ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ލިމިޓެޑްގެ އެކި ސައިޓްތަކުގައި ހުރި އެކި ކަހަލަ އަލުން ބޭނުން ކުރެވޭ ނުވަތަ ރިސައިކްލަބަލް ތަކެތި ގަންނާނެ ފަރާތެއް ހޯދުން

ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ލިމިޓެޑްގެ އެކި ސައިޓްތަކުގައި ހުރި އެކި ކަހަލަ އަލުން ބޭނުން ކުރެވޭ ނުވަތަ ރިސައިކްލަބަލް ތަކެތި ގަންނާނެ ފަރާތެއް ހޯދުން

ނަންބަރު : WAMCO-PRO/IUL/2022/067

ވޭސްޓް މެނޭޖްމަންޓް ކޮޕަރޭޝަން ލިމިޓެޑްގެ އެކި ސައިޓުތަކުގައި ހުރި އެކި ކަހަލަ އަލުން ބޭނުން ކުރެވޭ ނުވަތަ ރިސައިކްލަބަލް ތަކެތި ގަންނާނެ ފަރާތެއް ހޯދަން ކުރެވުނު  އިޢުލާން ( (WAMCO-PRO/IUL/2022/063 އަށް އެއްވެސް ފަރާތަކުން ކުރިމަތިލައްވާ ޕްރޮޕޯސަލް ހުށަހަޅުއްވާފައި ނުވާތީ އެ އިޢުލާން ބާޠިލް ކުރުމަށްފަހު އަލުން މި ތަކެތި ގަންނާނެ ފަރާތެއް ހޯދުމަށް އިޢުލާން ކުރަމެވެ.

ތަފްސީލް

ދުވަސް

ގަޑި

ތަން

ޕްރޮޕޯސަލް ހުށަހެޅުން

14 ޖޫން 2022 (އަންގާރަ) 

11:00 (ހެނދުނު)

މާލޭ އިންޑަސްޓްރިއަލް ވިލެޖުގައި ހުންނަ ވެމްކޯގެ އޮފީސް

14 ޖޫން 2022 ވާ އަންގާރަ ދުވަހުގެ ހެނދުނު 11:00 ގެ ފަހުން ގެންނަ އެއްވެސް ހުށަހެޅުމެއް ބަލައެއް ނުގަނެވޭނެއެވެ.

އިތުރު މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅު ވެލައްވާނަމަ، 13 ޖޫން 2022 ވާ އަންގާރަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން މި ކޯޕަރޭޝަންގެ އީމެއިލް [email protected] އަށް އެކަން ފޮނުއްވުން އެދެމެވެ. ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އާއި މެންދުރު 14:00 އާއި ދޭތެރޭގައި އެ އީމެއިލްތަކަށް ޖަވާބު އެރުވިގެންދާނެއެވެ. މި މަސައްކަތާއި ބެހޭ މަޢުލޫމާތު ކަރުދާސް މި ކޯޕަރޭޝަންގެ ވެބްސައިޓްގައި ޝާޢިއު ކުރެވިފައިވާނެއެވެ.

ނޯޓް: ޕްރޮޕޯސަލްތައް ހުންނަންވާނީ ހުރިހާ ގަނޑެއް ސްޓޭމްޕް ކުރެވި ސޮއިކޮށް މުޅި ޕްރޮޕޯސަލް އެއްކޮށް ބައިންޑް ކުރެވިފައެވެ. މިފަދައިން ނެތްނަމަ ޕްރޮޕޯސަލް ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

 

ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް

މއ. ޖަންބުގަސްދޮށުގެ،  ތިންވަނަ ފަންގިފިލާ

މަޖީދީމަގު ، މާލެ، ދިވެހިރާއްޖެ.

ޕޯސްޓަލްކޯޑް:20161

ފޯން ނަންބަރު: 3025804، 3000581, ފެކްސް ނަންބަރު:3000584 

[email protected]

www.wamco.com.mv

08 ޖޫން 2022

08 ޖޫން 2022
ހޯދާ