ތިލަދުންމަތީ ދެކުނުބުރީ މަކުނުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މި އަހަރުގެ އަޟްޙާ ޢީދުގައި ގާޑިޔާ މޭޒުފަދަ ތަކެތި ބަހައްޓައިގެން ވިޔަފާރިކުރުމުގެ ހުއްދަ ދިނުމާއި ގުޅޭ

1443 ވަނަ އަހަރުގެ އަޟްޙާ ޢީދު ކުލަގަދަކޮށް ފާހަގަކުރުމަށް ކައުންސިލުން ނިންމަފައިވާތީ، 2022 ޖުލައި 9 އިން ފެށިގެން ޖުލައި 13 އަށް ޢީދުގެ ހަރަކާތްތައް ކުރިއަށްދާ ސަރަޙައްދުގައި ގާޑިޔާ މޭޒުފަދަ ތަކެތި ބަހައްޓައިގެން ވިޔަފާރިކުރުމުގެ ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ. އެގޮތުން ކުރިމަތިލެވޭނެ ފަރާތައް ތިރީގައި އެވަނީއެވެ.

  1. ވިޔަފާރި ރަޖިސްޓުރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓުރީ ކުރެވިފައިވާ އެންމެހާ ފަރާތްތަކަށް
  2. ޖަމިއްޔާތަކުގެ ޤާނޫނު (ޤާނޫނު ނަންބަރ:2022/3) ގެ ދަށުން ރަޖިސްޓުރީ ކުރެވިފައިވާ ޖަމިއްޔާ ޖަމާޢަތްތަކަށެވެ. (ފަންޑް ރައިޒް ކުރުމުގެ ބޭނުމުގައި)
  3. ސަރުކާރުގެ މުއައްސަސާތަކަށް (ފަންޑް ރައިޒް ކުރުމުގެ ބޭނުމުގައި)

ގާޑިޔާ ނުވަތަ މޭޒުބަހައްޓައިގެން ވިޔަފާރި ކުރެވޭނީ ކައުންސިލުން ކަނޑައަޅާފައިވާ ފީ ކައުންސިލަށް ދެއްކުމަށްފަހުއެވެ. އެގޮތުން ހުއްދަ ދެވޭ ފަރާތްތަކަށް ދުވާލަކަށް ދައްކަންޖެހޭނެ ފީގެ އަދަދަކީ -/150 ދިވެހި ރުފިޔާއެވެ. އަދި ހުއްދަ ދެވޭ ކޮންމެ ފަރާތަކަށް ދެވޭނީ 1 (އެކެއް) ސްލޮޓެވެ. އަދި ހުއްދަ ދެވޭ ސަރަޙައްދުގައި ކެއްކުމަކީ މަނާކަމެކެވެ. އަދި ކުރިމަތިލާފަރާތަކީ މުއައްސަސާއެއް ނުވަތަ ޖަމިއްޔާއެއްނަމަ ފަންޑްރައިޒް ކުރާ ބޭނުން އެނގޭނެ ގޮތަށް ފޯމަށް އަޕްލޯޑް ކުރަންވާނެއެވެ.

އަދި މުނާސަބަތުތަކާއި ގުޅިގެން ކުރު މުއްދަތަކަށް ގާޑިޔާ މޭޒުފަދަ ތަކެތި ބަހައްޓައިގެން ވިޔަފާރިކުރުމުގެ ޤަވާއިދުގެ ދަށުން ހުއްދަ ދެވޭ ފަރާތްތައް ފިޔަވައި އެހެނިހެން ފަރާތްތައް ގާޑިޔާ މޭޒުފަދަ ތަކެތި ބަހައްޓައިގެން ވިޔަފާރިކުރުމަކީ މަނާކަމެކެވެ.

ވީމާ މި އަހަރުގެ އަޟްޙާ ޢީދުގައި ގާޑިޔާ މޭޒުފަދަ ތަކެތި ބަހައްޓައިގެން ވިޔަފާރިކުރުމަށް ބޭނުންވާ ފަރާތްތަކުން ތިރީގައިވާ ފޯމް ފުރުއްވުމަށްފަހު 2022 ޖުލައި 3 ވަނަ ދުވަހުގެ 12:00 ގެ ކުރިން ފޮނުއްވުން އެދެމެވެ.

ފޯމް ލިންކް: https://forms.gle/zPQxrLE372JhXQcKA

މުނާސަބަތުތަކާއި ގުޅިގެން ކުރު މުއްދަތަކަށް ގާޑިޔާ މޭޒުފަދަ ތަކެތި ބަހައްޓައިގެން ވިޔަފާރިކުރުމުގެ ޤަވާއިދު ލިންކް: https://bit.ly/3OzxQcm

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 7789355 ނަމްބަރާއި ގުޅުއްވުން އެދެމެވެ.

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

30 ޖޫން 2022
ހޯދާ