މޯލްޑިވްސް ކަސްޓަމްސް ސަރވިސް
ދިވެހިރާއްޖެ
އެސިސްޓެންޓް ކަސްޓަމްސް އޮފިސަރުން އަދި ސަޕޯޓް ސަރވިސް އޮފިސަރުންގެ މަގާމަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ އެޕްލިކޭޝަން ސްޓެޓަސްއާބެހޭ

މި އޮފީހުގެ ނަންބަރު: (IUL)14-E1/1/2022/41  ، IUL)14-E1/1/2022/42)  (28 އޭޕްރީލް   2022) އަދި (IUL)14-E1/1/2022/48 (10 މެއި  2022) އިޢުލާނާއި ހަވާލާދީ ދަންނަވަމެވެ.

ހަވާލާދީފައިވާ އިޢުލާނުތަކުގައި ދެންނެވިފައިވާ އެސިސްޓެންޓް ކަސްޓަމްސް އޮފިސަރުން އަދި ސަޕޯޓް ސަރވިސް އޮފިސަރުންގެ މަގާމަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ އެޕްލިކޭޝަން ސްޓެޓަސް، މި އޮފީހުގެ ވެބްސައިޓު (www.customs.gov.mv)ގެ ހޯމް ޕޭޖްގެ "ރެކްރޫޓްމަންޓް ސްޓެޓަސް" އިން ބެލެން ހުންނާނެ ވާހަކަދެންނެވީމެވެ. އަދި ދަންނަވަމެވެ. އެސިސްޓެންޓް ކަސްޓަމްސް އޮފިސަރުންގެ މަގާމަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން %50 އަށް ވުރެ މަތިން ތައުލީމީ ބައިން މާރކްސް ލިބިގެން އިމްތިޙާނަށް ޝަރުޠުހަމަވާ ފަރާތްތަކަށް ބާއްވާ އިމްތިޙާނާއި، ސަޕޯޓް ސަރވިސް އޮފިސަރުންގެ މަގާމަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އިންޓަވިއުއަށް ޝޯޓްލިސްޓް ކުރެވިފައިވާ ފަރާތްތަކަށް އިންޓަވިއު ބާއްވާނެ ތާރީޚާއި ތަންތަނުގެ މައުލޫމާތު އެފަރާތްތަކަށް ފަހުން އަންގާނެ ކަމުގައި ދަންނަވަމެވެ.

 މިހާރު ޢާއްމުކުރެވިފައިވާ މައުލޫމާތާބެހޭގޮތުން އެއްވެސް ޝަކުވާއެއް ނުވަތަ ކަމެއް ސާފުކުރަން ބޭނުންވާނަމަ، [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ. އީމެއިލް ކުރައްވާއިރު ކުރިމަތިލީ ފަރާތުގެ ފުރިހަމަ ނަމާއި އައިޑީ ކާޑް ނަމްބަރު، ގުޅޭނޭ ނަންބަރު އަދި ކުރިމަތިލީ މަގާމު އެނގޭނޭހެން އީމެއިލްކުރެއްވުން އެދެމެވެ. އީމެއިލް ފޮނުވުމުގެ ސުންގަޑިއަކީ 2022 ޖޫން 17 ވަނަ ދުވަހުގެ 18:00 އެވެ.

15 ޖޫން 2022
ހޯދާ