މާލެއަތޮޅު ގާފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފެންމީޓަރާއި ނަރުދަމާގެ ކެޗްޕިޓް ބެހެއްޓުމާއި ގުޅޭ

މާލެއަތޮޅު ގާފަރު ކައުންސިލްގެ އިދާރާ

  ކ.ގާފަރު، ދިވެހިރާއްޖެ                                                                                                               ނަމްބަރ:331/331/2022/78(IUL)

އިޢުލާން

 

ފެންމީޓަރާއި ނަރުދަމާގެ ކެޗްޕިޓް ބެހެއްޓުމާއި ގުޅޭ

 

               މިރަށުގައި ޤާއިމްކުރުމަށް ހަމަޖެހިފައިވާ ފެނާއި ނަރުދަމާގެ ފެންމީޓަރާއި ކެޗްޕިޓް ބެހެއްޓުމަށް ހަމަޖެހިފައިވަނީ ޢިމާރާތުގެ އިންފާރުގެ އެތެރޭގައި ކަމަށްވާތީ، ފެންމީޓަރާއި ކެޗްޕިޓް ބަހައްޓާ ތަންތަން ފާހަގަ ކުރުމަށްޓަކައި، ކައުންސިލާއި، މަޝްރޫޢު ހިންގާ ކުންފުނީގެ ފަރާތުން ކޮންމެ ދުވަހެއްގެ 09:30 ން 11:00 އަށް ގޭގެއަށް ޒިޔާރަތް ކުރަމުންދާނެ ވާހަކަ ދަންނަވަމެވެ. ފެންމީޓަރާއި ކެޗްޕިޓް ބަހައްޓާތަން ފާހަގަ ކުރުމަޓަކައި ކުރިން ޒިޔާރަތްކުރި ގޭއަށްވެސް އަލުން ޒިޔާރަތްކޮށް، ފެންމީޓަރާއި ކެޗްޕިޓް ބަހައްޓާ ތަންތަން އަލުން ފާހަގަ ކުރުމަށްވެސް ހަމަޖެހިފައި ވެއެވެ. އެހެންކަމުން ޓީމުތައް ޒިޔާރަތްކުރުމުގެ ކުރިން ފެންމީޓަރާއި ކެޗްޕިޓް ބަހައްޓާތަންތަން ކަނޑަޅާފައި ބެހެއްޓުމާއި ޓީމުތަކަށް އެއްބާރުލުން ދިނުމަކީ މިކައުންސިލްގެ ވަރަށްބޮޑު އެދުމެކެވެ.

             ޢިމާރާތުގެ ވެރިފަރާތުން ފެންމީޓަރ ހަރުކުރަން ބޭނުންވާ އިންފާރުގެ އުސްމިނުގައި 3 (ތިނެއް) ފޫޓް، ފުޅާމިނުގައި 1 (އެކެއް) ފޫޓް ހުންނަ ޖާގައެއް ސިމެންތި ޖަހައި އޮމާންކޮށްފައި ހުންނަންވާނެއެވެ. ކެޗްޕިޓް ބަހައްޓާ ތަނަކީ ހުރަހެއްނެތި މަސައްކަތް ކުރެވޭނެ ތަނަކަށް ވާންޖެހޭނެއެވެ. ފެނުގެ ޚިދުމަތް ނުވަތަ ނަރުދަމާގެ ޚިދުމަތް ގުޅައިދެވޭނެ އެންމެ ދުރުމިނަކީ، ގޯތީގެ އިންފާރުން ފެށިގެން 3 (ތިނެއް) ފޫޓް އެތެރެއެވެ.

              މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި ޢިޢުލާންކުރީމެވެ.

21 ޖޫން 2022
ހޯދާ