ވަޒީފާގެ ފުރުޞަތު
|
މަޤާމް:
|
މެނޭޖަރ
|
ވަޒީފާގެ ދާއިރާ:
|
ވޯޓަރ، ސްވަރޭޖް އެންޑް ވޭސްޓް މެނޭޖްމަންޓް ޑިޕާޓްމަންޓް
|
ބޭނުންވާ ޢަދަދު:
|
01
|
އަސާސީ މުސާރަ:
|
-/11,500ރ އާއި -/22,540ރ ދެމެދު
|
އެހެނިހެން އެލެވަންސް:
|
މިވަޒީފާއަށް ހޮވޭ ފަރާތަށް އަސާސީ މުސާރައިގެ އިތުރުން ކުންފުނީގައި ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ އާއި އެހެނިހެން އެލަވަންސް ލިބިދެވޭނެއެވެ.
|
ފެންވަރު ނުވަތަ ޝަރުޠު:
|
- މަސައްކަތާއި ގުޅުންހުރި ދާއިރާއަކުން މާސްޓަރސް ލެވެލް ސެޓްފިކެޓެއް ހާސިލްކޮށްފައިވުމާއި އެކު މަސައްކަތާއި ގުޅުންހުރި ދާއިރާއަކުން މަދުވެގެން 02 އަހަރު ދުވަހު މަސައްކަތު ތަޖުރިބާ ލިބިފައިވުން ނުވަތަ؛
- މަސައްކަތާއި ގުޅުންހުރި ދާއިރާއަކުން ބެޗްލަރސް ޑިގްރީ ހާސިލްކޮށްފައިވުމާއި އެކު މަސައްކަތާއި ގުޅުންހުރި ދާއިރާއަކުން 07 އަހަރު ދުވަހު މަސައްކަތު ތަޖުރިބާ ލިބިފައިވުން.
|
ދާއިރާގެ މައިގަޑު މަސައްކަތް:
|
- ސްޓެލްކޯއިން ހިންގާ އިންޖީނުގެތަކުގެ ރަށްތަކުގެ ފެނާއި ނަރުދަމާގެ މަޝްރޫޢުތައް ކަމާ ގުޅޭ ސަރުކާރުގެ އިދާރާތަކާއި، މުއައްސަސާތަކާއި ގުޅިގެން ސްޓެލްކޯގެ ބެލުމުގެ ދަށަށް ގެނައުން.
- ފެނާއި ނަރުދަމާ ނިޒާމުގެ ތަފާސްހިސާބު ބެލެހެއްޓުމުގެ ހަރުދަނާ ނިޒާމެއް ޤާއިމްކޮށް، ކަމާބެހޭ ދާއިރާތަކުން މަޢުލޫމާތު ހޯދާ، އަޕްޑޭޓްކޮށް ބެލެހެއްޓުމާއި، ކަމާބެހޭ ދާއިރާތަކަށް މަޢުލޫމާތު ހާމަކުރުން.
- އަތޮޅުތަކުގެ ރަށްރަށަށް ފެނާއި ނަރުދަމާގެ ޚިދުމަތް ދިނުމަށް ޤާއިމް ކުރެވިފައިވާ ހުރިހާ ނިޒާމެއް ފުރިހަމަ ގޮތުގައި ބެލެހެއްޓުމާބެހޭ ހަރުދަނާ އުޞޫލްތަކެއް ޤާއިމްކޮށް، އެކަންކަމަށް ބޭނުންވާތަކެތި ކަމާބެހޭފަރާތްތަކާއި ގުޅިގެން ބޭނުންވާ މިންވަރަށްހޯދާ ބަލަހައްޓަމުން ގެންދިއުމާއި، ގެއްލުމެއް ލިބިއްޖެނަމަ ވަގުތުން ވަގުތަށް އެކަމެއް ރަނގަޅު ކުރުމަށް މަސައްކަތްތަށް މޮނިޓަރުކުރުން.
- ކުންފުނިން ފޯރުކޮށްދޭ ފެނާއި ނަރުދަމާގެ ޚިދުމަތް ހުއްޓުމެއްނެތި ރައްޔިތުންނަށް ފޯރުކޮށްދިނުމަށްޓަކައި ދުވަހުން ދުވަހަށް ކުރަންޖެހޭ ހުރިހާ މަސައްކަތްތަކެއް ރާވާ ހިންގުން އަދި މޮނިޓަރުކުން
|
ވަޒީފާއަށް ހުށަހެޅުމުގެ މުއްދަތުހަމަވާ ތާރީޚް:
|
16 ޖޫން 2022 ވަނަ ދުވަހުގެ 15:00 ގެ ކުރިން
|
ސުންގަޑި:
|
މި މަޤާމްތަކަށް އެދޭ ފަރާތްތަކުން، ވަޒީފާއަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު، ތިރީގައިވާ ލިޔުންތަކާއެކު، މި ކުންފުނީގެ ހެޑް އޮފީހުގެ ރިސެޕްޝަނަށް ނުވަތަ [email protected] އަށް 16 ޖޫން 2022 ވަނަ ދުވަހުގެ 15:00 ގެ ކުރިން ހުށަހެޅުން އެދެމެވެ.
|
އިންޓަވިއު:
|
އިންޓަވިއުކުރެވޭނީ ޝޯޓްލިސްޓްކުރެވޭ ފަރާތްތަކާއެވެ.
|
ހުށަހަޅަން ޖެހޭ ލިޔުން:
|
- ވަޒީފާ އަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު މިކުންފުނީގެ އިންފޮމޭޝަން ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މިކުންފުނީގެ www.stelco.com.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ.)
- ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ
- އެހެން ތަނެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އެތަނެއްގައި ވަޒީފާ އަދާކޮށްފައިވާ ކަމުގެ ލިޔުން
- ދިވެހި ރައްޔިތެއްކަން އަންގާދޭ ކާޑުގެ ކޮޕީ
|
އިތުރު މަޢުލޫމާތު:
|
- މިވަޒީފާތަކަށް ހޮވޭ ފަރާތްތަކަށް އަސާސީ މުސާރައިގެ އިތުރުން ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ އާއި ވަޒީފާ އަށް ނުކުންނަ ކޮންމެ ދުވަހަކަށް ދެވޭ އެލަވަންސް ދެވޭނެއެވެ.
- ވަޒީފާއަށް ހޮވުމުގައި ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރަށާއި މަސައްކަތުގެ ދާއިރާއިން ތަޖުރިބާ ހުރި ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
- މިމަޤާމް އަށް ޝަރުތު ހަމަވާ ފަރާތެއް ނުލިބިއްޖެނަމަ، ވަޒީފާއަށް އެދިފައިވާ ފަރާތްތަކުގެ ތެރެއިން، އެފަރާތްތައް ހުށަހަޅާފައިވާ ލިޔެކިއުންތަކާއި، ތަޖުރިބާ އަދި އިންޓަވިއުއަށް ބެލުމަށްފަހު، އެންމެ އެކަށީގެންވާ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތު ހަމަޖެއްސުމުގެ އިޚްތިޔާރު މިކުންފުންޏަށް ލިބިގެންވެއެވެ.
|
13 ޛުލްހިއްޖާ 1443
13 ޖޫން 2022
|