ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
މެނޭޖަރ، އެސިސްޓެންޓް މެނޭޖަރ

ވަޒީފާގެ ފުރުޞަތު

މަޤާމް:

މެނޭޖަރ

ވަޒީފާގެ ދާއިރާ:

ލީގަލް ޑިޕާޓްމަންޓް

ބޭނުންވާ ޢަދަދު:

01

އަސާސީ މުސާރަ:  

-/11،500ރ އާއި -/22،540ރ ދެމެދު

އެހެނިހެން އެލެވަންސް:

މިވަޒީފާއަށް ހޮވޭ ފަރާތަށް އަސާސީ މުސާރައިގެ އިތުރުން ކުންފުނީގައި ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ އާއި އެހެނިހެން އެލަވަންސް ލިބިދެވޭނެއެވެ.

ފެންވަރު ނުވަތަ ޝަރުޠު:

  • މަސައްކަތާއި ގުޅުންހުރި ދާއިރާއަކުން މާސްޓަރސް ޑިގްރީ ޙާޞިލްކޮށްފައިވުމާއި އެކު މަސައްކަތާއި ގުޅުންހުރި ދާއިރާއަކުން 02 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

ނުވަތަ؛

  • މަސައްކަތާއި ގުޅުންހުރި ދާއިރާއަކުން ބެޗްލަރސް ޑިގްރީ ޙާޞިލްކޮށްފައިވުމާއި އެކު މަސައްކަތާއި ގުޅުންހުރި ދާއިރާއަކުން 07 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

ދާއިރާގެ މައިގަޑު މަސައްކަތް:

  • ކުންފުނީގެ އެކި ދާއިރާތަކަށް މަސައްކަތްތަކާއި ގުޅޭގޮތުން ޤާނޫނީ ލަފާ އަދި އެހީތެރިކަން ފޯރުކޮށްދިނުން.
  • ޤާނޫނީ ލިޔެކިއުން ޑްރާފްޓްކުރުން.
  • ދިވެހިރާއްޖޭގެ ކޯޓުތަކާއި ޓްރައިބިއުނަލްތަކާއި އަދި ތަންފީޒީ އިދާރާތަކަށް ސްޓެލްކޯއިން ހުށަހަޅާ އަދި ސްޓެލްކޯއާއި ދެކޮޅަށް ހުށަހެޅި ހިނގާ މައްސަލަތަކާއި ގުޅޭ މަސައްކަތްތައް ކުރުން.
  • ކުންފުނިން އެކި ފަރާތްތަކާއެކު ވެފައިވާ އެއްބަސްވުންތަކާއި ގުޅޭގޮތުން އުފެދޭ ޚިލާފުތައް ހައްލުކޮށް ނިންމުމުގައި އެހީތެރިވުން.
  • ޤާނޫނީ ގޮތުން ކުންފުންޏާއި ގުޅޭ ލިޔެކިއުން ތައްޔާރުކުރުމުގެ މަސައްކަތްތަކުގައި އެހީތެރިވުން.
  • ކުންފުނިން އެކިއެކި މައްސަލަތަކުގައި ކޯޓު، ޓްރައިބިއުނަލް އަދި އެހެނިހެން އިދާރާތަކަށް ހާޒިރުވުމުގައި އަދި މަޢުލޫމާތު ހާމަކުރުމުގައި ފޮނުވާ / ލިބޭ ލިޔެކިއުންތައް އިދާރީގޮތުން ބެލެހެއްޓު
  • ކުންފުނީގައި ކުރިއަށް ގެންދާ އަދި ކުރިއަށް ގެންދިއުމަށް ރޭވިފައިވާ މަސައްކަތްތަކާއި ޕްރޮޖެކްޓްތަކުން ކުންފުނީގެ ވިޔަފާރިއަށް އަދި ކުންފުނިން ފޯރުކޮށްދޭ ޚިދުމަތްތަކަށް ކުރާނެ އަސަރު ދެނެގަނެ، ދާއިރާތަކަށް ބޭނުންވާ ލަފާ ދިނުން.

މަޤާމް:

އެސިސްޓެންޓް މެނޭޖަރ

ވަޒީފާގެ ދާއިރާ:

ލީގަލް ޑިޕާޓްމަންޓް

ބޭނުންވާ ޢަދަދު:

02

މުސާރަ:  

-/9،500ރ އާއި -/17،000ރ ދެމެދު

ފެންވަރު ނުވަތަ ޝަރުޠު:

  • މަސައްކަތާއި ގުޅުންހުރި ދާއިރާއަކުން ޑިގްރީ ޙާޞިލްކޮށްފައިވުން.

ނުވަތަ؛

މަސައްކަތާއި ގުޅުންހުރި ދާއިރާއަކުން ޑިޕޮލޮމާ ޞިލްކޮށްފައިވުމާއި އެކު މަސައްކަތާއި ގުޅުންހުރި ދާއިރާއަކުން 10 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

ދާއިރާގެ މައިގަޑު މަސައްކަތް:

  • ކުންފުނީގެ އެކި ދާއިރާތަކަށް މަސައްކަތްތަކާއި ގުޅޭގޮތުން ޤާނޫނީ ލަފާ އަދި އެހީތެރިކަން ފޯރުކޮށްދިނުން.
  • ޤާނޫނީ ލިޔެކިއުން ޑްރާފްޓްކުރުން.
  • ދިވެހިރާއްޖޭގެ ކޯޓުތަކާއި ޓްރައިބިއުނަލްތަކާއި އަދި ތަންފީޒީ އިދާރާތަކަށް ސްޓެލްކޯއިން ހުށަހަޅާ އަދި ސްޓެލްކޯއާއި ދެކޮޅަށް ހުށަހެޅި ހިނގާ މައްސަލަތަކާއި ގުޅޭ މަސައްކަތްތައް ކުރުން.
  • ކުންފުނިން އެކި ފަރާތްތަކާއެކު ވެފައިވާ އެއްބަސްވުންތަކާއި ގުޅޭގޮތުން އުފެދޭ ޚިލާފުތައް ހައްލުކޮށް ނިންމުމުގައި އެހީތެރިވުން.
  • ޤާނޫނީ ގޮތުން ކުންފުންޏާއި ގުޅޭ ލިޔެކިއުން ތައްޔާރުކުރުމުގެ މަސައްކަތްތަކުގައި އެހީތެރިވުން.
  • ކުންފުނިން އެކިއެކި މައްސަލަތަކުގައި ކޯޓު، ޓްރައިބިއުނަލް އަދި އެހެނިހެން އިދާރާތަކަށް ހާޒިރުވުމުގައި އަދި މަޢުލޫމާތު ހާމަކުރުމުގައި ފޮނުވާ / ލިބޭ ލިޔެކިއުންތައް އިދާރީގޮތުން ބެލެހެއްޓުން.

ވަޒީފާއަށް ހުށަހެޅުމުގެ މުއްދަތުހަމަވާ ތާރީޚް:

 16 ޖޫން 2022 ވަނަ ދުވަހުގެ 15.00 ގެ ކުރިން

ސުންގަޑި:

މި މަޤާމްތަކަށް އެދޭ ފަރާތްތަކުން، ވަޒީފާއަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު، ތިރީގައިވާ ލިޔުންތަކާއެކު، މި ކުންފުނީގެ ހެޑް އޮފީހުގެ ރިސެޕްޝަނަށް ނުވަތަ [email protected]  އަށް 16 ޖޫން 2022 ވަނަ ދުވަހުގެ 15.00 ގެ ކުރިން ހުށަހެޅުން އެދެމެވެ.

އިންޓަވިއު:

އިންޓަވިއުކުރެވޭނީ ޝޯޓްލިސްޓްކުރެވޭ ފަރާތްތަކާއެވެ.

ހުށަހަޅަން ޖެހޭ ލިޔުން:

  1. ވަޒީފާ އަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު މިކުންފުނީގެ އިންފޮމޭޝަން ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މިކުންފުނީގެwww.stelco.com.mv  ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ.)
  2. ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ
  3. އެހެން ތަނެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އެތަނެއްގައި ވަޒީފާ އަދާކޮށްފައިވާ ކަމުގެ ލިޔުން
  4. ދިވެހި ރައްޔިތެއްކަން އަންގާދޭ ކާޑުގެ ކޮޕީ

އިތުރު މަޢުލޫމާތު:

  • މިވަޒީފާތަކަށް ހޮވޭ ފަރާތްތަކަށް އަސާސީ މުސާރައިގެ އިތުރުން ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ އާއި ވަޒީފާ އަށް ނުކުންނަ ކޮންމެ ދުވަހަކަށް ދެވޭ އެލަވަންސް ދެވޭނެއެވެ.
  • ވަޒީފާއަށް ހޮވުމުގައި ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރަށާއި މަސައްކަތުގެ ދާއިރާއިން ތަޖުރިބާ ހުރި ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
  • މިމަޤާމް އަށް ޝަރުތު ހަމަވާ ފަރާތެއް ނުލިބިއްޖެނަމަ، ވަޒީފާއަށް އެދިފައިވާ ފަރާތްތަކުގެ ތެރެއިން، އެފަރާތްތައް ހުށަހަޅާފައިވާ ލިޔެކިއުންތަކާއި، ތަޖުރިބާ އަދި އިންޓަވިއުއަށް ބެލުމަށްފަހު، އެންމެ އެކަށީގެންވާ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތު ހަމަޖެއްސުމުގެ އިޚްތިޔާރު މިކުންފުންޏަށް ލިބިގެންވެއެވެ.

11 ޛުލްޤަޢިދާ 1443

11 ޖޫން 2022

11 ޖޫން 2022
ހޯދާ