ދިވެހި ފުލުހުންގެ ޚިދުމަތް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މަޤާމް :ޓެކްނިކަލް ސަޕޯރޓް އޮފިސަރ
ބޭނުންވާ އަދަދު :1

މަޤާމުގެ ކްލެސިފިކޭޝަން: ހަޔަރ ޓެކްނިކަލް ސަޕޯރޓް އޮފިސަރ (އިންޓީރިއަރ ޑިޒައިނަރ)

މުސާރަ:

- އަސާސީ މުސާރަ:  -/7،000 ރުފިޔާ

އިތުރު ޢިނާޔަތްތައް:

- ސަރވިސް އެލަވަންސްގެ ގޮތުގައި މަހަކު: -/2،700 ރުފިޔާ

- ނޮން-ޕްރެކްޓިސް އެލަވަންސް (އަސާސީ މުސާރައިގެ %35): -/2،450 ރުފިޔާ

- އިތުރުގަޑީގައި މަސައްކަތް ކުރަން ޖެހިގެން މަސައްކަތް ކޮށްފިނަމަ ގިނަވަގެން މަހަކު (އަސާސީ މުސާރައިގެ %60): -/4،200 ރުފިޔާ

- ހަމަޖެހިފައިވާ އުޞޫލުގެ ތެރެއިން ޕްރޮފެޝަނަލް އެލަވަންސް (އަސާސީ މުސާރައިގެ %20): -/1،050 ރުފިޔާ

- ކެއުމާއި ބޭސްފަރުވާ ކުރުން

މަޤާމުގެ ޝަރުތު:

- އިންޓީރިއަރ ޑިޒައިނިންގގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 07 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު މަސައްކަތުގެ ދާއިރާއިން މަދުވެގެން 02 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،

- އިންޓީރިއަރ ޑިޒައިނިންގގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 05 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު މަސައްކަތުގެ ދާއިރާއިން މަދުވެގެން 05 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

- އިންފްރާސްޓްރަކްޗަރ ޑެވެލޮޕްމަންޓް ޔުނިޓް ހެޑްގެ ލަފާގެމަތިން ކުރިއަށް ރާވާ ޕްރޮޖެކްޓްތަކުގެ އިންޓީރިއަރ ޑިޒައިންކުރުން.

- ސައިޓުގައި ކުރަންޖެހޭ އިންޓީރިއަރ ސަރވޭކުރުމުގައި ބައިވެރިވުމާއި ޗެކްކުރުން.

- އިންޓީރިއަރ ލޭއައުޓު ހެދުމާއި، ފާނިޗަރ ޑީޓެއިލްކުރުމާއި، ތަފްސީލްކުރަންޖެހޭ އިންޓީރިއަރ ކުރެހުންތައް ޗެކްކޮށް ފައިނަލްކުރުން.

- އިންޓީރިއަރ ކޮންސެޕްޓްތައް ތައްޔާރުކުރުމާއި ރެންޑަރކުރުން.

- އިންޓީރިއަރ ފިނިޝިންގ ޝެޑިއުލް ތައްޔާރުކުރުން.

- އިންޓީރިއަރ ޕްރޮޖެކްޓްތަކުގައި ކޮންސަލްޓެންސީ ދިނުން.

- ސާރވޭކޮށް، ކޮންސެޕްޓް ޑްރޯވިންގްސްއާއި އަރކިޓެކްޗުރަލް އިލަސްޓްރޭޝަން ތައްޔާރުކުރުމާއި އެހީތެރިވުން.

މީހުން ހޮވުމުގައި އިސްކަން ދެވޭނެ ކަންތައްތައް:

- މަޤާމުގެ މަސައްކަތާއި ގުޅުން ހުރި ދާއިރާއަކުން މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

އިތުރު މަޢުލޫމާތު:

- މި މަޤާމަށް އެދި ފޯމް ހުށަހަޅާ ފަރާތަކީ ދިވެހި ރާއްޖޭގައި ރަޖިސްޓްރީ ކޮށްފައިވާ އެއްވެސް ސިޔާސީ ޕާޓީއެއްގެ ރަޖިސްޓްރީގައިވާ ފަރާތެއް ކަމުގައި ނުވުން.

- މިވަޒީފާއަށް ކުރިމަތިލާ ފަރާތްތަކަށް ދެވޭ މެޑިކަލް އެގްޒަމިނޭޝަން، ޕޮލިގްރަފީ ޓެސްޓް، ކުރެވޭ އިންޓަރވިއު އަދި ބެކްގްރައުންޑް އެސެސްމަންޓުން ފާސްވުން.

އާންމުކޮށް މަސައްކަތްކުރަންޖެހޭ ތަން: މާލެ.

އާންމުކޮށް މަސައްކަތްކުރަންޖެހޭ ގަޑި:   ރަސްމީ ޑިއުޓީ / ދަންފަޅި ޑިއުޓީ

ހުށަހަޅަންޖެހޭ ލިޔުންތައް:

- ދިވެހި ފުލުހުންގެ ޚިދުމަތުގެ ވަޒީފާއަށް އެދި ހުށަހަޅާ ފޯމް، 

- ދިވެހި ފުލުހުންގެ ޚިދުމަތުގެ ވަޒީފާއަށް އެދޭ ފަރާތްތަކުގެ ކުށުގެ ރެކޯރޑް ބަލާ ފޯމް،

- ދިވެހި ރައްޔިތެއްކަން އަންގައިދޭކާޑުގެ ކޮޕީ،

- ތައުލީމީ ސަނަދު ނުވަތަ ސެޓްފިކެޓްތަކުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަސްލު)،

- ލިބިފައިވާ ހުނަރުވެރިކަމުގެ ސެޓްފިކެޓްތަކުގެ ކޮޕީ،

- ނެގިފަހުން 3 މަސް ވެފައިނުވާ އެފަރާތެއްގެ ޕާސްޕޯރޓް ސައިޒުގެ ފޮޓޯ (1 ފޮޓޯ ފޯމުގައި ތަތްކޮށްފައި)،

- ދިވެހި ސިވިލް ސަރވިސް ނުވަތަ އެހެންވެސް ވަޒީފާއެއްގައި ދެމިހުރިމީހެއްނަމަ، ވަޒީފާ އަދާކުރަމުންދާ އޮފީހުގެ އިޢުތިރާޒެއް ނެތް ކަމުގެ ލިޔުން،

- ކުރިން ވަޒީފާ އަދާކޮށްފައިވާ މީހެއްނަމަ ވަޒީފާ އަދާކުރި ތަންތަނުން ވަޒީފާ އަދާކުރިކަމުގެ ލިޔުން.

ސުންގަޑި:

މި މަޤާމަށް އެދި ހުށަހަޅާ ފަރާތްތަކުން ދިވެހި ފުލުހުންގެ ޚިދުމަތުގެ ވަޒީފާއަށް އެދި ހުށަހަޅާ ފޯމާއި ކުށުގެ ރެކޯޑް ބަލާ ފޯމް ފުރިހަމަކުރުމަށްފަހު ހުށަހަޅަންޖެހޭ ލިޔުންތަކާއެކު 2022 ޖުލައި 21 ވަނަ ދުވަހުގެ 16:00 ގެ ކުރިން ޝަހީދު ޙުސައިން އާދަމް ބިލްޑިންގގެ ރިސެޕްޝަނަށް ހުށަހެޅުން އެދެމެވެ. މި މަޤާމަށް އެދި ހުށަހަޅާ ފޯމްތައް ބަލައިގަންނާނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ 14:00 ން 16:00 އަށެވެ.

ނޯޓް: ވަޒީފާއަށް އެދި ހުށަހަޅާ ފޯމު ދިވެހި ފުލުހުންގެ ޚިދުމަތުގެ ވެބްސައިޓް (www.police.gov.mv) އިން ލިބެން ހުންނާނެއެވެ. މީގެ އިތުރުން ވަޒީފާއަށް އެދި ހުށަހަޅާ ފޯމު އަދި ކުށުގެ ރެކޯރޑް ބަލާ ފޯމް މި އިޢުލާނާއެކު އެއްކަރުދާސްކުރެވިފައިވާނެއެވެ.

މިމަޤާމުތަކަށް އެދި ފޯމު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން މަޤާމުގެ ޝަރުޠު ހަމަނުވާ ފަރާތްތަކުގެ ފޯމު ބާޠިލުވާނެއެވެ. އަދި އިންޓަވިއުއަށް ކިޔާނީ ވަޒީފާއަށް އެދި ފޯމު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށެވެ.

01 ޛުލްޙިއްޖާ 1443

30 ޖޫން 2022
ހޯދާ