މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް
ދިވެހިރާއްޖެ
ޑިރެކްޓަރ ޖެނެރަލް

އިޢުލާނު

 

 

މަޤާމު:

ޑިރެކްޓަރ ޖެނެރަލް

 

މަޤާމުގެ ނަންބަރު:

J-364886

 

ބޭނުންވާ އަދަދު:

01 (އެކެއް)

 

މަޤާމުގެ ގިންތި:

ދާއިމީ

 

މަޤާމުގެ ރޭންކު:

އީ. އެކްސް. 5

 

މަޤާމުގެ ކްލެސިފިކޭޝަން:

ޓެކްނިކަލް ޑިރެކްޓަރ ޖެނެރަލް

 

ވަޒީފާ އަދާކުރަން ޖެހޭ ތަން:

މިނިސްޓްރީ އޮފް ޖެންޑަރ،ފެމިލީ އެންޑް ސޯޝަލް ސަރވިސަސް، މާލެ

 

ޑިޕާޓްމަންޓް:

ޕޮލިސީ ޕްލޭނިންގ،މޮނިޓަރިންގ ރިސަރޗް ސެކްޝަން ޑިޕާޓްމަންޓް

 

މުސާރަ:

13,890.00 ރުފިޔާ

 

ސަރވިސް އެލަވަންސް:

2,000.00   ރުފިޔާ

 

އެހެނިހެން އެލަވަންސް:

 • ޓެކްނިކަލް ކޯ އެލަވެންސް އަށް ޝަރުތު ހަމަވާނަމަ އަސާސީ މުސާރައިގެ 28% އަދި ޝަރުތުހަމަނުވާ ފަރާތެއްނަމަ ސަޕޯރޓިންގ ކޯ އެލަވަންސް 2 ގެ ގޮތުގައި -/1500ރުފިޔާ. ( ޓެކްނިކަލް ކޯ އެލަވަންސް އަށް ޝަރުތު ހަމަވާނީ ޑިވެލޮޕްމަންޓް ސްޓަޑީޒް، އިންޓަނޭޝަނަލް ރިލޭޝަންސް،ޕޮލިސީ ސްޓަޑިޒް، ސޯޝިއަލް ޕޮލިސީ،  ސޯޝަލް ސައިންސް ދާއިރާއިން ތަޢުލީމް ހާސިލްކޮށްފައިވާނަމަ)
 • ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.
 • ހަމަޖެހިފައިވާ އުޞޫލުން ރިސްކް އެލެވަންސް ފައިސާ.
 • ސްޕެޝަލް ޑިއުޓީ އެލަވެންސްގެ ގޮތުގައި އަސާސީ މުސާރައިގެ 4861.5 ރުފިޔާ.

 

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

 • މިނިސްޓްރީ އާއި މިނިސްޓްރީގެ ދަށުން ހިނގާ ތަންތަނުގެ މެންޑޭޓާ ގުޅޭ ސިޔާސަތުތައް ކަމާބެހޭ ޑިޕާޓްމަންޓްތަކާއި ތަންތަނާއި ގުޅިގެން، އަދި ދާއިރާގެ ކަމާބެހޭ ފަރާތްތަކާ ގުޅިގެން، އެކުލަވާލުން.
 • ދާއިރާގެ އެކިއެކި ސިޔާސަތުތަކާއި ބެހޭގޮތުން ކެބިނެޓަށް މިނިސްޓްރީގެ ފަރާތުންހުށަހަޅަންޖެހޭ ކަރުދާސްތައް ޑިޕާޓްމަންޓްތަކާ ގުޅިގެން އެކުލަވާލައި ހުށަހެޅުމާއި، ކެބިނެޓުން ނިންމަވާގޮތެއް ކަމާބެހޭ ފަރާތްތަކާއެކު ހިއްސާކޮށް، ނިންމުންތައް ތަންފީޒުކުރުމުގެ މަސައްކަތް ވިލަރެސްކުރުން.
 • އިޖުތިމާޢީ ޚިދުމަތްދޭ ތަންތަނަށް ހުއްދަދިނުމާއި، ހުއްދަ ބާޠިލުކުރުމާއި، މިފަދަ ޚިދުމަތްތަކާއި، ޚިދުމަތްދޭ ތަންތަނާއި، އެތަންތަނުންދޭ ޚިދުމަތްތަކުގެ ފެންވަރާއި، ޚިދުމަތްދޭ އުސޫލުތަކާއި މިންގަނޑުތައް ކަނޑައެޅުން.
 • ރާއްޖޭގައި އިޖުތިމާޢީ ޚިދުމަތްދޭ މީހުން ރަޖިސްޓަރީކުރުމާއި، އެ މީހުންނަށް މަސައްކަތްކުރުމުގެ ހުއްދަ ދިނުމާއި، މިފަދަ މީހުންގެ ފެންވަރު ބެލުމާއި، ފެންވަރު ހިފެހެއްޓުމާއި، މަސައްކަތުގައި ގެންގުޅެންޖެހޭ ފަންނީ މިންގަނޑުތައް ކަނޑައެޅުން.
 • ދައުލަތުގެ ބެލުމުގެ ދަށަށް ގެނެވޭ މީހުންނާއި ކުދިން ބައިތިއްބާ މަރުކަޒުތަކުގެ ސިޔާސަތުތަކާއި އެތަންތަނަށް މީހުން ނެގުމުގައި ގެންގުޅެންޖެހޭ މިންގަނޑުތަކާއި ސިޔާސަތުތައް އެކުލަވާލުން.
 • މިނިސްޓްރީ އާއި މިނިސްޓްރީގެ ދަށުން ހިނގާ ތަންތަނުގެ އެސްއޯޕީތައް އެކުލަވާލުމާއި، އާންމުކުރުމާއި، ރިވިއުކުރުން.
 • މިނިސްޓްރީގެ މަސައްކަތްތަކާ ގުޅުންހުރި، ރާއްޖޭގެ ބައިނަލްއަޤްވާމީ މުޢާހަދާތަކާއި، ގަވާއިދުތަކާއި އެއްބަސްވުންތަކުގައި ހިމެނޭ މަސައްކަތްތައް ކުރިއެރުވުމަށްޓަކައި ކުރަންޖެހޭ ކަންތައްތައް ވިލަރެސްކުރުމާއި މި މަސައްކަތްތައް އިސްކޮށް ހިންގައި ބެލެހެއްޓުން.
 • ރާއްޖެއިން ބައިވެރިވެފައިވާ މުޢާހަދާތަކުގެ ތެރެއިން މިނިސްޓްރީއާ ގުޅުންހުރި މުޢާހަދާތަކާބެހޭ ރިޕޯޓް ހުށަހަޅަން ޖެހޭ މުއްދަތުގެ ތެރޭގައި ހުށަހެޅުމަށް ކުރަންޖެހޭ އެންމެހާ ކަންތައްތަކުގައި ކަމާގުޅޭ ދާއިރާތަކާއެކު މަސައްކަތްކުރުން އަދި ރިޕޯޓް ހުށަހަޅަން ޖެހޭ މުއްދަތުގެ ތެރޭގައި ހުށަހެޅުމަށް ހަރުދަނާ މޮނިޓަރިންގ ނިޒާމެއް ޤާއިމްކުރުން.
 • ދިވެހިސަރުކާރާއި އ.ދ ގެ ޖަމްޢިއްޔާތަކާއެކު އެއްބަސްވެ އެކުލަވާލެވޭ ވާރކް ޕްލޭންތައް ތައްޔާރުކުރުމުގެ މަސައްކަތުގައި ޢަމަލީގޮތުން ބައިވެރިވެ، އެމަސައްކަތްތައް ވިލަރެސްކުރުން އަދި އެއްބަސްވެ އެކުލަވާލެވޭ ވާރކް ޕްލޭންތައް ތަންފީޒުކުރުން ލަސްވެ ނުވަތަ ދަތިތަކެއް ދިމާވާނަމަ، މިކަންކަމަށް ހައްލެއް ހޯދުމުގެ މަސައްކަތް ކަމާގުޅޭ ޑިވިޜަން/ސެކްޝަންއައި މަޝްވަރާކޮށް ކުރުން.
 • ދިވެހިސަރުކާރާއި އ.ދ ގެ ޖަމްޢިއްޔާތަކާއެކު އެއްބަސްވެ އެކުލަވާލެވޭ ވާރކް ޕްލޭންތަކާއި އެހެންވެސް ބައިނަލްއަޤަވާމީ ޖަމްޢިއްޔާތަކާ ގުޅިގެން ހިންގޭ ހުރިހާ ޕްރޮގްރާމްސް/ޕްރޮޖެކްޓްތައް ވިލަރެސްކުރުމާއި އެ މަސައްކަތްތައް ތަންފީޒުވަމުންދާ މިންވަރުބަލާ މޮނިޓަރކޮށްބެލެހެއްޓުމާއި ރިޕޯޓްކުރުން.
 • ދިވެހިސަރުކާރާއި އ.ދ ގެ ޖަމްޢިއްޔާތަކާއެކު އެއްބަސްވެ އެކުލަވާލެވޭ ވާރކް ޕްލޭންތަކާ ގުޅޭގޮތުން ބޭއްވޭ މިޑް ރިވިއު އަދި އެނުއަލް ރިވިއުގެ މަސައްކަތް ޑިވިޜަން/ސެކްޝަން ތަކާއެކު މަޝްވަރާކޮށް މަޢުލޫމާތު އެއްކޮށް، މިމަސައްކަތް ވިލަރެސްކުރުން. އަދި ރީޕްރޮގްރާމް ކުރަންޖެހޭ ހަރަކާތްތައް ރީޕްރޮގްރާމް ކުރުމުގެ މަސައްކަތްތައް ވިލަރެސްކުރުން.
 • އެހެނިހެން ދާއިރާތަކުން އަދި އެހީދޭފަރާތްތަކުން ގައުމީ ފެންވަރުގައި ބާއްވާ ޕްރޮޖެކްސް/ޕްރޮގްރާމްސް ކޯޑިނޭޝަން އަދި މޮނިޓަރިންގ ބައްދަލުވުންތަކުގައި ދާއިރާގެ ޕްރޮޖެކްސް/ޕްރޮގްރާމްސް ތަކާ ގުޅުންހުރި ކަންކަމުގައި، މިނިސްޓްރީ ތަމްސީލުކޮށް އެފަދަ ބައްދަލުވުމުގެ ނިންމުންތަކަށް ފޮލޯ އަޕް މަސައްކަތް ކުރުން.
 • އ.ދ ގެ ޖަމްއިއްޔާތަކުން އަދި އެހެނިހެން އެހީދޭ ޖަމާއަތްތަކުން ހިންގާ މިނިސްޓްރީގެ ޕްރޮގްރާމް/ޕްރޮޖެކްޓްސް ތަކަށް ފޮނުވަންޖެހޭ ޕްރޮޕޯސަލްތައް/ފައިނޭންޝިއަލް ސްޓޭޓްމަންޓްތައް/ފޭސް ފޯމް/ރިޕޯރޓްތައް ޕްރޮގްރާމް މެނޭޖަރސްއާއި ގުޅިގެން އެހީދޭ ފަރާތްތަކަށް ފޮނުވުމުގައި ދިމާވާ މައްސަލަތައް ހައްލު ކުރުމުގައި އެހީތެރިވުން.
 • ދިވެހިރާއްޖޭން ބައިވެރިވެފައިވާ ބައިނަލްއަޤްވާމީ މުޢާޙަދާ، ޑިކްލަރޭޝަން، ރިޒޮލިއުޝަންތަކާ ގުޅިގެން ބާއްވާ ބައްދަލުވުންތަކަށް ބޭނުންވާ މަޢުލޫމާތު އެއްކޮށް، މިފަދަ ބައްދަލުވުންތަކާ ގުޅޭ ފަރާތްތަކާ ވިލަރެސް ކޮށް ކަމާއި ބެހޭ ފަރާތްތަކަށް ރިޕޯޓް ކުރުން.
 • ރައީސުލްޖުމުހޫރިއްޔާގެ އޮފީހުން އެދިވަޑައިގެން ފޮނުވަންޖެހޭ މިނިސްޓްރީގެ މަސައްކަތްތަކާއި ގުޅޭ މަޢުލޫމާތުތަށް ފޮނުވުމުގެ އެންމެހާ ކަންކަން އިސްކޮށް ބެލެހެއްޓުން.
 • ސެޕްއަށް ބޭނުންވާ މަޢުލޫމާތު ޑިވިޜަން ތަކާއި ގުޅިގެން އެއްކުރުމާއި ސިޔާސަތުތައް ކަނޑައެޅުމަށް ޑިވިޜަންއަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން އަދި ރައީސުލްޖުމުހޫރިއްޔާގެ އޮފީހަށް މަޢުލޫމާތު ފޯރުކޮށްދިނުމަށް ކުރަންޖެހޭ އެންމެހާ ކަންކަން އިސްކޮށް ބެލެހެއްޓުން.

މަޤާމުގެ ޝަރުޠުތައް:

މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 8 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން

 

ނުވަތަ

 

މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 އިންފެށިގެން މަތީގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 6 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.

 

 

މަޤާމުގެ ތަޢުލީމީ ރޮނގުތައް:

 ޑިވެލޮޕްމަންޓް ސްޓަޑީޒް

 އިންޓަނޭޝަނަލް ރިލޭޝަންސް

 ޕޮލިސީ ސްޓަޑިޒް

 ސޯޝިއަލް ޕޮލިސީ

 ސޯޝަލް ސައިންސް

މަޤާމުގެ ޕްރިފަރޑް ޑިސިޕްލިން:

ނެތް

މަޤާމުގެ ކޯ ޑިސިޕްލިން:

 ޑިވެލޮޕްމަންޓް ސްޓަޑީޒް

 އިންޓަނޭޝަނަލް ރިލޭޝަންސް

 ޕޮލިސީ ސްޓަޑިޒް

 ސޯޝިއަލް ޕޮލިސީ

  ސޯޝަލް ސައިންސް

 

މަޤާމުގެ މަސައްކަތުގެ ދާއިރާތައް:

 ސޯޝަލް ސާވިސަސް

 އިންޓަނޭޝަނަލް ރިލޭޝަންސް

 

ހުށަހަޅަންޖެހޭ ލިޔުންތައް:

 

 1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)  https://www.csc.gov.mv/download/2021/84/1e148c34-bc04-4150-9537-29309c104aa7.docx
 2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
 3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
 4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
 5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

  (ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

  (ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

 6. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2021 (ދެވަނަ އިޞްލާޙު) ގެ 12 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ.

 

 

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 29  ޖޫން 2022 ގެ 13:00 ގެ ކުރިން([email protected]) މި އީ-މެއިލް އެޑްރެސް އަށް ފޮނުވުންއެދެމެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

 

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

 

 

އިންޓަރވިއު / ޕްރެޒެންޓޭޝަން/އިމްތިޙާން އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު ޕްރެޒެންޓޭޝަން އޮންނާނީ، 30 ޖޫން 2022 އާއި 10 އޮގަސްޓް 2022 އާ ދެމެދު، މިނިސްޓްރީ އޮފް ޖެންޑަރ ފެމިލީ އެންޑް ސޯޝަލް ސަރވިސަސް، މ.ސީޓްރެކް ބިލްޑިން، 7 ވަނަ ފަންގިފިލާ ގައެވެ. އަދި އިމްތިޙާން އޮންނާނީ ސިވިލް ސަރވިސް ޓްރައިނިންގ އިންސްޓިޓިއުޝަންގައެވެ.

 

 

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

 

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3027551 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް > "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.

 

       

 ޛުލްޤައިދާ 144323

22 ޖޫން 2022

 

22 ޖޫން 2022
ހޯދާ