މިނިސްޓްރީ އޮފް ޓޫރިޒަމް
ދިވެހިރާއްޖެ
ކޭޓަރިންގ އިންތިޒާމުކޮށް ރާވައިދޭނެ ފަރާތެއް ހޯދަން

2014 ވަނައަހަރުގެ ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަސް ރަސްމީގޮތުން ރާއްޖޭގައި ފާހަގަކުރުން

2014 ވަނައަހަރުގެ ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަސް ރަސްމީގޮތުން ފާހަގަ ކުރުމަށް 27 އޮކްޓޫބަރު 2014 ގައި ހަފްލާއެއް ބާއްވަންވަނީ ހަމަޖެހިފައެވެ. ވީމާ، މިހަފްލާއަށް ކޭޓަރިންގ އިންތިޒާމުކޮށް ރާވައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ، މިކަން ކޮށްދެއްވަން އެދިވަޑައިގަންނަވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރައްވަން އެދިވަޑައިގަންނަވާނަމަ 1 އޮކްޓޫބަރު 2014 ވާ ބުދަ ދުވަހުގެ 10:00 އަށް މިމިނިސްޓްރީއަށް ވަޑައިގަތުން އެދެމެވެ. އަދި މިއަށްފަހު 12 އޮކްޓޫބަރު 2014 ވާ އާދީއްތަ ދުވަހުގެ 11:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

28 ޛުލްޤަޢިދާ 1435

23 ސެޕްޓެންބަރު 2014
ހޯދާ