މިނިސްޓްރީ އޮފް ޓޫރިޒަމް
ދިވެހިރާއްޖެ
ހަރަކާތްތަކެއް އިންތިޒާމުކޮށް ރާވައިދޭނެ ފަރާތެއް ހޯދަން

2014 ވަނަ އަހަރުގެ ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަސް ރާއްޖޭގައި ފާހަގަކުރުން

މިއަހަރުގެ ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން 27 އޮކްޓޫބަރު 2014ގައި ހަފްލާއެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. ތިރީގައި މިދަންނަވާ ހަރަކާތްތައް އިންތިޒާމުކޮށް ރާވައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

  1. ހަފްލާގެ ސެޓަޕް
  2. ޘަޤާފީ ހަރަކާތް
  3. މިއުޒިކް ބޭންޑް

ވީމާ، މިކަން ކޮށްދެއްވަން އެދިވަޑައިގަންނަވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރައްވަން އެދިވަޑައިގަންނަވާނަމަ 1 އޮކްޓޫބަރު 2014 ވާ ބުދަ ދުވަހުގެ 11:00 އަށް މިމިނިސްޓްރީއަށް ވަޑައިގަތުން އެދެމެވެ. އަދި މިއަށްފަހު 12 އޮކްޓޫބަރު 2014 ވާ އާދީއްތަ ދުވަހުގެ 14:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

ނޯޓް: މަތީގައި ދެންނެވިފައިވާ ހަރަކާތްތަކަށް ވަކިވަކި ޕްރޮޕޯޒަލް ހުށަހެޅުއްވުމުގެ ފުރުޞަތު އޮތް ވާހަކަ ވެސް ދަންނަވަމެވެ.

27 ޛުލްޤަޢިދާ 1435

23 ސެޕްޓެންބަރު 2014
ހޯދާ