މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް
ދިވެހިރާއްޖެ
ޑިރެކްޓަރ

އިޢުލާނު

 

 

މަޤާމު:

ޑިރެކްޓަރ

 

މަޤާމުގެ ނަންބަރު:

J-364884

 

ބޭނުންވާ އަދަދު:

01 (އެކެއް)

 

މަޤާމުގެ ގިންތި:

ދާއިމީ

 

މަޤާމުގެ ރޭންކު:

އީ. އެކްސް. 1

 

މަޤާމުގެ ކްލެސިފިކޭޝަން:

ޓެކްނިކަލް ޑިރެކްޓަރ

 

ވަޒީފާ އަދާކުރަން ޖެހޭ ތަން:

މިނިސްޓްރީ އޮފް ޖެންޑަރ،ފެމިލީ އެންޑް ސޯޝަލް ސަރވިސަސް، މާލެ

 

ޑިޕާޓްމަންޓް:

ޑިސްއެބިލިޓީ ރައިޓްސް އެންޑް ވެލް-ބީންގ ޑިވިޜަން

 

މުސާރަ:

 8835.00 ރުފިޔާ

 

ސަރވިސް އެލަވަންސް:

2,000.00   ރުފިޔާ

 

އެހެނިހެން އެލަވަންސް:

  • ޓެކްނިކަލް ކޯ އެލަވެންސް އަށް ޝަރުތު ހަމަވާނަމަ އަސާސީ މުސާރައިގެ 28% އަދި ޝަރުތުހަމަނުވާ ފަރާތެއްނަމަ ސަޕޯރޓިންގ ކޯ އެލަވަންސް 2 ގެ ގޮތުގައި -/1100ރުފިޔާ. ( ޓެކްނިކަލް ކޯ އެލަވަންސް އަށް ޝަރުތު ހަމަވާނީ ކައުންސެލިންގ، ސައިކޮލޮޖީ،  ސޯޝަލް ވޯރކް، ސޯޝިއޮލޮޖީ ދާއިރާއިން ތަޢުލީމް ހާސިލްކޮށްފައިވާނަމަ)
  • ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.
  • ހަމަޖެހިފައިވާ އުޞޫލުން ރިސްކް އެލެވަންސް ފައިސާ.
  • ސްޕެޝަލް ޑިއުޓީ އެލަވެންސްގެ ގޮތުގައި އަސާސީ މުސާރައިގެ 3092.25ރުފިޔާ.

 

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  • ޑިޕާރޓްމަންޓްގެ ވެރިންގެ އިރުޝާދުގެ ދަށުން، ޑިވިޜަންގެ އެންމެހައި މަސައްކަތްތައް ރާވާ ހިންގައި ބެލެހެއްޓުން.
  • ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްޤުތައް ރައްކާތެރިކުރުމަށާއި، ދެޖިންސްގެ ހަމަހަމަކަން ޤާއިމުކުރުމަށާއި، ފާހަގަކުރެވޭ އަދި ހުށަހެޅޭ މައްސަލަތަކާއި، މުޖުތަމަޢުގެ އަޅާލުމާއި އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރެވެންހުރި މަސައްކަތްތަކާއި، މިކަންކަމަށް މުޖްތަމަޢު އާއި ދާއިރާގެ ކަމާބެހޭ ފަރާތްތައް ހޭލުންތެރިކުރުވުމަށް މަސައްކަތްތައް އިންތިޒާމްކޮށް، މަސައްކަތްކުރުން.
  • ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ރައްކާތެރިކުރުމަށާއި ބައިވެރިވުން އިތުރުކުރުމަށްޓަކައި އެފަރާތްތަކަށް ބޭނުންވާ ހުނަރާއި ގާބިލުކަން އުފެއްދުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި، މިކަންކަމަށް މުޖްތަމަޢު އާއި ދާއިރާގެ ގުޅުންހުރި ފަރާތްތައް ހޭލުންތެރިކުރުވުމަށް މަސައްކަތްތައް އިންތިޒާމްކޮށް، މަސައްކަތްކުރުން.
  • ޤާނޫނު ނަންބަރު 2010/8 (ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްގުތައް ރައްކާތެރިކުރުމާއި މާލީ އެހީ ފޯރުކޮށްދިނުމުގެ ޤާނޫނު) އަށް ކަމާބެހޭ ދާއިރާތަކާއި މުޖްތަމަޢު ހޭލުންތެރިކުރުވުމަށް މަސައްކަތްތައް އިންތިޒާމްކޮށް، މަސައްކަތްކުރުން.
  • ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތަކަށް ހުރަސްއެޅޭ، އާމައްސަލަތަކާއި (އިމާޖިން އިޝޫސް) ދެނެގަނެ، އެމައްސަލަތައް ހައްލުކުރުމަށް، ކަމާބެހޭ ދާއިރާތަކާ ގުޅިގެން މަސައްކަތްކުރުމާއި، މިކަންކަމަށް މުޖްތަމަޢު ހޭލުންތެރިކުރުވުމަށް މަސައްކަތްތައް އިންތިޒާމްކޮށް، މަސައްކަތްކުރުން.
  • ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ރައްކާތެރިކަމަށްޓަކާ ކުރަންޖެހޭ މަސައްކަތްތަކުގައި އަމިއްލަ ފަރާތްތަކާއި ޖަމްޢިއްޔާތަކުގެ އެއްބާރުލުން ހޯދުމާއި، އެފަރާތްތަކާ ގުޅިގެން މުޖްތަމަޢު ހޭލުންތެރިކުރުވުމަށް މަސައްކަތްތައް އިންތިޒާމްކޮށް، މަސައްކަތްކުރުން.
  • ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ބައިވެރިވުން އިތުރުކުރުމާއި ބާރުވެރިކުރުމަށް އެކި މަޝްރޫޢުތައް ހިންގުމާއި އެފަދަ މަސައްކަތްތަކާ ބެހޭގޮތުން ކަމާބެހޭ ދާއިރާތަކާއި މުޖްތަމަޢު ހޭލުންތެރިކުރުވުމުގެ މަސައްކަތްތައް އިންތިޒާމްކޮށް، މަސައްކަތްކުރުން.
  • ރާއްޖޭގެ ސިޔާސީ، އިޤްތިޞާދީ އަދި އިޖްތިމާޢީ ތަރައްޤީގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ބައިވެރިވުން އިތުރުކުރުމަށާއި، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތަކަށް މަސައްކަތްކުރާ މަދަނީ ޖަމާޢަތްތަކުގެ ދައުރު ހަރުދަނާކުރުމަށާއި، ހުރިހާ ދާއިރާއެއްގައި ދެޖިންސްގެ ހަމަހަމަކަން ހިފެހެއްޓުމުގެ ގޮތުން މަސައްކަތްކުރުމަށް ބޭނުންވާ ނިޒާމު ގާއިމުކޮށް، މިކަންކަމާބެހޭ މަސައްކަތްތައް ވިލަރެސްކުރުން.
  • ޤާނޫނު ނަންބަރު 2010/8 ގެ ދަށުން އެކުލަވާލާ ޑިސެބިލިޓީ ކައުންސިލްއަށް ބޭނުންވާ އެންމެހައި އިދާރީ އެހީތެރިކަން ފޯރުކޮށްދިނުމާއި، ކައުންސިލްގެ ސެކްރެޓޭރިއަޓު ބެލެހެއްޓުމާއި، ކައުންސިލްގެ ބައްދަލުވުންތައް އިންތިޒާމްކުރުމާއި، ޔައުމިއްޔާ ތައްޔާރުކުރުމާއި، ކައުންސިލްގެ ނިންމުންތައް ތަންފީޒުކުރުން.
  • ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ރައްކާތެރިކަމާ ދުޅަހެޔޮކަމަށް ބޭނުންވާ ސިޔާސަތުތައް ތަންފީޒުކުރުމަށް ބޭނުންވާ ވަސީލަތްތައް ހޯދައި، އެކަމާބެހޭ އެންމެހައި ކަންތައްތައް ރާވައި، އެކަންތައްތައް ހިނގާ ނުހިނގާގޮތް ބެލެހެއްޓުން.
  • ޤާނޫނު ނަންބަރު 2010/8 (ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްގުތައް ރައްކާތެރިކުރުމާއި މާލީ އެހީ ފޯރުކޮށްދިނުމުގެ ޤާނޫނު) ގައި ބަޔާން ކުރާ ކަންތައްތައް ސަރުކާރުގެ ކަމާބެހޭ ފަރާތްތަކާ ގުޅިގެން ތަންފީޒުކުރުން.
  • ނުކުޅެދުންތެރިކަން ހުންނަ މީހުން ބެލެހެއްޓުމަށް ބޭނުންވާ އެހީތެރިކަން ހޯދުމަށް، މަދަނީ ޖަމްޢިއްޔާތަކާއި، ހިލޭސާބަހަށް މަސައްކަތްކުރާ ފަރާތްތަކާއި، އިޖްތިމާޢީ ގްރޫޕްތަކާއެކު ގުޅުންބަދަހިކުރުމާއި އެފަދަ ފަރާތްތަކާއެކު ގުޅިގެން މަޝްރޫޢުތައް ހިންގުން.
  • ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާ ގުޅިގެން ފާހަގަކުރެވޭ މައްސަލަތާކާއި، ހުށަހެޅޭ މައްސަލަތަށް ސޯޝަލް ސަރވިސަސް ޑިޕާރޓްމަންޓްއަށް ރިފަކުރުން.
  • ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ލުއިފަސޭހައިން ޚިދުމަތްތައް ދިނުމަށްޓަކައި 'ބެނެފިޓް ކާޑް' ތަޢާރަފްކޮށް އެ ކާޑުން އާންމުން ޚިދުމަތްތަކުން ފަސޭހައިން ޚިދުމަތް ލިބޭނެ އިންތިޒާމް ހަމަޖެއްސުން.
  • ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ތެރެއިން ވަޒީފާއަދާ ކުރެވޭ ފަރާތްތަކަށް އެފަރާތްތަކާއި އެކަށޭނެ ވަޒީފާގެ ފުރުޞަތު ހޯދައި ދިނުމުގެ މަސައްކަތްތަކާއި، ވަޒީފާ އަދާ ކުރާ މީހުން ވަޒީފާ އަދާ ކުރަމުންދާ ގޮތް މޮނީޓަރކޮށް އެކަންކަން ހަރުދަނާ އުޞޫލެއްގެ މަތިން ކުރިއަށް ގެންދިއުން.
  • ރާއްޖެ ބައިވެރިވާ ބައިނަލްއަޤުވާމީ މުޢާހަދާތަކާއި، ގަވާއިދުތަކާއި އެއްބަސްވުންތަކުއް ތަންފީޒު ކުރަމުންދާ ގޮތާބެހޭ ގޮތުން ރިޕޯޓް އެކުލަވާލުމަށް ކުރާ ދިރާސާތަކުގެ އަލީގައި އިޞްލާޙްކޮށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށް ބާރުއަޅައި، މި ކަންތައްތައް ހުރިހާ ދާއިރާ ތަކެއްގެ ސަމާލުކަމަށް ގެނައުން.
  • ރާއްޖެ ބައިވެރިވާ ބައިނަލްއަޤުވާމީ މުޢާހަދާތަކާއި، ގަވާއިދުތަކާއި އެއްބަސްވުންތައް ތަންފީޒު ކުރަމުންދާ ގޮތާބެހޭ ގޮތުން ރިޕޯޓްކުރަންޖެހޭ ފަރާތްތަކަށް ރިޕޯޓްކުރުމުގެ މަސައްކަތް ޕީޕީއެމްއާރޑީ އާ ގުޅިގެން ކަނޑައެޅިފައިވާ މުއްދަތުތަކުގައި ކޮށް ނިންމުން.
  • ދާއިރާއިން ފޯރުކޮށްދޭ ޚިދުމަތްތައް ތަރައްޤީކުރުމަށް ބައިނަލްއަޤްވާމީ ޖަމާޢަތްތަކުން ލަފައާއި އެހީ ހޯދުމާއި، މިނިސްޓްރީއާއި މިނިސްޓްރީގެ އެކިއެކި ދާއިރާތަކުން ރާއްޖެއަށް ފައިދާ ކުރުވަނިވި ކަންކަމުގައި އެ ޖަމާޢަތްތަކާ ގުޅުން ބަދަހިކުރުމުގެ މަސައްކަތްކުރުން.
  • ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދޭންޖެހޭ ޚިދުމަތްތަކާއި އެފަދަ ޚިދުމަތްތައް މިހާރު ދެމުން ގެންދާ ފަރާތްތައް ބަލައި، އެކަންކަން މޮނީޓަރ ކުރެވޭނެ އިންތިޒާމެއް ހަމަޖެއްސުން.
  • ނުކުޅެދުންތެރިކަން ހުންނަ މީހުންނާ ގުޅުންހުރި މަސައްކަތްތައް ހިންގުމަށް ބޭނުންވާ ގަވާއިދުތަކާއި ސިޔާސަތުތަކާއި ގައިޑްލައިންތަކާ ބެހޭގޮތުން ކަމާބެހޭ ދާއިރާތަކާއި މުޖްތަމަޢު ހޭލުންތެރިކުރުވުމުގެ މަސައްކަތްތައް އިންތިޒާމްކޮށް، މަސައްކަތްކުރުން.

މަޤާމުގެ ޝަރުޠުތައް:

މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 4 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން

 ނުވަތަ

 

މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 އިންފެށިގެން މަތީގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން

 

 

މަޤާމުގެ ތަޢުލީމީ ރޮނގުތައް:

  ކައުންސެލިންގ

  ސައިކޮލޮޖީ

  ސޯޝަލް ވޯރކް

  ސޯޝިއޮލޮޖީ

މަޤާމުގެ ޕްރިފަރޑް ޑިސިޕްލިން:

ނެތް

މަޤާމުގެ ކޯ ޑިސިޕްލިން:

 ކައުންސެލިންގ

 ސައިކޮލޮޖީ

  ސޯޝަލް ވޯރކް

 ސޯޝިއޮލޮޖީ

 

 

މަޤާމުގެ މަސައްކަތުގެ ދާއިރާތައް:

ސޯޝަލް ސާވިސަސް،

 

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)  https://www.csc.gov.mv/download/2021/84/1e148c34-bc04-4150-9537-29309c104aa7.docx
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

    (ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

    (ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  6. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2021 (ދެވަނަ އިޞްލާޙު) ގެ 12 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ.

 

 

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 29  ޖޫން 2022 ގެ 13:00 ގެ ކުރިން([email protected]) މި އީ-މެއިލް އެޑްރެސް އަށް ފޮނުވުންއެދެމެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

 

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

 

 

އިންޓަރވިއު / ޕްރެޒެންޓޭޝަން/އިމްތިޙާން އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު ޕްރެޒެންޓޭޝަން އޮންނާނީ، 30 ޖޫން 2022 އާއި 10 އޮގަސްޓް 2022 އާ ދެމެދު، މިނިސްޓްރީ އޮފް ޖެންޑަރ ފެމިލީ އެންޑް ސޯޝަލް ސަރވިސަސް، މ.ސީޓްރެކް ބިލްޑިން، 7 ވަނަ ފަންގިފިލާ ގައެވެ. އަދި އިމްތިޙާން އޮންނާނީ ސިވިލް ސަރވިސް ޓްރައިނިންގ އިންސްޓިޓިއުޝަންގައެވެ.

 

 

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

 

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3027551 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް > "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.

 

       

22 ޛުލްޤައިދާ 1443

21 ޖޫން 2022

22 ޖޫން 2022
ހޯދާ