އާސަންދަ ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ކޮމްޕިއުޓަރ ސިސްޓަމް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް

ނަންބަރު: ASND/PRC/IUL/2022/0038 


މި ކުންފުނީގެ ބޭނުމަށް ކޮމްޕިއުޓަރ ސިސްޓަމް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

މި މަސައްކަތަށް ރެޖިސްޓްރީ ކުރަން ބޭނުންވާ ފަރާތްތަކަށް ބިޑް ވިއްކުން އޮންނާނީ 21 ޖޫން 2022 އިން 27 ޖޫން 2022 ވަނަ ދުވަހުގެ ނިޔަލަށް ބަންދު ނޫން ކޮންމެ ދުވަހެއްގެ 09:00 އިން 15:30 އަށް އާސަންދަ ކުންފުނީގެ މައި އޮފީހުގައެވެ. ބިޑް ޑޮކިއުމެންޓުގެ އަގަކީ 500ރ، (ފައްސަތޭކަ ރުފިޔާ) އެވެ. ރެޖިސްޓްރީ ކުރާ ފަރާތްތަކަށް މިމަސައްކަތާ ގުޅޭ މައުލޫމާތު ކަރުދާސް އީމެއިލް މެދުވެރިކޮށް ފޮނުވޭނެއެވެ.

މަދުވެގެން 3 ފަރާތަކުން ރެޖިސްޓްރީ ކޮށްފައިނުވާނަމަ މި އިޢުލާން ބާތިލުކޮށް އަލުން އިޢުލާން ކުރެވޭނެއެވެ.

 

ބިޑު ހުށަހަޅާ ފަރާތްތަކުން -/21،000ރ، (އެކާވީސްހާސް ރުފިޔާ) ގެ ބިޑް ސެކިއުރިޓީއެއް ބިޑާއެކު ހުށަހަޅަންވާނެއެވެ. 

 

03 ޖުލައި 2022 ވާ އާދީއްތަ ދުވަހުގެ 10:00 ގައި ވެބް މީޓިންގ އެއް މެދުވެރިކޮށް އަންދާޒީ ހިސާބު ހުށަހެޅުއްވުން އޮށްނާނެއެވެ. ވެބް މީޓިންގގެ ލިންކް، ރެޖިސްޓްރީކުރައްވާފައިވާ ފަރާތްތަކަށް މެއިލްގެ ޒަރިއްޔާއިން ލިބިވަޑައިގަންނަވާނެއެވެ.  އަންދާސީ ހިސާބު ފޮނުވާނީ މެއިލްގެ ޒަރިއްޔާއިން މި ދެންނެވި މީޓިންގގައެވެ. 

 

ކަނޑައެޅިފައިވާ ސުންގަޑި އަށް ރެޖިސްޓްރީ ކޮށްފައިނުވާ ފަރާތްތަކާއި ވެބް މީޓިންގައި ބައިވެރިވެވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައެއް ނުގަނެވޭނެވެ.  

20 ޖޫން 2022

ޕްރޮކިޔުމެންޓް ސެކްޝަން

ފެން ބިލްޑިންގ، 3ވަނަ ފަންގިފިލާ

އަމީނީ މަގު، މައްޗަންގޯޅި، 20375

މާލެ، ދިވެހިރާއްޖެ

އީމެއިލް: [email protected]    ވެބްސައިޓް: www.aasandha.mv    ފޯން: 3011483      

20 ޖޫން 2022
ހޯދާ