ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޯލޮޖީ،
64، ކަލާފާނު ހިނގުން، މާލެ، ދިވެހިރާއްޖެ
ފޯނު ނަންބަރު: 4000 334 (960) ، ފެކްސް ނަންބަރު: 4004 334 (960)
އީމޭލް އެޑްރެސް: [email protected]
ވެބްސައިޓް: www.ncit.gov.mv
05 ޛުލްޙިއްޖާ 1435
 
                    