ވަޒީފާގެ ފުރުޞަތު
|
މަޤާމް:
|
ސީނިއަރ މެނޭޖަރ
|
ވަޒީފާގެ ދާއިރާ:
|
ޓްރާންސްޕޯޓް، ލޮޖިސްޓިކްސް އެންޑް ކޮންސްޓްރަކްޝަން ޑިޕާޓްމަންޓް
|
ބޭނުންވާ ޢަދަދު:
|
01
|
އަސާސީ މުސާރަ:
|
-/17,000ރ އާއި -/22,000ރ ދެމެދު
|
އެހެނިހެން އެލެވަންސް:
|
މިވަޒީފާއަށް ހޮވޭ ފަރާތަށް އަސާސީ މުސާރައިގެ އިތުރުން ކުންފުނީގައި ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ އާއި އެހެނިހެން އެލަވަންސް ލިބިދެވޭނެއެވެ.
|
ފެންވަރު ނުވަތަ ޝަރުޠު:
|
- މަސައްކަތާއި ގުޅުންހުރި ދާއިރާއަކުން މާސްޓަރސް ލެވެލް ސެޓްފިކެޓެއް ހާސިލްކޮށްފައިވުމާއި އެކު މަސައްކަތާއި ގުޅުންހުރި ދާއިރާއަކުން މަދުވެގެން 04 އަހަރު ދުވަހު މަސައްކަތު ތަޖުރިބާ ލިބިފައިވުން ނުވަތަ؛
- މަސައްކަތާއި ގުޅުންހުރި ދާއިރާއަކުން ބެޗްލަރސް ޑިގްރީ ހާސިލްކޮށްފައިވުމާއި އެކު މަސައްކަތާއި ގުޅުންހުރި ދާއިރާއަކުން 15 އަހަރު ދުވަހު މަސައްކަތު ތަޖުރިބާ ލިބިފައިވުން.
|
ދާއިރާގެ މައިގަޑު މަސައްކަތް:
|
- ކުންފުނީގެ ބޭނުމަށްކުރަންޖެހޭ އެއްގަމާއި، ކަނޑު ދަތުރުތަކުގެ ޚިދުމަތް ދިނުމާއި ބެހޭގޮތުން ކުރަންޖެހޭ ހުރިހާކަމެއް ރާވާ ހިންގުން
- ވެހިކަލްތަކާއި ވެސަލްތައް ސާރވިސްކުރުމާއި، މަރާމާތުކޮށް ބެލެހެއްޓުމުގެ އިންތިޒާމްތައް ހަމަޖެއްސުން
- ޢިމާރާތްތައް ފޮޅާސާފުކުރުމާއި، މަރާމާތުކޮށް ބެލެހެއްޓުމުގެ އިންތިޒާމްތައް ހަމަޖެއްސުން
- އެއަރކޯން، ފޮޓޯކޮޕީމެޝިން، ކާޑުމެޝިން، ޓޯކީފަދަ މެޝިނަރީއާއި އިކްއިޕްމަންޓްސް ސާރވިސްކޮށް ބެލެހެއްޓުމުގެ އިންތިޒާމްތައް ހަމަޖެއްސުން
- އިމާރާތްތަކާއި ގޯތިތެރެ ފެހިކޮށް ބެލެހެއްޓުމާބެހޭ މަސައްކަތްތައް ކުރުމާއި، މިކަމާބެހޭ ނާސަރީ ބެލެހެއްޓުމުގެ މަސައްކަތް ސްޕަވައިޒްކުރުން
- ސްޓެލްކޯ ބިލްޑިންގުގެ މާލަންތަކާއި، އެހެނިހެން ތަންތަނާއި ތަކެތި ކުއްޔަށްދޫކުރުމާއިބެހޭ ކަންތައްތައް ޤަވާޢިދުން ހިންގާ ބެލެހެއްޓުން
- މީގެ އިތުރުންވެސް ޑިޕާޓްމަންޓުގެ ހުރިހާ މަސައްކަތްތަކެއް ރާވާ ހިންގުން.
|
ވަޒީފާއަށް ހުށަހެޅުމުގެ މުއްދަތުހަމަވާ ތާރީޚް:
|
16 ޖޫން 2022 ވަނަ ދުވަހުގެ 15:00 ގެ ކުރިން
|
ސުންގަޑި:
|
މި މަޤާމްތަކަށް އެދޭ ފަރާތްތަކުން، ވަޒީފާއަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު، ތިރީގައިވާ ލިޔުންތަކާއެކު، މި ކުންފުނީގެ ހެޑް އޮފީހުގެ ރިސެޕްޝަނަށް ނުވަތަ [email protected] އަށް 16 ޖޫން 2022 ވަނަ ދުވަހުގެ 15:00 ގެ ކުރިން ހުށަހެޅުން އެދެމެވެ.
|
އިންޓަވިއު:
|
އިންޓަވިއުކުރެވޭނީ ޝޯޓްލިސްޓްކުރެވޭ ފަރާތްތަކާއެވެ.
|
ހުށަހަޅަން ޖެހޭ ލިޔުން:
|
- ވަޒީފާ އަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު މިކުންފުނީގެ އިންފޮމޭޝަން ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މިކުންފުނީގެ www.stelco.com.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ.)
- ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ
- އެހެން ތަނެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އެތަނެއްގައި ވަޒީފާ އަދާކޮށްފައިވާ ކަމުގެ ލިޔުން
- ދިވެހި ރައްޔިތެއްކަން އަންގާދޭ ކާޑުގެ ކޮޕީ
|
އިތުރު މަޢުލޫމާތު:
|
- މިވަޒީފާތަކަށް ހޮވޭ ފަރާތްތަކަށް އަސާސީ މުސާރައިގެ އިތުރުން ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ އާއި ވަޒީފާ އަށް ނުކުންނަ ކޮންމެ ދުވަހަކަށް ދެވޭ އެލަވަންސް ދެވޭނެއެވެ.
- ވަޒީފާއަށް ހޮވުމުގައި ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރަށާއި މަސައްކަތުގެ ދާއިރާއިން ތަޖުރިބާ ހުރި ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
- މިމަޤާމް އަށް ޝަރުތު ހަމަވާ ފަރާތެއް ނުލިބިއްޖެނަމަ، ވަޒީފާއަށް އެދިފައިވާ ފަރާތްތަކުގެ ތެރެއިން، އެފަރާތްތައް ހުށަހަޅާފައިވާ ލިޔެކިއުންތަކާއި، ތަޖުރިބާ އަދި އިންޓަވިއުއަށް ބެލުމަށްފަހު، އެންމެ އެކަށީގެންވާ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތު ހަމަޖެއްސުމުގެ އިޚްތިޔާރު މިކުންފުންޏަށް ލިބިގެންވެއެވެ.
|
13 ޛުލްހިއްޖާ 1443
13 ޖޫން 2022
|