| މަޤާމް: | އެސިސްޓެންޓް ސިވިލް އޮފިސަރ | 
| ބޭނުންވާ އަދަދު: | 1 | 
| މަޤާމުގެ ގިންތި: | ދާއިމީ | 
| ރޭންކް: | ސީ 2 | 
| ކްލެސިފިކޭޝަން: | އޮޕަރޭޝަނަލް ސިވިލް އޮފިސަރސް | 
| އަސާސީ މުސާރަ: | މަހަކު -/5,400 ރުފިޔާ | 
| ސަރވިސް އެލަވަންސް: | މަހަކު -/3,500 ރުފޔާ | 
| ނޮން ޕްރެކްޓިސް އެލަވަންސް: | މަހަކު -/2,430 ރުފޔާ | 
| މަސައްކަތް ކުރަންޖެހޭ ތަން:                | އިންޓަރނަލް އޮޑިޓް (ހެޑް އޮފީސް) | 
| މަޤާމުގެ މަސްއޫލިއްޔަތު: | 
މި ސަރވިސްގެ ހެޑްއޮފީހާއި އެންމެހާ ޖަލުތަކާއި ޑިޓެންޝަން ސެންޓަރުތަކާއި އިދާރާ ތަކުގައި މަސައްކަތްތައް ހިނގަމުންދަނީ ހެދިފައިވާ ޤަވާއިދުތަކާއި އުޞޫލުތަކާއި އެއްގޮތަށްތޯ ބެލުން.މި ސަރވިސްއަށް ހޯދާ މުދަލާއި ތަކެތި ސްޓޮކްކޮށް ބަލަހައްޓަމުން ދާގޮތް އޮޑިޓްކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.އިންޓާނަލް އޮޑިޓް ރިޕޯޓާއި ގުޅޭ އެންމެހާ މަސައްކަތް ކުރުން.ޖަލުތަކާއި ޑިޓެންޝަން ސެންޓަރގެ ސްޓޮކްގައި މަސައްކަތް ކުރާ އޮފިސަރުންނާއި، މުވައްޒަފުންނަށް މަސައްކަތާއި ގުޅޭ ގޮތުން މަޢުލޫމާތު ދިނުމުގެ މަސައްކަތް ކުރުން.އިންޓަރނަލް އޮޑިޓް ސެކްޝަންގެ އަހަރީ ރިޕޯޓް ތައްޔާރުކުރުން.ސެކްޝަނަށް އަންނަ މެމޯ، ސިޓީ ފަދަ ތަކެއްޗަށް ޖަވާބު ދިނުން.   | 
| ފެންވަރު ނުވަތަ ޝަރުތު:                          | މަ މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރާއި ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، 
ސަނާވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިހާނުގައި 'ދިވެހި' އަދި 'އިސްލާމް' މި މާއްދާތަކުން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން ނުވަތަމަޤާމު މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލްކޮށްފައިވުން.މީލާދީ ގޮތުން 18 (އަށާރަ) އަހަރު ފުރި، 35 (ތިރީސް ފަހެއް) އަހަރު ނުވާ މީހަކު ކަމުގައިވުން | 
| ވަޒީފާއާއި ގުޅޭ ދާއިރާ: | 
އޮޑިޓްފައިނޭސް އެންޑް އެކައުންޓިން ދާއިރާޕަބްލިކް އެޑްމިނިސްޓްރޭޝަން ދާއިރާމެނޭޖްމަންޓް ދާއިރާ | 
| މަޤާމުގެ ތަޢުލީމީ ރޮނގުތައް: | 
އޮޑިޓް ދާއިރާފައިނޭސް އެންޑް އެކައުންޓިންގޕަބްލިކް އެޑްމިނިސްޓްރޭޝަންމެނޭޖްމަންޓް   | 
| ހުށަހަޅަންޖެހޭ ލިޔުންތައް: | 
ވަޒީފާއަށް އެދޭ ފޯމު (މި ފޯމު މި ސަރވިސްގެ ވެބްސައިޓު އިން ޑައުންލޯޑް ކުރެވޭނެއެވެ. އަދި މި ސަރވިސްގެ ކައުންޓަރުންވެސް ލިބެން ހުންނާނެއެވެ.)ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަންއޮތް، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ސާފު ނަކަލެއް.ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ނަކަލުވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު ( ސީވީ ) ދިވެހި ސިވިލް ސަރވިސްއަށް ނުވަތަ ދައުލަތައް  ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މީހަކު، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާ މެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ރަސްމީ ލިޔުމުގެ ކޮޕީ.ކުރިން ވަޒީފާ އަދާކޮށްފައިވާ މީހަކުނަމަ، ވަޒީފާ އަދާކުރި ތަންތަނުން ދީފައިވާ ލިޔުންތަކުގެ ނަކަލު.ނެގި ފަހުން ތިން މަސްދުވަސް ހަމަނުވާ އިސްކޮޅު ފެންނަ ފޮޓޯއެއް.އިންޖީނުލީ އުޅަނދު ދުއްވާނަމަ ލައިސަންސްގެ ސާފު ނަކަލު.ޕޮލިސް ރިޕޯޓް (4މަސް ހަމަނުވާ)   | 
| ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭ ކަންތައްތައް:     | 
ދާއިރާއާއި ގުޅޭ ތައުލީމް ޝަރުތު (ސާޅިސް ފަސް ޕަސެންޓް)ދާއިރާއާއި ގުޅޭ ތައުލީމްގެ އިތުރަށް ލިބިފަޢިވާ ތަޢުލީމް (ފަސް ޕަސެންޓް)އަސާސީ ޝަރުތުގެ އިތުރަށް ލިބިފައިވާ މަސައްކަތު ތަޖުރިބާ )ދިހަ ޕަސެންޓް)އެސެސްމަންޓް (ދިހަ ޕަސެންޓް)މަސައްކަތަށް ގާބިލުކަން އިންޓަވިއުގައި ސާބިތުކޮށްދިނުން (ތިރީސް ފަސް ޕަސެންޓް)   | 
| ސުންގަޑި: | މި މަޤާމުތަކަށް އެދޭ ފަރާތްތަކުން ވަޒީފާއަށް އެދޭ ފޯމާއި ވަނަވަރު އަދި ލިޔެކިޔުންތަކާ އެކު  16 ޖޫން 2022 ވާ ބުރާސްފަތި ދުވަހު 16:00ގެ ނިޔަލަށް [email protected] ނުވަތަ [email protected]  އަށް އީމެއިލް ކޮށްދެއްވުން އެދެމެވެ. ނުވަތަ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ކައުންޓަރަށް ފޯމް ހުށައެޅުއްވުން އެދެމެވެ.   | 
| ޝޯޓް ލިސްޓްކުރުން: | 
މި ވަޒީފާއަށް އެދި ހުށައަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 15 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 15 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ. | 
| އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު: | 
މި މަގާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން، މި އިޢުލާނުގެ މުއްދަތު ހަމަވާ ތާރީޚުން ފެށިގެން ރަސްމީ 10 ދުވަހުގެ ތެރޭގައި އެންގޭނެއެވެ. | 
| އިތުރު މަޢުލޫމާތު:   | 
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 3026115 ނަންބަރު ފޯނަށް، ނުވަތަ 9112451 ނަންބަރު ފޯނަށެވެ.ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަ ނުކޮށް ހުށަހަޅާ ފޯމުތަކާއި ޝަރުޠު ފުރިހަމަ ނުވާ ފަރާތްތަކުން ހުށަހަޅުއްވާ ފޯމުތައް ބާޠިލް ކުރެވޭނެ ވާހަކަ ދަންނަވަމެވެ.ހުށަހަޅުއްވާފައިވާ ލިޔެކިޔުންތައް ސައްޙަ ނޫންކަމަށް ސާބިތުވެއްޖެނަމަ، ފޯމް ބާޠިލް ކުރެވޭނެ ވާހަކަ ދަންނަވަމެވެ.ވަޒީފާއަށްއެދޭ ފޯމާއެކު ހުށަހަޅާ ލިޔުންތަކުގެ އަސްލު އިންޓަވިއުއަށް ހާޒިރުވާއިރު ގެންނަންވާނެ އެވެ. | 
| (ފޯމާއެކު ހުށަހަޅުއްވާ ހުރިހާ ލިޔެކިއުންތައް ހުންނަންވާނީ ފޯމާއެކު ހީރަސްޖަހައި ސަފުހާ ނަންބަރު ޖަހާފައެވެ. އަދި މެއިލް އިން ފޮނުވާނަމަ، މެއިލް ލިބުނުތޯ ޗެކްކޮށް ޔަޤީންކުރަންވާނެއެވެ.) |