ދިވެހިރާއްޖެ
|
އިޢުލާން ނަންބަރ |
(IUL) PSM-FP/ PSM/2022/152 |
|
ޕްރޮކިއުމަންޓް ރިފަރެންސް ނަންބަރ |
(PROC-50-22) PSM-EB/2022/68 |
އިޢުލާން
ޕްރޮޕޯސަލް ހުށަހެޅުމުގެ ދަޢުވަތު
މިކުންފުންނީގެ އިންޓާނަލް އޮޑިޓްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވާތީ އެމަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް ގެޒެޓްކުރެވުނު (IUL) PSM-FP/ PSM/2022/134 ނަންބަރ އިޢުލާނާގުޅިގެން މަޢުލޫމާތު ސާފްކުރުމަށް 4 ފަރާތަކުން ޙާޒިރުވި ކަމުގައިވިއަސް އެއްވެސް ފަރާތަކުން ޕްރޮޕޯސަލް ހުށަހަޅާފައިނުވާތީ، އެއިޢުލާން ބާޠިލްކޮށް، އަދި އެއިޢުލާނާގުޅިގެން ދީފައިވާ މަޢުލޫމާތު ރިކުއަރމެންޓަށް ބައެއް ބަދަލުގެނަސް، ރާއްޖޭގައި ރަޖިސްޓްރީކޮށް ހިންގަމުންދާ އޮޑިޓް / އެކައުންޓިންގ ފާރމްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު އަލުން ހުޅުވާލަމެވެ.
ވީމާ، މިކުންފުނިން ދޭ މަޢުލޫމާތާއި އެއްގޮތަށް މި މަސައްކަތް ކޮށްދިނުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 07 ޖުލައި 2022 ވާ ބުރާސްފަތި ދުވަހުގެ 12:00 އަށް ޕީ.އެސް.އެމް ހެޑްއޮފީސް (ރޭޑިއޯބިލްޑިންގ) އަށް ޙާޟިރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު 24 ޖުލައި 2022 ވާ އާދިއްތަ ދުވަހުގެ 12:00 އަށް ޕީ.އެސް.އެމް ހެޑްއޮފީސް (ރޭޑިއޯބިލްޑިންގ) އަށް ޙާޟިރުވެ ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ.
ޕްރޮޕޯސަލް ހުށަހަޅުއްވާއިރު މަޢުލޫމާތުދިނުމުގެ ބައްދަލުވުމުގައި ދޫކުރާ މަޢުލޫމާތު ކަރުދާހުގައިވާ ހުރިހާކަމެއް ފުރިހަމަކުރައްވައި ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ. އަދި މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ހާސިރުވެވަޑައިނުގަންނަވާ ފަރާތްތަކުގެ ޕްރޮޕޯސަލް ބަލައި ނުގަނެވޭނެއެވެ.
01 ޛުލްޙިއްޖާ 1443
30 ޖޫން 2022
