ދިވެހިރާއްޖެ
| މަޤާމު: | ސީނިއަރ ސްޓޭޓް ކައުންސެލް | 
| މަޤާމުގެ ރޭންކާއި ކްލެސިފިކޭޝަން: | ސީނިއަރ ސްޓޭޓް ކައުންސެލް (ސީ.އެސް 16) | 
| ބޭނުންވާ އަދަދު: | 1 (އެކެއް) | 
| މުސާރަ: | -/19،950 (ނަވާރަހާސް ނުވަ ސަތޭކަ ފަންސާސް) ރުފިޔާ | 
| ސަރވިސް އެލަވަންސް: | -/6،750 (ހަހާސް ހަތްސަތޭކަ ފަންސާސް) ރުފިޔާ | 
| ސްޕެޝަލް ޑިއުޓީ އެލަވަންސް | (އަސާސީ މުސާރައިގެ %35) | 
| މީގެ އިތުރުން އިތުރުގަޑީގައި މަސައްކަތް ކުރާނަމަ ހަމަޖެހިފައިވާ އުޞޫލުން އެ ވަގުތުތަކަށް ފައިސާ ދެވޭނެއެވެ. | |
| ވަޒީފާ އަދާކުރަންޖެހޭ ތަނާއި ރަށް: | އެޓަރނީ ޖެނެރަލްގެ އޮފީސް / ލީގަލް ޑިވިޝަން، މާލެ. | 
| މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް: 
 
 
 
 | 
 އަދި މީގެ އިތުރުން ލީގަލް ޑިވިޝަން، ހެޑެއްގެ މަސްއޫލިއްޔަތާއި ވާޖިބު އަދާކުރުން. | 
| މަޤާމުގެ ޝަރުޠުތައް: 
 
 | 1. ޤާނޫނީ ރޮނގުން ނުވަތަ ޝަރީޢާގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ ލެވެލް 8 އަދި ލެވެލް 9 ނުވަތަ ލެވެލް 10 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، ޤާނޫނީ ދާއިރާގައި މަދުވެގެން 6 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ، 2. ލީގަލް ދާއިރާގެ އޮނިގަނޑުގެ ސީއެސް 13 ނުވަތަ އެފެންވަރުގެ ގްރޭޑެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ މަސައްކަތްކޮށް މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު ދުވަހު %95 އިން މަތިން މާކްސް ހޯދާފައިވުން. | 
| ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންކަން | މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމުގެ ޤާބިލުކަން ހުރި މިންވަރު | 
| އިންޓަވިއު ކުރުމަށް ކަނޑައަޅާފައިވާ މުއްދަތު އަދި ތަން: | މި މަޤާމަށް ކުރިމަތިލައްވާ ފަރާތްތަކުގެ ތެރެއިން މަޤާމަށް އެންމެ އެކަށީގެންވާ ފަރާތެއް ހޮވުމަށް ބާއްވާ އިންޓަވިއު އޮކްޓޫބަރު މަހުގެ ތެރޭގައި އެޓަރނީ ޖެނެރަލްގެ އޮފީހުގައި އޮންނާނެ އެވެ. ވުމާއެކު، މި މަޤާމަށް ކުރިމަތިލައްވާ ފަރާތްތަކުން އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވެ ވަޑައިގަތުމަށް ތައްޔާރުވެ ވަޑައިގެން ތިއްބެވުމަށްވެސް ދަންނަވަމެވެ. | 
| މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި: | މި މަޤާމަށް އެދިލައްވާ ފަރާތްތަކުން 02 އޮކްޓޫބަރު 2014 ވާ (ބުރާސްފަތި) ދުވަހުގެ 14:30 ގެކުރިން މި އޮފީހަށް އަންނަނިވި ލިޔެކިޔުންތަކާއެކު ދިވެހި ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު ފުރިހަމަ ކުރެއްވުމަށްފަހު ހުށަހެޅުއްވުން އެދެމެވެ. ވަޒީފާއަށް އެދޭ ފޯމު މި އޮފީހުގެ ވެބްސައިޓް http://www.agoffice.gov.mv އިންނާއި، މި އޮފީހުގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެވެ. 
 | 
އިތުރު މަޢުލޫމާތު ހޯއްދެވުމަށް މި އޮފީހުގެ ނަންބަރު 3010100 ފޯނާ ގުޅުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.
27 ޛުލްޤަޢިދާ 1435
 
                    