އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
އައި.ޖީ.އެމް ހޮސްޕިޓަލުގެ 04 ބުރި އިމާރާތުގެ ބޭރު ފާރުގައި ކުލަލުން
މި ހޮސްޕިޓަލުގެ 04 ބުރި އިމާރާތުގެ ބޭރު ފާރުގައި، އަމިއްލަތަކެތީގައި ކުލަލުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް ފުރުސަތު ހުޅުވާލަމެވެ.
ބިޑް ހުށަހަޅުއްވާ ފަރާތްތަކުން ސަމާލުކަންދޭންވީ ކަންތައްތައް
- ޚިދުމަތްދޭފަރާތަކީ، އެ ޚިދުމަތެއް ފޯރުކޮށްދިނުމަށް ހުއްދަ ލިބިފައިވާ، ދާއިމީގޮތެއްގައި ހިނގަމުންދާ ތަނެއްކަމުގައިވުން. އަދި ސަރުކާރުގެ ގަވާއިދާއި އެއްގޮތްވާގޮތުގެމަތިން، ސަރުކާރުގެ ތަންތަނަށް މަސައްކަތްކޮށް ދިނުމަށް އެއްބާރުލުމަށް އެއްބަސްވާ ފަރާތެއްކަމުގައިވާންވާނެއެވެ.
- މިބީލަމުގައި ރަޖިސްޓްރީވުމަށް ކުންފުނީގެ ނުވަތަ ފަރާތުގެ ނަމާއި އެޑްރެސް، ރަޖިސްޓްރޭޝަން ނަމްބަރ އަދި ފޯނު ނަމްބަރ އެނގޭނެހެން 15 ޖޫން 2022 އިން ފެށިގެން 20 ޖޫން 2022 ގެ ނިޔަލަށް ތިރީގައި ބަޔާންކޮށްފައިވާ އީމެއިލްއަށް، ފޮނުއްވުން އެދެމެވެ.
- މިމަސައްކަތާބެހޭ އެންމެހައި ލިޔެކިޔުންތައް، ސޮފްޓްކޮޕީ ފޯރމެޓުގައި މިހޮސްޕިޓަލުގެ ވެބްސައިޓް http://www.igmh.gov.mv/publications/tenders އިން 15 ޖޫން 2022 ގެ 14:00 ން ފެށިގެން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އަދި މިބީލަމާއި ގުޅިގެން ދޫކުރެވޭ އެންމެ ފަހުގެ މައުލޫމާތުތައް ވެބްސައިޓް މެދުވެރިކޮށް ހޯދުމަކީ ބީލަމަށް ކުރިމަތިލާ ފަރާތްތަކުގެ ޒިންމާއެވެ.
- މިމަސައްކަތާބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 19 ޖޫން 2022 ވާ އާދީއްތަ ދުވަހުގެ 0:00 ގެ ކުރިން އީމެއިލް ކުރެއްވުން އެދެމެވެ. އީމެއިލް އެޑްރެސްތައް ތިރީގައި ބަޔާންކުރެވިފައިވާނެއެވެ.
- ބީލަން ހުޅުވުން އޮންނާނީ 21 ޖޫން 2022 ވާ އަންގާރަ ދުވަހު 11:00 ގައި މިހޮސްޕިޓަލުގެ ޕްރޮކިއުމަންޓް މީޓިންގ ރޫމްގައެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބިޑުތައް ބަލައިނުގަނެވޭނެއެވެ. ބީލަންތައް ހުންނަންވާނީ މައުލޫމާތު ކަރުދާހުގައި ބަޔާން ކުރެވިފައިވާގޮތައް ސިޓީއުރައިގައި ބަންދުކޮށްފައެވެ.
- އިތުރު މައުލޫމާތު ތިރީގައިމިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ޕްރޮކިއުމަންޓް ޑިޕާރޓްމަންޓް
އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް،
ކަނބާ އައިސާރަނި ހިނގުން، މާލެ، ދިވެހިރާއްޖެ
ފޯނު: +960 3335349 ، +960 3335254
އީމެއިލް [email protected]
ކޮޕީ: [email protected]
15 ޛުލްޤައިދާ 1443
15 ޖޫން 2022
15 ޖޫން 2022
ހޯދާ
