ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ސެކިއުރިޓީ އޮފިސަރ

ވަޒީފާގެ ފުރުޞަތު

މަޤާމް:

ސެކިއުރިޓީ އޮފިސަރ

ވަޒީފާގެ ދާއިރާ:

ކޯޕަރޭޓް އެފެއަރޒް ޑިޕާޓްމަންޓް

ބޭނުންވާ ޢަދަދު:

05

މުސާރަ:

-/8,000ރ އާއި -/15,000ރ ދެމެދު (އަސާސީ މުސާރަ އަދި އެހެނިހެން އެލަވަންސް ހިމެނޭނެހެން)

ފެންވަރު ނުވަތަ ޝަރުޠު:

  • ގްރޭޑް 10 ގެ ފެންވަރަށް ތައުލީމް ޙާޞިލްކޮށްފައިވުން ނުވަތަ؛
  • މަސައްކަތާއި ގުޅޭ ދާއިރާއިން މަދުވެގެން 03 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
  • މިމަޤާމުގެ މަސްޢޫލިއްޔަތު އަދާކުރެވޭނެ ފަދަ ޢުމުރާއި ސިއްޙަތުގެ ގޮތުން އެކަށީގެންވުން.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ މެދުގައި ހެދޭ ފިޒިކަލް ފިޓްނަސް ޓެސްޓުން ފާސްވުން.

ދާއިރާގެ މައިގަޑު މަސައްކަތް:

  • ކުންފުނީގެ ސެކިއުރިޓީ ބެލެހެއްޓުން
  • އޮފީސް ޢިމާރާތާއި އިންޖީނުގޭގައި އަދި ސެކިއުރިޓީ ޕޯސްޓްތަކުގައި ހަމަޖެހިފައިވާ ގޮތުގެމަތިން ޑިއުޓީކުރުން
  • ރަސްމީ އަދި ނުރަސްމީގަޑީގައި އޮފީހުގެ އެކިއެކި ސަރަޙައްދުތަކަށާއި، އޮފީސްތެރެއަށް ވަދެ ނިކުމެއުޅޭ މުވައްޒަފުންނާއި އެހެނިހެން މީހުނެ ދެނެގަތުމާއި، ކާޑު ނުވަތަ ފާސް ފެންނަގޮތަށް ހުރޭތޯ ބެލުން

ވަޒީފާއަށް ހުށަހެޅުމުގެ މުއްދަތުހަމަވާ ތާރީޚް:

15 ޖޫން 2022 ވަނަ ދުވަހުގެ 15:00 ގެ ކުރިން

ސުންގަޑި:

މި މަޤާމްތަކަށް އެދޭ ފަރާތްތަކުން، ވަޒީފާއަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު، ތިރީގައިވާ ލިޔުންތަކާއެކު، މި ކުންފުނީގެ ހެޑް އޮފީހުގެ ރިސެޕްޝަނަށް ނުވަތަ [email protected]  އަށް 15 ޖޫން 2022 ވަނަ ދުވަހުގެ 15:00 ގެ ކުރިން ހުށަހެޅުން އެދެމެވެ.

އިންޓަވިއު:

އިންޓަވިއުކުރެވޭނީ ޝޯޓްލިސްޓްކުރެވޭ ފަރާތްތަކާއެވެ.

ހުށަހަޅަން ޖެހޭ ލިޔުން:

  1. ވަޒީފާ އަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު މިކުންފުނީގެ އިންފޮމޭޝަން ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މިކުންފުނީގެwww.stelco.com.mv  ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ.)
  2. ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ
  3. އެހެން ތަނެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އެތަނެއްގައި ވަޒީފާ އަދާކޮށްފައިވާ ކަމުގެ ލިޔުން
  4. ދިވެހި ރައްޔިތެއްކަން އަންގާދޭ ކާޑުގެ ކޮޕީ

އިތުރު މަޢުލޫމާތު:

  • ވަޒީފާ އަށް ޝޯޓްލިސްޓް ކުރުމުގައި ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރަށާއި މަސައްކަތުގެ ދާއިރާއިން ތަޖުރިބާ ހުރި ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
  • މިމަޤާމަށް އިންޓަވިއު ކުރުމުގައި ތައުލީމާއި ތަޖުރިބާއަށް ދެވޭ ޕޮއިންޓްދޭނީ މިމަޤާމަށް އެދި ހުށަހަޅާ އެޕްލިކޭޝަންގައިވާ ކަށަވަރު ކުރެވޭ ލިޔެކިޔުންތަކަށް ބަލާފައެވެ.
  • މިމަޤާމަށް ޝަރުތު ހަމަވާ ފަރާތެއް ނުލިބިއްޖެނަމަ، ވަޒީފާއަށް އެދިފައިވާ ފަރާތްތަކުގެ ތެރެއިން، އެފަރާތްތައް ހުށަހަޅާފައިވާ ލިޔެކިއުންތަކާއި، ތަޖުރިބާ އަދި އިންޓަވިއުއަށް ބެލުމަށްފަހު، އެންމެ އެކަށީގެންވާ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތު ހަމަޖެއްސުމުގެ އިޚްތިޔާރު މިކުންފުންޏަށް ލިބިގެންވެއެވެ.

09 ޛުލްހިއްޖާ 1443

09 ޖޫން    2022

09 ޖޫން 2022
ހޯދާ