ދިވެހިރާއްޖެ
| މަޤާމް :ޓެކްނިކަލް ސަޕޯރޓް އޮފިސަރ | |
|---|---|
| ބޭނުންވާ އަދަދު :1 | |
މަޤާމުގެ ކްލެސިފިކޭޝަން: ހަޔަރ ޓެކްނިކަލް ސަޕޯރޓް އޮފިސަރ (އާކިޓެކްޓް) މުސާރަ: - އަސާސީ މުސާރަ: -/7،000 ރުފިޔާ އިތުރު ޢިނާޔަތްތައް: - ސަރވިސް އެލަވަންސްގެ ގޮތުގައި މަހަކު: -/2،700 ރުފިޔާ - ނޮން-ޕްރެކްޓިސް އެލަވަންސް (އަސާސީ މުސާރައިގެ %35): -/2،450 ރުފިޔާ - އިތުރުގަޑީގައި މަސައްކަތް ކުރަން ޖެހިގެން މަސައްކަތް ކޮށްފިނަމަ ގިނަވަގެން މަހަކު (އަސާސީ މުސާރައިގެ %60): -/4،200 ރުފިޔާ - ހަމަޖެހިފައިވާ އުޞޫލުގެ ތެރެއިން ޕްރޮފެޝަނަލް އެލަވަންސް (އަސާސީ މުސާރައިގެ %20): -/1،050 ރުފިޔާ - ކެއުމާއި ބޭސްފަރުވާ ކުރުން މަޤާމުގެ ޝަރުތު: - އާކިޓެކްޗުރަލް ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 07 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު މަސައްކަތުގެ ދާއިރާއިން މަދުވެގެން 02 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ، - އާކިޓެކްޗުރަލް ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 05 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު މަސައްކަތުގެ ދާއިރާއިން މަދުވެގެން 05 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު: - ސައިޓުގައިި ކުރަންޖެހޭ އަރކިޓެކްޗުރަލް ސަރވޭ ކުރުމާއި ސަރވޭ ރިޕޯޓް ޗެކްކުރުން. - އަރކިޓެކްޗުރަލް، ސްޓްރަކްޗަރަލް އަދި ސަރވިސް ޑްރޯވިންގްސް ޑްރާފްޓް ފައިނަލް ކުރުން. - ކޮންސެޕްޓް ޑްރޯވިންގްސް ތައްޔާރުކޮށް ޗެކްކޮށް، ގެންނަން ޖެހޭ ބަދަލުތައް ގެނައުން. - ޓެންޑަރ ކުރެވޭ ބިޑްތަކަށް ބޭނުންވާ މަޢުލޫމާތުތައް ޗެކްކޮށް ފައިނަލްކުރުން. - ޕްރޮޖެކްޓްގެ ފައިނަލް ކުރެހުން ސެޓް ފައިނަލްކޮށް އެޕްރޫވްކުރުން. - ޕްރީ ބިޑް މީޓިންގްތަކުގައި ކުރެވޭ ސުވާލުތައް ނޯޓްކޮށް ޔުނިޓު ހެޑްގެ މަޝްވަރާގެ މަތިން ޖަވާބުތައް ޗެކްކޮށް ފައިނަލްކުރުން. - އިންފްރާސްޓްރަކްޗަރ އެންޑް ބިލްޑިންގ ޑެވެލޮޕްމަންޓް ގެ އެކްޝަން ޕްލޭން އަދި ސްޓޭންޑަރޑް އޮޕަރޭޓިންގ ޕްރޮސިޖަރގައި ހިމެނިފައިވާ ލަޑުދަނޑިތައް ހާސިލްކުރުމަށާއި، ކުރިއެރުވުމަށާއި އަދި ތަރައްޤީއަށް ކުރެވޭ މަސައްކަތްތަކުގައި، ހެޑް އޮފް ޔުނިޓް އަދި ހެޑް އޮފް ޑިޕާރޓްމަންޓް އަންގަވާ ގޮތެއްގެ މަތިން މަސައްކަތްކުރުން. މީހުން ހޮވުމުގައި އިސްކަން ދެވޭނެ ކަންތައްތައް: - މަޤާމުގެ މަސައްކަތާއި ގުޅުން ހުރި ދާއިރާއަކުން މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ. އިތުރު މަޢުލޫމާތު: - މި މަޤާމަށް އެދި ފޯމް ހުށަހަޅާ ފަރާތަކީ ދިވެހި ރާއްޖޭގައި ރަޖިސްޓްރީ ކޮށްފައިވާ އެއްވެސް ސިޔާސީ ޕާޓީއެއްގެ ރަޖިސްޓްރީގައިވާ ފަރާތެއް ކަމުގައި ނުވުން. - މިވަޒީފާއަށް ކުރިމަތިލާ ފަރާތްތަކަށް ދެވޭ މެޑިކަލް އެގްޒަމިނޭޝަން، ޕޮލިގްރަފީ ޓެސްޓް، ކުރެވޭ އިންޓަރވިއު އަދި ބެކްގްރައުންޑް އެސެސްމަންޓުން ފާސްވުން. އާންމުކޮށް މަސައްކަތްކުރަންޖެހޭ ތަން: މާލެ. އާންމުކޮށް މަސައްކަތްކުރަންޖެހޭ ގަޑި: ރަސްމީ ޑިއުޓީ / ދަންފަޅި ޑިއުޓީ ހުށަހަޅަންޖެހޭ ލިޔުންތައް: - ދިވެހި ފުލުހުންގެ ޚިދުމަތުގެ ވަޒީފާއަށް އެދި ހުށަހަޅާ ފޯމް، - ދިވެހި ފުލުހުންގެ ޚިދުމަތުގެ ވަޒީފާއަށް އެދޭ ފަރާތްތަކުގެ ކުށުގެ ރެކޯރޑް ބަލާ ފޯމް، - ދިވެހި ރައްޔިތެއްކަން އަންގައިދޭކާޑުގެ ކޮޕީ، - ތައުލީމީ ސަނަދު ނުވަތަ ސެޓްފިކެޓްތަކުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަސްލު)، - ލިބިފައިވާ ހުނަރުވެރިކަމުގެ ސެޓްފިކެޓްތަކުގެ ކޮޕީ، - ނެގިފަހުން 3 މަސް ވެފައިނުވާ އެފަރާތެއްގެ ޕާސްޕޯރޓް ސައިޒުގެ ފޮޓޯ (1 ފޮޓޯ ފޯމުގައި ތަތްކޮށްފައި)، - ދިވެހި ސިވިލް ސަރވިސް ނުވަތަ އެހެންވެސް ވަޒީފާއެއްގައި ދެމިހުރިމީހެއްނަމަ، ވަޒީފާ އަދާކުރަމުންދާ އޮފީހުގެ އިޢުތިރާޒެއް ނެތް ކަމުގެ ލިޔުން، - ކުރިން ވަޒީފާ އަދާކޮށްފައިވާ މީހެއްނަމަ ވަޒީފާ އަދާކުރި ތަންތަނުން ވަޒީފާ އަދާކުރިކަމުގެ ލިޔުން. ސުންގަޑި: މި މަޤާމަށް އެދި ހުށަހަޅާ ފަރާތްތަކުން ދިވެހި ފުލުހުންގެ ޚިދުމަތުގެ ވަޒީފާއަށް އެދި ހުށަހަޅާ ފޯމާއި ކުށުގެ ރެކޯޑް ބަލާ ފޯމް ފުރިހަމަކުރުމަށްފަހު ހުށަހަޅަންޖެހޭ ލިޔުންތަކާއެކު 2022 ޖުލައި 21 ވަނަ ދުވަހުގެ 16:00 ގެ ކުރިން ޝަހީދު ޙުސައިން އާދަމް ބިލްޑިންގގެ ރިސެޕްޝަނަށް ހުށަހެޅުން އެދެމެވެ. މި މަޤާމަށް އެދި ހުށަހަޅާ ފޯމްތައް ބަލައިގަންނާނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ 14:00 ން 16:00 އަށެވެ. ނޯޓް: ވަޒީފާއަށް އެދި ހުށަހަޅާ ފޯމު ދިވެހި ފުލުހުންގެ ޚިދުމަތުގެ ވެބްސައިޓް (www.police.gov.mv) އިން ލިބެން ހުންނާނެއެވެ. މީގެ އިތުރުން ވަޒީފާއަށް އެދި ހުށަހަޅާ ފޯމު އަދި ކުށުގެ ރެކޯރޑް ބަލާ ފޯމް މި އިޢުލާނާއެކު އެއްކަރުދާސްކުރެވިފައިވާނެއެވެ. މިމަޤާމުތަކަށް އެދި ފޯމު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން މަޤާމުގެ ޝަރުޠު ހަމަނުވާ ފަރާތްތަކުގެ ފޯމު ބާޠިލުވާނެއެވެ. އަދި އިންޓަވިއުއަށް ކިޔާނީ ވަޒީފާއަށް އެދި ފޯމު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށެވެ. 01 ޛުލްޙިއްޖާ 1443 |
