މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ
ދިވެހިރާއްޖެ
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ޑޭޓަރ ސެންޓަރގެ ކޫލިން ޔުނިޓްތަށް ބަދަލުކުރުން

     މި އޮތޯރިޓީން ދޭ މަޢުލޫމާތާ އެއްގޮތަށް، އޮތޯރިޓީއަށް 02 (ދޭއް) ކޫލިން ޔުނިޓް ސަޕްލައިކޮށްދީ އިންސްޓޯލްކޮށްދޭނެ ފަރާތެއް ހޯދަންބޭނުންވެއްޖެއެވެ.

     ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން، ރަޖިސްޓަރ ވުމަށް ކަނޑައަޅާފައިވާ ސުންގަޑި ހަމަވުމުގެ ކުރިން، [email protected] ގެ އީމެއިލް މެދުވެރިކޮށް ރަޖިސްޓަރވެ، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. 

 

ތަފްޞީލް

ތާރީޚް

ދުވަސް

ގަޑި

ބީލަމުގައި ރަޖިސްޓަރ ވުމުގެ ސުންގަޑި

22 ޖޫން 2022

ބުދަ

11:00

ބީލަމުގައި ރަޖިސްޓަރ ވާފަރާތްތަކަށް ބާއްވާ ސައިޓް އިންސްޕެކްޝަން ބައްދަލްވުން

23 ޖޫން 2022

ބުރާސްފަތި

11:00

އީމެއިލް މެދުވެރިކޮށް މަޢުލޫމާތު ސާފުކުރުމުގެ ސުންގަޑި

26 ޖޫން 2022

އާދީއްތަ

11:00

އަންދާސީ ހިސާބު ހުށަހެޅުން

29 ޖޫން 2022

ބުދަ

11:00

 

     މިކަމަށް އަންދާސީ ހިސާބު ހުށަހެޅޭނީ ބީލަމުގައި ރަޖިސްޓަރވެ ސައިޓް އިންސްޕެކްޝަނަށް ކަނޑައަޅާފައިވާ ދުވަހުގެ 11:00 ގައި މި ބައްދަލުވުމަށް ހާޒިރުވާ ފަރާތްތަކަށެވެ. އަދި ބީލަމުގައި ރަޖިސްޓަރވުމުގެ ސުންގަޑި ހަމަވުމުން މި ބީލަމުގެ އާރްއެފްޕީ ރަޖިސްޓަރވި ފަރާތްތަކާ ހިއްސާކުރެވޭނެ އެވެ.

15 ޖޫން 2022
ހޯދާ