ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަން
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

ވަޒީފާގެ ފުރުޞަތު

މަޤާމް:

 އެޑްމިނިސްޓްރޭޓިވް އޮފިސަރ

ކްލެސިފިކޭޝަން:

 އޮފިސަރ  (GS-2)

ބޭނުންވާ އަދަދު:

 01

މަސައްކަތް ކުރަންޖެހޭ ތަން:

 ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން / ކ. މާލެ

އަސާސީ މުސާރަ:

 5,400.00 ރުފިޔާ

ލިވިންގ އެލަވަންސް:

 4،000.00 ރުފިޔާ

ނޮންޕްރެކްޓިސް އެލަވަންސް:

 އަސާސީ މުސާރައިގެ %45 (2،430.00 ރުފިޔާ)

ރަސްމީ ގަޑި:

 ހެނދުނު 8:00 އިން މެންދުރުފަހު 14:00 އަށް

ކޮމިޝަނުގެ މުވައްޒަފުންނަށް ލިބިދެވޭ އެހެނިހެން އިނާޔަތްތައް:

 

  • ޤާނޫނު ނަންބަރު 2008/2 (ވަޒީފާއާ ބެހޭ ޤާނޫނު) ގައި ބަޔާންކޮށްފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ހަމަޖައްސައި ދެވޭނެއެވެ.

މަޤާމުގެ މައިގަނޑު މަސައްކަތް

  1. މުވައްޒަފުންގެ ހާޒިރީ އަޕްޑޭޓްކޮށް ބެލެހެއްޓުން.
  2. ކޮންމެ މަހެއް ނިމުމުން ހާޒިރީ ރިޕޯޓު ހަދުމާއި ހާޟިރީއާ ގުޅޭގޮތުން އަޅަންޖެހޭ ފިޔަވަޅު އެޅުމުގެ މަސައްކަތް ކުރުން.
  3. މެންބަރުންނާއި މުވައްޒަފުންގެ ޗުއްޓީ ރެކޯޑުތައް އަޕްޑޭޓްކޮށް ބެލެހެއްޓުން.
  4. މުވައްޒަފުން ހޯދުމަށް ކުރަންޖެހޭ އިއުލާނު ތައްޔާރުކުރުމާއި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކާ އިންޓަރވިއުކުރުމަށާއި އެ ފަރާތްތަކަށް އިމްތިހާނާއި، ޕްރެޒެންޓޭޝަން ދިނުމާ ގުޅޭގޮތުން ކުރަންޖެހޭ ތައްޔާރީތައް ކުރުން.
  5. ކޮމިޝަނުގެ އެޗް.އާރް މަސައްކަތާ ގުޅޭ ލިޔެކިޔުންތަކުގެ ރެކޯރޑްސް ފައިލްކޮށް، ފަސޭހައިން ފެންނަ ގޮތަށް ބެލެހެއްޓުން.
  6. ސެޕް ސިސްޓަމުން މުވައްޒަފުން ހަޔަރ/ފަޔަރކޮށް، ސްޓޭޓަސް އަޕްޑޭޓްކުރުން.
  7. ސީނިއަރ އެޑްމިން އޮފިސަރ ނުވަތަ ސީނިއަރ އެޗްއާރް އޮފިސަރ ނެތް ޙާލަތުގައި މުވައްޒަފުންގެ މަހުމުސާރައިގެ ހިސާބުތައް ތައްޔާރުކުރުން.
  8. ސެކްޝަނުން ފޮނުވަންޖެހޭ ލިޔެކިޔުން ތައްޔާރުކޮށް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.
  9. އަހަރު ރިޕޯޓަށް ބޭނުންވާ މައުލޫމާތު ނަގާ ފޮނުވަންޖެހޭ މުއްދަތުގައި އެމައުލޫމާތުތައް ފޮނުވުން.
  10. މުވައްޒަފުންގެ ޓްރޭނިންގއާ ގުޅޭގޮތުން ކުރަންޖެހޭ މަސައްކަތް ކުރުން.
  11. ކްރެޑިޓް ސްކީމްތަކުގެ މައުލޫމާތު އަޕްޑޭޓްކޮށް ބެލެހެއްޓުން.
  12. މެންބަރުންނާއި މެންބަރުންގެ ޑިޕެންޑެންޓުންގެ ހެލްތް އިންޝޫރަންސްއާ ގުޅޭ މަސައްކަތްތައް ކުރުން.
  13. މިނޫނަސް އޮފީހުގެ ރަސްމީ މަސައްކަތާ ގުޅޭގޮތުން ކުރުމަށް އަންގާ އެހެން މަސައްކަތްތައް ކުރުން.

މަޤާމުގެ އަސާސީ ޝަރުޠު:

  1. ޖީ.ސީ.އީ އޭލަވް އިމްތިހާނުގައި، އިނގިރޭސި އަދި ދިވެއްސާއެކު، 4 މާއްދާއިން "ސީ" ގްރޭޑް އިން މަތި ލިބިފައިވުން.  ނުވަތަ
  2. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގެ މިފެންވަރުގެ މަޤާމެއްގައި މަސައްކަތް ކުރަމުންދާ މީހެއް ކަމުގައިވުން. ނުވަތަ
  3. އޮފިސަރ ފެންވަރުގެ މަގާމެއްގައި  2 އަހަރު ދުވަހު މަސައްކަތްކޮށް މަސައްކަތުގެ ތަޖުރިބާ ލިބިފައިވުމާއެކު، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ޖެހިޖެހިގެން 2 އަހަރު 85 އިންސައްތަ މާކްސް ލިބިފައިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަކޮށްފައިވާ ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުގެ ވަޒީފާއަށް އެދޭ ފޯމް. (މި ފޯމު ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުގެ ވެބްސައިޓުން ޑައުންލޯޑްކުރެވެން ހުންނާނެއެވެ. https://nic.gov.mv/dhi))
  2. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ. (ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ގޮތަށް(
  3. މަޤާމަށް އެދޭފަރާތުގެ ވަނަވަރު (ސީވީ). (ގުޅޭނެ ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  4. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛
  • (ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ
  • (ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ. (އަދި ކޯސް ފުރިހަމަކުރިކަމުގެ ލިޔުން ހުށަހަޅާ ނަމަ، ފުރިހަމަކޮށްފައިވާ ކޯހުގެ ފެންވަރު ބަޔާންކޮށް އެ އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓް ހުށަހަޅަން ވާންވާނެއެވެ.)

5. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

  • (ހ)   ދައުލަތުގެ އަދި ސިވިލް ސަރވިސްގެ އިދާރާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި ވަޒީފާގެ މަސްއޫލިއްޔަތު ނުވަތަ ވާޖިބުތައް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
  •  (ށ)   ދިވެހިރާއްޖޭގައި ހިންގާ ރިޒޯޓުތަކާއި އެ ރިޒޯޓުތަކުގެ މައި އޮފީހުން ދޫކޮށްފައި ހުންނަ ތަޖުރިބާ އަންގައިދޭ ލިޔުންތަކާއި، މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖްގައި ލިސްޓުކޮށްފައިވާ އަމިއްލަ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައި ވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި ވަޒީފާގެ މަސްއޫލިއްޔަތު ނުވަތަ ވާޖިބުތައް ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން.
  • (ނ)  އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި ވަޒީފާގެ މަސްއޫލިއްޔަތުތަކާއި، މުވައްޒަފުންގެ އަދަދު ބަޔާންކޮށް، އެ ތަނަކުން ދޫކޮށްފައިވާ ލިޔުން. (އަމިއްލަ ކުންފުނި ނުވަތަ އިދާރާތަކުގެ ތަޖުރިބާގެ ލިޔުންތަކަށް ޕޮއިންޓް ދޭނީ އެ ތަނެއްގައި މަސައްކަތްކުރާ މުވައްޒަފުންގެ އަދަދު 10 އަށްވުރެ މަދުނުވާނަމައެވެ.)
  • (ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްޢިއްޔާ ނުވަތަ ޖަމާޢަތެއްގައި މަސައްކަތްކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި ވަޒީފާގެ މަސްއޫލިއްޔަތުތަކާއި، މުވައްޒަފުންގެ އަދަދު ބަޔާންކޮށް، އެ ތަނަކުން ދޫކޮށްފައިވާ ލިޔުން.

މަގާމަށް  ކުރިމަތިލާ ފަރާތްތަކަށް ޕޮއިންޓްދޭނެ މިންގަނޑު:

  1. އަސާސީ ޝަރުތު ހަމަވުން: 30 ޕޮއިންޓް
  2. އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ: 10 ޕޮއިންޓް
  3. އިމްތިހާނު ނުވަތަ ޕްރެކްޓިކަލް : 20 ޕޮއިންޓް
  4. އިންޓަރވިއު: 40 ޕޮއިންޓް

ޝޯޓްލިސްޓް ކުރުން

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ވަޒީފާއާގުޅޭ މަސައްކަތުގެ ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓް ލިބޭ 10 ފަރާތް ޝޯޓުލިސްޓް ކުރެވޭނެއެވެ.

އިންޓަރވިއު، ޕްރެޒެންޓޭޝަން އަދި އިމްތިޙާނު އޮންނާނެ ތަނާއި، މުއްދަތު:

މި މަގާމަށް މީހަކު ހޮވުމަސް ބޭއްވޭ އިންޓަރވިއުއާއި ޕްރެޒެންޓޭޝަން އަދި އިމްތިޙާނު އޮންނާނީ 2022 އޮގަސްޓް 1 އިން 7 އާ ދެމެދު ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަންގައެވެ. ވުމާއެކު، އެ މުއްދަތުގައި އިންޓްރވިއުއާއި އިމްތިޙާނަށް ތައްޔާރުވެގެން ތިބުމަށްވެސް ދަންނަވަމެވެ.

މަގާމަށް އެދެންވީ ގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2022 ޖުލައި 7 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން، ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުގެ އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް ([email protected]) މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އީމެއިލް މެދުވެރިކޮށް ފޮނުވާ އެޕްލިކޭޝަން ފޯމާއި ލިޔެކިޔުންތައް ބަލައިގަނެވޭނީ ކަނޑައަޅާފައިވާ ސުންގަޑީގެ ނިޔަލަށް ހުށަހަޅާފައި ވާނަމައެވެ.  ސުންގަޑީގެ ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

ނޯޓް: މި ކޮމިޝަނުގެ ނަންބަރު: (IUL)462/1/2022/11 (8 މޭ 2022) އިޢުލާނާއި ގުޅިގެން އެޑްމިނިސްޓްރޭޓިވް އޮފިސަރ މަޤާމަށް ކުރިމަތިލައްވާފައިވާ ފަރާތްތަކުން ހުށަހަޅާފައިވާ ހުށަހެޅުންތައް ބާޠިލުނުކޮށް ކުރިޔަށް ގެންދެވޭނެ ކަމުގައި ދެންނެވީމެވެ. އަދި އެ އިޢުލާނާ ގުޅިގެން އާ އެޕްލިކޭޝަން ނުވަތަ އިތުރު ލިޔުމެއް ހުށަހަޅުއްވަން ބޭނުންވާނަމަ އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ހުށަހެޅުއްވުމުގެ ފުރުސަތު އޮންނާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 3001343 ނަންބަރު ފޯނާއެވެ. މިކޮމިޝަނުގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަނުކުރުމުގެ މިންގަނޑުތަކާއި އުޞޫލު އަދި ކޮމިޝަނުގެ ވަޒީފާއަށް އެދޭ ފޯމު ކޮމިޝަނުގެ ވެބްސައިޓްhttps://nic.gov.mv/dhi/) ) އިން ލިބެން ހުންނާނެއެވެ. 

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ނަންބަރު 3001343 ފޯނާ ގުޅުއްވުން އެދެމެވެ.

        

29 ޛުލްޤަޢިދާ 1443

 

29 ޖޫން 2022
ހޯދާ