ދިވެހިރާއްޖެ
އިޢުލާން ނަންބަރު:FNK-I/IUL/2022/440
އިޢުލާން
މިކުންފުންޏަށް ބޭނުންވާ 400 ކިލޯވޯޓުގެ ޖެނެރޭޓަރ ސެޓް ގަތުމާއި ގުޅޭ:
މި އިޢުލާނާއެކު ހިމަނާފައިވާ މަޢުލޫމާތު ކަރުދާހުގައިވާ މަޢުލޫމާތާއި އެއްގޮތަށް މިކުންފުންޏަށް ބޭނުންވާ 400ކވ ގެ ޖެނެރޭޓަރ ސެޓެއް ގަތުމަށް ކުރެވުނު އިއުލާނަށް ފުރިހަމަ ތަރުހީބު ލިބިފައި ނުވާތީ ރާއްޖެއާއި ރާއްޖެއިން ބޭރުގެ ފަރާތްތަކަށް އަގު ހުށަހެޅުއްވުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ.
މި މަސައްކަތުގެ ބިޑް ސެކިއުރިޓީގެ ގޮތުގައި ތިން ހާސް (3,000.00 USD) ޔޫ.އެސް ޑޮލަރު ނުވަތަ އެ ޢަދަދަށްވާ ދިވެހި ފައިސާ ތިރީގައިވާ ޝަރުތުތައް ފުރިހަމަވާގޮތަށް ހުށަހަޅުއްވަންވާނެއެވެ.
ބިޑް ސެކިއުރިޓީ ވާންވާނީ:
- އޮރިޖިނަލް ބޭންކް ގެރެންޓީ ލެޓަރ (ނުވަތަ)
- ބޭންކް ގެރެންޓެޑް އަދި ސްޓޭމްޕް ޖަހާފައިވާ ޗެކެއް (ނުވަތަ)
- މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގައި ރަޖިސްޓްރީ ކޮށްފައިވާ އިންޝުއަރެންސް ކުންފުންޏެއްގެ އިންޝުއަރެންސް ޕޮލިސީގެ އޮރިޖިނަލް.
ބިޑް ސެކިއުރިޓީ ހުށަހަޅުއްވަންވާނީ އަންދާސީ ހިސާބު ހުށަހަޅުއްވާ ކުންފުނީގެ ނަމުގައެވެ. ބިޑް ސެކިއުރިޓީ ބާޠިލްވާ މުއްދަތު، އަންދާސީ ހިސާބު ބާޠިލްވާ މުއްދަތަށްވުރެ 20 ދުވަސް އިތުރުވާންވާނެއެވެ. މި މަސައްކަތަށް ހުށަހަޅުއްވާ އަންދާސީ ހިސާބު ބާޠިލްވާ މުއްދަތުގެ ގޮތުގައި މަދުވެގެން 60 ދުވަސް ދޭންވާނެއެވެ.
|
|
ތާރީޚް |
ވަގުތު |
|
ބިޑްގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުން |
15 ޖޫން އިން 29 ޖޫން 2022 |
08:00 އިން 15:00 |
|
މަޢުލޫމާތު ސާފުކުރެވޭ އެންމެފަހު ތާރީޚް (އީމެއިލްގެ ޒަރިއްޔާއިން) |
28 ޖޫން 2022 |
15:00 މެންދުރު |
|
އަންދާސީ ހިސާބު ހުށަހެޅުން |
30 ޖޫން 2022 |
10:00 ހެނދުުނު |
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މަތީގައި ބަޔާންކުރެވިފައިވާ ތާވަލާއިއެއްގޮތަށް ރަޖިސްޓްރީ ކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. ބިޑްގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރެއްވުމަށް ތިރީގައިވާ ހުރިހާ މައުލޫމާތެއް ފުރިހަމަ ކުރެއްވުމަށްފަހުއީ-މެއިލް ކުރައްވާނީ [email protected] އަށެވެ.
