ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޮލޮޖީ
ދިވެހިރާއްޖެ
ސާރޖް ޕްރޮޓެކްޓަރ ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމަށް

އަންދާސީހިސާބު ބޭނުންވެއްޖެ

މިއޮފީހުން ހިންގަމުންދާ ކޮމިއުނިޓީ އީ ސެންޓަރ (ސީ.އީ.ސީ) ޕްރޮޖެކްޓުގެ ދަށުން ޤާއިމުކުރާ ސީ.އީ.ސީ ތަކުގައި ބޭނުންކުރާ އިކުއިޕްމަންޓްތަކަށް ބޭނުންވާ ސާރޖް ޕްރޮޓެކްޓަރ ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ކޮށްފައިވާ އިޢުލާނު ނަންބަރު IUL)164/1/2014/99) އާ ގުޅިގެން ލިބުނު ތަރުޙީބު ކުޑަވުމުގެ ސަބަބުން މި ދެ އިޢުލާނު ބާޠިލުކޮށް، އަލުން އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

ވީމާ، މިކަމަށް ކުރިމަތިލައްވަން ބޭނުންފުޅުވާ ފަރާތްތަކުން 1 އޮކްޓޫބަރު 2014 ވާ ބުދަ ދުވަހުގެ 11:00 އަށް ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޯލޮޖީގެ ޢިމާރާތަށް (64 ނަންބަރު، ކަލާފާނު ހިނގުން) ހާޒިރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 15 އޮކްޓޫބަރު 2014 ވާ ބުދަ ދުވަހުގެ 11:00 އަށް މިއޮފީހަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

‏27 ޛުލްޤަޢިދާ 1435

22 ސެޕްޓެންބަރު 2014
ހޯދާ