ހުވަދުއަތޮޅު ދެކުނުބުރީ ފިޔޯރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގދ.ފިޔޯރީ ކައުންސިލްގެ އިދާރާ ލޯގޯ ފަރުމާ ކޮށްދޭނެ ފަރާތެއް ހޯދަންކުރެވުން ނަންބަރ (IUL)422/422/2022/20 އިޢުލާނަށް އެކަށީގެންވާ ތަރުހީބެއް ލިބިފައި ނުވާތީ އެ އިޢުލާން ބާތިލް ކޮށް އަލުން އިޢުލާން ކުރަމެވެ.

ގދ.ފިޔޯރީ ކައުންސިލްގެ އިދާރާގެ ލޯގޯ ފަރުމާކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް އަލުން އެފުރުޞަތު ހުޅުވާލަމެވެ. އެގޮތުން ހުށަހެޅޭ ލޯގޯތަކުގެ ތެރެއިން އެންމެ ރަނގަޅުކަމަށް ކަނޑައަޅާ ލޯގޯ ހުށަހެޅި ފަރާތަކަށް 4000.00 (ހަތަރުހާސް) ރުފިޔާގެ އިނާމެއް ދިނުމަށް ކައުންސިލުން ވަނީ ނިންމާފައެވެ.

ލޯގޯ ފަރުމާ ކުރުމާގުޅޭ މަޢުލޫމާތު ކަރުދާސް މި އިޢުލާނާ އެކު އެއްކަރުދާސް ކުރެވިފައިވާނެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 21 ޖުލައި 2022 ވަނަ ދުވަހުގެ 14:00 ގެ ކުރިން ލޯގޯގެ ޑިޒައިންގ މިއިދާރާގެ ޕްރޮކިއުމެންޓް އީ-މެއިލް [email protected]‎  އަށް އީމެއިލް ކުރެއްވުން އެދެމެވެ.

މި އިޢުލާނާ ގުޅޭ އެއްވެސް މަޢުލޫމާތެއް ސާފުކުރަން ބޭނުންފުޅުވާ ފަރާތްތަކުން 19 ޖުލައި 2022 ވާ އަންގާރަ ދުވަހުގެ 12:00 ގެ ކުރިން ދެންނެވިފައިވާ އީ-މެއިލް އަށް ސުވާލުތައް ފޮނުއްވުމަށް ދަންނަވަމެވެ. އަދި ސަރުކާރު ބަންދުނޫން ދުވަސްތަކުގެ ރަސްމީ ގަޑީގައި މިއިދާރާގެ ފޯނު ނަންބަރު  7997075 އަށް ގުޅުއްވައިގެންވެސް މައުލޫމާތު ސާފުކުރެއްވޭނެއެވެ.

03 ޖުލައި 2022
ހޯދާ