މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ
ދިވެހިރާއްޖެ
އިޢުލާން

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ތިރީގައި މި ދަންނަވާ މަޤާމްތަކުގައި ޚިދުމަތްކުރުމަށް ހުނަރުވެރި ޤާބިލް އަދި އިޚްލާސްތެރިކަމާ ތެދުވެރިކަމާއެކު ކުރިއަށް ދިއުމަށް ޝަޢުޤުވެރިވާ މީހުން ބޭނުންވެއެވެ. މި ވަޒީފާތަކަކީ ދެ ޖިންސްގެ މީހުންނަށް ވެސް ހަމަހަމަ ފުރުޞަތު އޮތް ވަޒީފާތަކެކެވެ.

 މަޤާމް:

 ސީނިއަރ ރިސަރޗް އެނަލިސްޓް

 ސެކްޝަން/ޑިވިޜަން:

 އިކޮނޮމިކް ރިސަރޗް ސެކްޝަން/ރިސަރޗް ޑިވިޜަން

 ބޭނުންވާ ޢަދަދު:

 01 (އެކެއް)

 ތަޢުލީމީ ފެންވަރާއި ތަޖުރިބާ   އަދި ހުނަރު:

  • އިކޮނޮމިކްސް، އިކޮނޮމެޓްރިކްސް ނުވަތަ އެޕްލައިޑް އިކޮނޮމިކްސްގެ ދާއިރާއަކުން މާސްޓަރސް ޑީގްރީ ހާސިލް ކޮށްފައިވުން.
  • އިކޮނޮމިކްސްގެ ދާއިރާއިން މަދުވެގެން 5 އަހަރު ދުވަހުގެ ތަޖްރިބާ ލިބިފައިވުން.
  • މެކްރޯއިކޮނޮމިކްސްގެ ދާއިރާއިން ރިސަރޗް މަސައްކަތްކުރުމުގެ ޝައުޤުވެރިކަމާ ތަޖްރިބާ ހުރުން.
  • ތިރީގައި ބަޔާންކޮށްފައިވާ ހުނަރާ ތަޖްރިބާހުރި ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

   - ކުއަންޓިޓޭޓިވް އަދި އެނެލެޓިކަލް ސްކިލްސް

   - މައިކްރޯސޮފްޓް އެކްސެލް ބޭނުންކޮށްގެން އެނަލިސިސް ހަދަން އެނގުން.

   - އީވިއުސް އަދި ސްޓޭޓާ ފަދަ ސްޓެޓިސްޓިކަލް ސޮފްޓްވެއަރ އަކަށް   އަހުލުވެރިވެ، މި ދާއިރާގެ ހުނަރާއި ތަޖްރިބާ

   - ހިންގުމުގެ ހުނަރު

 ކުރަންޖެހޭ މައިގަނޑު   މަސައްކަތްތައް:

  • ދިވެހިރާއްޖެއާއި ބޭރު ދުނިޔޭގެ އިޤްތިޞާދަށް އަންނަ ބަދަލުތައް ދިރާސާކުރުމާއި  ޕަބްލިކޭޝަންތަަކަށް ލިޔުން ތައްޔާރު ކުރުން.
  • ޕޮލިސީ ނިންމުންތަކަށް ބޭނުންވާ ޕޮލިސީ ކަރުދާސްތަކާއި، ރިސަރޗް އާޓިކަލް ތައްޔާރުކުރުމާއި އިޤްތިޞާދަށް އަންނަ ބަދަލުތަކާއިބެހެގޮތުން ޕްރެޒެންޓޭޝަން ތައްޔާރުކުރުމާއި ހުށަހަޅާދިނުން.
  • ރިސަރޗް މަސައްކަތަށް ބޭނުންވާ މައުލޫމާތު ހޯދުމަށް ކުރުންޖެހޭ ސާވޭތައް ކުރުމުގައި އެހީތެރިވެދިނުން.
  • އިޤްތިޞާދާއި ގުޅޭ ގޮތުން އާއްމުން ހޭލުންތެރި ކުރުމަށް ހިންގޭ އެކި ޕްރޮގްރާމްތަކުގައި އެހީތެރިވެދިނުން.

 މުސާރަޔާއި އިނާޔަތްތައް

 23,500.00 – 30,500.00 ރުފިޔާ

 

 މަޤާމް:

 އެސިސްޓެންޓް މެނޭޖަރ

 ސެކްޝަން/ޑިވިޜަން:

 ސްޓެޓިސްޓިކަލް އިންފޮމޭޝަން ސިސްޓަމްސް ސެކްޝަން / ސްޓެޓިސްޓިކްސް ޑިވިޝަން

 ބޭނުންވާ ޢަދަދު:

 01 (އެކެއް)

 ތަޢުލީމީ ފެންވަރާއި ތަޖްރިބާ

  • އިންފޮމޭޝަން ޓެކްނޮލޮޖީ ނުވަތަ ކޮމްޕިއުޓަރ ސައިންސް ގެ ދާއިރާއިން ފުރަތަމަ ޑިގްރީ ހާސިލުކޮށްފައިވުން
  • މަސައްކަތާ ގުޅޭ ދާއިރާގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
  • މިގޮތުން، ވަޒީފާ ހަމަޖެއްސުމުގައި ތިރީގައި މިދަންނަވާ ތަޖުރިބާއާއި ހުނަރު ހުރި ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.

   - ޕީއެޗްޕީ، އެސްކިޔޫއެލް، ޕައިތަން އެނގި އެމްވީސީ ފަދަ ޑިޒައިން ޕެޓާރންތަކަށް އަހުލުވެރިވެފައިވުމާއެކު އެޕްލިކޭޝަން ޑިޒައިންކޮށް ކޯޑު ކުރަން އެނގުން.

   - އެޕްލިކޭޝަން ކޯޑުގެ ޖެހޭ މައްސަލަ ދެނެގަނެ ހައްލުކުރަން އެނގުން.

   - ލިނަކްސް އޮޕަރޭޓިންގް ސިސްޓަމް ބޭނުން ކުރަން އެނގުމާއެކު ވާޝަން ކޮންޓްރޯލް ސިސްޓަމް ބޭނުންކޮށް ކޯޑު މެނޭޖުކުރަން އެނގުން.

 ކުރަންޖެހޭ މައިގަނޑު   މަސައްކަތްތައް:

  • ސްޓެޓިސްޓިކްސް ޑިވިޝަންގެ ތަފާސްހިސާބާ ގުޅޭ ޑޭޓާ ވެއަރހައުސް ޑިޒައިން ކުރުމާއި ޑެވެލޮޕްކުރުމާއި ޑޭޓާބޭސްގެ މަސައްކަތްތައް މޮނިޓަރކޮށް ބެލެހެއްޓުން.
  • ޑޭޓާބޭސްއާ ގުޅޭ ތަމްރީނު ދިނުމާއި ޑޭޓާބޭސް މޮނިޓަރކުރުމާއި އިތުރު ތަރައްގީ ގެނައުމުގެ މަސައްކަތް ކުރުމާއި ޑޭޓާބޭސް މެނޭޖްމަންޓް ޓެސްޓްކުރުމުގެ މަސައްކަތްކުރުން.
  • ޑޭޓާބޭސްގައިވާ މައުލޫމާތު އެމްއެމްއޭ ވެބްސައިޓް މެދުވެރިކޮށް އާންމުންނަށް ލިބެން ހުންނާނެގޮތަށް ޑޭޓާބޭސް މެނޭޖްކޮށް ބެލެހެއްޓުން.
  • ތަފާސްހިސާބްތަކާ ގުޅޭ އެމްއެމްއޭގެ މޯބައިލް އެޕްލިކޭޝަން 'ވިޔަ' އަދި ވެބް އެޕްލިކޭޝަން ގެ ބެކްއެންޑް މަސައްކަތް ކުރުން.
  • ތަފާސްހިސާބްތަކާގުޅޭ ޑޭޝްބޯޑް ޑެވެޕޮލްކޮށް މުވައްޒަފުންނަށް ބޭނުންވާ އެހީތެރިކަމާއި ސަޕޯޓް ފޯރުކޮށްދިނުން.

 މުސާރަޔާއި އިނާޔަތްތައް

 19,000.00 – 20,800.00 ރުފިޔާ

 މަޤާމް:

 އެސިސްޓެންޓް މެނޭޖަރ

 ސެކްޝަން/ޑިވިޜަން:

 ބޭންކިންގ ސްޕަރވިޝަން ސެކްޝަން / ބޭންކިންގ ސުޕަރވިޝަން ޑިވިޜަން

 ބޭނުންވާ ޢަދަދު:

 01 (އެކެއް)

 ތަޢުލީމީ ފެންވަރާއި ތަޖުރިބާ

  • އައިޓީ، އެކައުންޓިން، ފައިނޭންސް، ބޭންކިން، ނުވަތަ ސްޓެޓިސްޓިކްސްގެ ދާއިރާއަކުން ފުރަތަމަ ޑިގްރީ ނުވަތަ އެއަށްވުރެ މަތީ ފާހެއް ލިބިފައިވުން.
  • އައިޖީސީއެސްސީ ނުވަތަ ޖީސީއީ އޯލެވެލް ނުވަތަ އެ ފެންވަރުގެ އިމްތިޙާނެއްގައި އިނގިރޭސި މާއްދާއިން "ބީ" ފާސް ނުވަތަ އެއަށްވުރެން މަތީ ފާހެއް ލިބިފައިވުން.
  • ވަޒީފާއަށް މީހަކު ހަމަޖެއްސުމުގައި އައިޓީ ދާއިރާއިން ތައުލީމް ހާޞިލްކޮށްފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

 ކުރަންޖެހޭ މައިގަނޑު   މަސައްކަތްތައް:

  • ބޭންކުތަކުގެ ސައިބަރ ސެކިއުރިޓީގެ ރިސްކުތައް އެސެސްކުރުމުގެ މަސައްކަތްތައް ހިމެނޭހެން، ބޭންކްތައް ސުޕަވައިޒް ކުރުމުގެ ގޮތުން ކުރަންޖެހޭ އޮފް-ސައިޓް ސަރވޭލަންސް މަސައްކަތާއި   އޮން-ސައިޓް ސުޕަރވިޝަންގެ އެންމެހާ މަސައްކަތްތަކާއި، ބޭންކިންގެ ޚިދުމަތްތައް ރެގިއުލޭޓްކޮށް ސުޕަވައިޒުކުރުމަށް ބޭނުންވާ ރިސަރޗް އެންޑް ޑިވެލޮޕްމަންޓް މަސައްކަތްތަކަށް އެހީތެރިވެދިނުން.

 މުސާރަޔާއި އިނާޔަތްތައް

 19,000.00 – 20,800.00 ރުފިޔާ

 މަޤާމް:

 އެސިސްޓެންޓް މެނޭޖަރ

 ސެކްޝަން/ޑިވިޜަން:

 ކޯޕަރޭޓް އެކައުންޓްސް ސެކްޝަން / ފައިނޭންޝަލް ކޮންޓްރޯލްސް ޑިވިޜަން

 ބޭނުންވާ ޢަދަދު:

 02 (ދޭއް)

 ތަޢުލީމީ ފެންވަރާއި ތަޖުރިބާ   އަދި ހުނަރު

  • އެކައުންޓިންގ ނުވަތަ އެކައުންޓިންގ އެންޑް ފައިނޭންސް  ދާއިރާއިން ފުރަތަމަ ޑިގްރީ ނުވަތަ އެއަށްވުރެ މަތީ ފާހެއް ހާޞިލް ކޮށްފައިވުން ނުވަތަ އޭސީސީއޭ ޕްރޮފެޝަނަލް ލެވެލް ފުރިހަމަކޮށްފައިވުން.
  • ވަޒީފާ ހަމަޖެއްސުމުގައި އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއަށް އަހުލުވެރިވެފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

 ކުރަންޖެހޭ މައިގަނޑު   މަސައްކަތްތައް:

  • އެމްއެމްއޭގެ އަހަރީ ބަޖެޓް ތައްޔާރުކުރުމާއި، ބަޖެޓްއާ ގުޅުންހުރި މަސައްކަތްކުރުމާއި، ބަޖެޓާއި ގުޅިގެން ކުރަންޖެހޭ ޚަރަދުތަކުގެ މަސައްކަތް ހަމަޖެހިފައި އުސޫލްތަކުގެ ތެރެއިން ކުރުން އަދި ރިޒަރވް މެނޭޖްމަންޓްގެ ބެކް އޮފީސް މަސައްކަތްކުރުން.

 މުސާރަޔާއި އިނާޔަތްތައް

 19,000.00 – 20,800.00 ރުފިޔާ

 މަޤާމް:

 އެސިސްޓަންޓް މެނޭޖަރ 

 ސެކްޝަން/ޑިވިޜަން:

 ޕޭމަންޓް ސިސްޓަމްސް ލައިސެންސިންގ އެންޑް ޑިވެލޮޕްމަންޓް ސެކްޝަން / ޕޭމަންޓް ސިސްޓަމްސް އެންޑް އޯވަރސައިޓް ޑިވިޝަން

 ބޭނުންވާ ޢަދަދު:

 02 (ދޭއް)

 ތަޢުލީމީ ފެންވަރާއި ތަޖުރިބާ   އަދި ހުނަރު

  • ފިންޓެކް ނުވަތަ ބޭންކިން ނުވަތަ ބޭންކިން އެންޑް ފައިނޭންސް  ނުވަތަ ޑޭޓާ ސައިންސް، އެނަލެޓިކްސް ނުވަތަ ބިޒްނަސް އެޑްމިނިސްޓްރޭޝަން ނުވަތަ މި ދާއިރާތަކުންކުރެ ދާއިރާއަކާ ގުޅުން ހުރި ދައިރާއަކުން ފުރަތަމަ ޑިގްރީ ނުވަތަ އެއަށްވުރެ މަތީ ފާހެއް ލިބިފައިވުން.
  • އައިޖީސީއެސްސީ ނުވަތަ ޖީސީއީ އޯލެވެލް ނުވަތަ އެ ފެންވަރުގެ އިމްތިޙާނެއްގައި އިނގިރޭސި މާއްދާއިން "ބީ" ފާސް ނުވަތަ އެއަށްވުރެން މަތީ ފާހެއް ހާސިލް ކޮށްފައިވުން.

 

 ކުރަންޖެހޭ މައިގަނޑު   މަސައްކަތްތައް

  • މޯލްޑިވްސް ޕޭމަންޓް ސިސްޓަމްސް ގާއިމް ކުރުމަށް ބޭނުންވާ ޔޫސަރ އެކްސެޕްޓަންސް ޓެސްޓް ކުރުމުގެ މަސައްކަތް ކުރުން.
  • ޕޭމަންޓް ސިސްޓަމް ގާއިމް ކުރުމުގެ ޕްރޮޖެކްޓާއި ގުޅުން ހުރި އެކިއެކި ފަރާތްތަކާއި މުއާމަލާތްކޮށް ޕްރޮޖެކްޓް ޤާއިމްކުރުމުގެ މަސައްކަތުގައި އެހީތެރިވެދިނުން.
  • ޕޭމަންޓްސް ޕްރޮޖެކްޓް އާއި ގުޅޭގޮތުން ތައްޔާރުުކުރަންޖެހޭ އެކިއެކި ސްޓޭންޑަރޑް އޮޕަރޭޓިން ޕްރޮސިޖަރސްތައް ތައްޔާރުކުރުމުގައި އެހީތެރިކަން ފޯރުކޮށްދިނުން.
  • ރާއްޖޭގައި ބޭނުން ކުރަމުންދާ ޕޭމަންޓްސް ސިސްޓަމްތަކުގެ އޮޕަރޭޝަނަލް މަސައްކަތްތައް ބެލެހެއްޓުމުގެ މަސައްކަތް ކުރުން.

 

 މުސާރަޔާއި އިނާޔަތްތައް

 19,000.00 – 20,800.00 ރުފިޔާ

 މަޤާމް:

 އެސިސްޓެންޓް މެނޭޖަރ

 ސެކްޝަން/ޑިވިޜަން:

 ރިޒަރވް މެނޭޖްމެންޓް ސެކްޝަން / ރިޒަރވް މެނޭޖްމެންޓް އެންޑް މަރކެޓް އޮޕަރޭޝަންސް ޑިވިޜަން

 ބޭނުންވާ ޢަދަދު:

 01 (އެކެއް)

 ތަޢުލީމީ ފެންވަރާއި ތަޖުރިބާ

  • ފައިނޭންސް އެންޑް އިކޮނޮމިކްސް ނުވަތަ ބޭންކިން އެންޑް ފައިނޭންސް ނުވަތަ އެކައުންޓިންގ އެންޑް ފައިނޭންސް ނުވަތަ ޑޭޓާ އެނަލިޓިކްސްގެ ދާއިރާއިން ފުރަތަމަ ޑިގްރީ ނުވަތަ އެއަށްވުރެ މަތީ ފާހެއް ލިބިފައިވުން.
  • އައިޖީސީއެސްސީ ނުވަތަ ޖީސީއީ އޯލެވެލް ނުވަތަ އެ ފެންވަރުގެ އިމްތިޙާނެއްގެ އިނގިރޭސި މާއްދާއިން "ބީ" ފާސް ނުވަތަ އެއަށްވުރެން މަތީ ފާހެއް ހާސިލް ކޮށްފައިވުން.
  • ވަޒީފާ ހަމަޖެއްސުމުގައި ފައިނޭސްގެ ދާއިރާއިން ތައުލީމާ ތަޖްރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

 

 ކުރަންޖެހޭ މައިގަނޑު   މަސައްކަތްތައް:

  • ބޭރުފައިސާގެ އިންވެސްޓްމެންޓް ޕޯޓްފޯލިއޯ ފުޅާކުރުމުގެ ގޮތުން އެކިއެކި އެސެޓް ކްލާސް ތަކުގައި އިންވެސްޓް ކުރުމުގެ މަސައްކަތް ކުރުން.
  • ބޭރު ފައިސާގެ މާރކެޓް އެނަލައިޒްކޮށް ބޭރު ފައިސާ އިންވެސްޓް ކުރުމުގެ މަސައްކަތުގައި އެހީތެރިވެދިނުން.
  • އެމްއެމްއޭގެ ބޭރު ފައިސާގެ ރިޒަރވް ބެލެހެއްޓުމާއި މެނޭޖްކުރުމަށް ކުރަންޖެހޭ މަސައްކަތްތަކުގައި އެހީތެރިވެދިނުން.

 

 މުސާރަޔާއި އިނާޔަތްތައް

 19,000.00 – 20,800.00 ރުފިޔާ

 މަޤާމް:

 އެސިސްޓެންޓް މެނޭޖަރ

 ސެކްޝަން/ޑިވިޜަން:

 އޮޕަރޭޝަންސް އެންޑް ސަރވިސަސް ސެކްޝަން / ޓެކްނޮލޮޖީ ސަރވިސަސް ޑިވިޝަން

 ބޭނުންވާ ޢަދަދު:

 01 (އެކެއް)

 ތަޢުލީމީ ފެންވަރާއި ތަޖްރިބާ

  • އިންފޮމޭޝަން ޓެކްނޮލޮޖީ ގެ ދާއިރާއިން ފުރަތަމަ ޑިގްރީ ފާހެއް ލިބިފައިވުން.
  • ވަޒީފާ ހަމަޖެއްސުމުގައި ބިޒްނަސް އެނަލިސިސް އާއި ގުޅޭ ތަޖްރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެ.

 ކުރަންޖެހޭ މައިގަނޑު   މަސައްކަތްތައް:

  • އޮތޯރިޓީގެ އެކިއެކި ބިޒްނަސް ޕްރޮސެސްތައް ދިރާސާކޮށް އަދި ބޭނުންކުރަމުންދާ އިންފޮމޭޝަން ޓެކްނޮލޮޖީ ސިސްޓަމްސްތައް ދިރާސާކޮށް  އޮތޯރިޓީގެ މަސައްކަތްތައް ތަރައްޤީކުރުމަށް ބޭނުންވާނެ ސިސްޓަމްސްތައް ހުށަހެޅުން
  • އޮތޯރިޓީގެ އެކިއެކި ޑިވިޜަންތަކުގެ ބިޒްނަސް ރިކުއަރމަންޓްތައް ދެނެގަނެ ޕްރޮގްރާމް ހަދާ ފަރާތްތަކަށް ބޭނުންވާނެހެން ޓެކްނިކަލް ރިކުއަރމަންޓްސް ތައްޔާރުކުރުން

 މުސާރަޔާއި އިނާޔަތްތައް

 20,500.00 – 22,300.00 ރުފިޔާ

 މަޤާމް:

 އެސިސްޓަންޓް މެނޭޖަރ 

 ސެކްޝަން/ޑިވިޜަން:

 އިންޝުއަރެންސް ސުޕަރވިޝަން ސެކްޝަން / އިންޝުއަރެންސް ޑިވިޜަން

 ބޭނުންވާ ޢަދަދު:

 01 (އެކެއް)

 ތަޢުލީމީ ފެންވަރާއި ތަޖުރިބާ   އަދި ހުނަރު

  • އެކްޗޫރިއަލް ސައިންސް ނުވަތަ އެކައުންޓިންގ ނުވަތަ ފައިނޭންސް ނުވަތަ ރިސްކް މެނޭޖްމަންޓް ނުވަތަ ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން ފުރަތަމަ ޑިގްރީ ހާޞިލް ކޮށްފައިވުން ނުވަތަ އޭސީސީއޭ ޕްރޮފެޝަނަލް ލެވެލް ފުރިހަމަކޮށްފައިވުން.
  • ވަޒީފާއަށް މީހަކު ހޮވުމުގައި އިންޝުއަރެންސްގެ ދާއިރާ، އެކައުންޓިންގ އެންޑް ފައިނޭންސް، ރިސްކް މެނޭޖްމަންޓް ނުވަތަ ރެގިއުލޭޓަރީ އޭރިޔާގައި މަސައްކަތްކުރައްވާފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.

 

 ކުރަންޖެހޭ މައިގަނޑު   މަސައްކަތްތައް

  • އިންޝުއަރެންސްގެ ޚިދުމަތްދޭ ތަންތަނަށް ލައިސަންސް ދިނުމާއި، ރެގިއުލޭޓްކުރުމާއި ސުޕަރވައިޒު ކުރުން.

 މުސާރަޔާއި އިނާޔަތްތައް

 19,000.00 – 20,800.00 ރުފިޔާ


 ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން ހުށަހަޅަންޖެހޭ ލިޔުންތަކާއި ސުންގަޑި

 ހުށަހަޅަންޖެހޭ ލިޔުންތައް:

  • ވަޒީފާއަށް އެދޭފަރާތުގެ ވަނަވަރު (ސީވީ)
  • ތައުލީމީ ސެޓްފިކެޓްގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ
  • ޑިގްރީ ސެޓްފިކެޓް ލިބިފައިނުވާނަމަ ކޯސް ނިމުނު ކަމުގެ ރަސްމީ ލިޔުމެއް.
  • ދިވެހިރައްޔިތެއް ކަން އަންގައިދޭ ކާޑުގެ ކޮޕީ
  • ސްކޫލް ލީވިން ސެޓްފިކެޓް (ލިބިފައިވާނަމަ)
  • ވަޒީފާއެއްގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއް ނަމަ ވަޒީފާ އަދާކުރައްވާ ނުވަތަ އަދާކުރެއްވި ތަނުގެ ރަސްމީ ލިޔުމެއް
  • ދަޢުލަތުގެ އެއްވެސް އިދާރާއަކަށް ޚިދުމަތް ކުރަން ޖެހިފައިވާނަމަ، އެ އިދާރާއަކުން މި އޮތޯރިޓީގެ ވަޒީފާއަށް ދޫކޮށްދޭނެކަމުގެ ލިޔުމެއް

 ސުންގަޑި

 16 ޖޫން 2022 ވަނަ ދުވަހުގެ މެންދުރުފަހު 1:00 އަށް

ނޯޓް: ވަޒީފާތަކަށް ކުރިމަތިލުމަށް ބޭނުންކުރައްވާނީ careers.mma.gov.mv މި ލިންކްގައިވާ ޕޯޓަލްއެވެ. އަދި މި ވަޒީފާތަކާ ބެހޭ އިތުރު މަޢުލޫމާތާއި ވަޒީފާއަށް އެދިފައިވާ ފަރާތްތަކުގެ އެޕްލިކޭޝަން ސްޓޭޓަސް މި ޕޯޓަލްއިން ފެނިވަޑައިގަންނަވާނެއެވެ.

މި ވަޒީފާތަކަށް ޝަރުޠު ހަމަވާ މީހުންގެ ތެރެއިން ޝޯޓް ލިސްޓް ކުރެވޭ ފަރާތްތަކަށް ސުންގަޑި ހަމަވާ ދުވަހާޖެހިގެން އަންނަ ދުވަހުން ފެށިގެން 07 ދުވަހު (ރަސްމީ ބަންދު ނޫން) ގެ ތެރޭގައި އިންޓަރވިއުއަށް ދަޢުވަތު ދެވޭނެއެވެ.

ޝޯޓް ލިސްޓްކުރުމުގައި މައިގަޑު އަސާސެއްގެ ގޮތުގައި ބަލާނީ އެ ވަޒީފާއަކަށް ކަނޑައަޅާފައިވާ ތައުލީމީ ފާހުގެ ނަތީޖާއަށާއި އިނގެރޭސި ބަހުގެ ނަތީޖާއަށެވެ.

09 ޖޫން 2022
ހޯދާ