ފ.އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
ފ. އަތޮޅު ހޮސްޕިޓަލުގެ ފުރާޅުގެ ޓިނު ބަދަލުކޮށްދޭނެ ފަރާތެއް ހޯދުން

މިހޮސްޕިޓަލްގެ ފުރާޅުގެ ޓިނު ބަދަލުކޮށްދިނުމަށް އެކިފަހަރުމަތިން އިޢުލާނު ކުރުމުންވެސް އެއްވެސް ފަރާތަކުން އަންދާސީ ހިސާބު ހުށަހަޅާފައިނުވާތީ، އަލުން އެފުރުޞަތު ހުޅުވާލަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތައް 23 ޖޫން 2022 ވާ ބުރާސްފަތި ދުވަހުން ފެށިގެން 04 ޖުލައި 2022 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން ([email protected]) އަށް ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރުމަށްފަހު އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. މިއިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް އެޓޭޗްމަންޓްގައި ގެޒެޓް ކުރެވިފައިވާނެއެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 07 ޖުލައި 2022 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:30 ގައި ފ.އަތޮޅު ހޮސްޕިޓަލާއި މިނިސްޓްރީ އޮފް ހެލްތް (ރޯޝަނީ ބިލްޑިނގް، ސޯސަންމަގު) ގައެވެ. މިއިޢުލާނާއި ގުޅޭގޮތުން އެއްވެސް މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 03 ޖުލައި 2022 ވާ އާދީއްތަ ދުވަހު ހެނދުނު 11:00 ކުރިން ފ.އަތޮޅު ހޮސްޕިޓަލުން 6740576 ، 6740577 މިނިސްޓްރީ އޮފް ހެލްތުން 3014436 އަށް ގުޅައިގެން ނުވަތަ ([email protected]) ([email protected]) އަށް މެއިލްކޮށްދެއްވުން އެދެމެވެ. އަދި ރެޖިސްޓަރ ކުރައްވާފައިނުވާ ފަރާތްތަކާއި އަންދާސީ ހިސާބު ހުށަހަޅަން ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ.

23 ޖޫން 2022
ހޯދާ